ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ބުއްދިވެރި އަދި ގައުމަށް އިހުލާސްތެރި ބޭފުޅެއް ކަމަށް ދިގު 30 އަހަރުގެ ވެރިކަމެއް ކުރެެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީއިން ގެނެސްދިން ރައީސް މައުމޫންގެ ހާއްސަ ބަސްދީގަތުމެއްގައި ކުރީގެ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން މައުމޫން ވިދާޅުވީ ރައީސް ނަޝީދާ އެމަނިކުފާނާ އޮތް ގުޅުން ވަރަށް ބަދަހި ކަމަށާއި ދެ ބޭފުޅުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް މާފުކޮށްފައިވާ ކަމަށާއި ބައްދަލުވާ އިރު މާޒީވެ ދިޔަ ކަންކަމުގެ ވާހަކަ ނުދައްކަވާ ކަމަށެވެ.

" ކުރެއްވީ އެހެންނޭ މިހެންނޭ، އެވާހަކައެއް ނުދައްކާ. ވޭތުވެ ދިޔަ ތަން ވޭތުވެ ދިޔަ ކަމަށް ދޫކޮށްލައިފިން. އަޅުގަނޑާއި ރައީސް ނަޝީދާ ބައްދަލުވާ އިރު އެއްގޮތަކަށް ވެސް އެވާހަކައެއް ނުދައްކަވާ.އެކަން އެ އޮތީ ގޮސް ނިމިފައި. އަޅުގަނޑުމެން އެކަކު އަނެކަކަށް މާފު ކޮށްފިން" މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ރަހުމަތްތެރިކަން މިއޮތީ އަލުން ގަބޫލުކޮށްފައި ކަމަށާއި ރައީސް ނަޝީދަކީ ވަރަށް ބުއްދިވެރި އަދި ވަރަށް ގައުމަށް އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. މައުމޫން ވިދާޅުވީ ނަޝީދާއި އެ މަނިކުފާނާ ދެ ބޭފުޅުންނަކީ ވެސް ގައުމަށް ވަރަށް އިހްލާސްތެރި ދެ ބޭފުޅުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް މައުމޫން އާއި ކުރީގެ ރައީސް ނަޝީދު ފާހަގަވެގެން ގޮސްފައިވަނީ ސިޔާސީ މައިދާނުގައި ދެ ހަތުރުންގެ ގޮތުގައި އެވެ. ރައީސް މައުމޫނާ ވާދަ ކުރައްވައި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން މައުމޫނުގެ ވެރިކަމުގައި ނަޝީދު ވަނީ އެތައް ފަހަރަކު ޖަލަށް ވަޑައިގަންނަވަން ޖެހި އަމިއްލަފުޅަށް ރާއްޖެ އިން ބޭރަށް އަރުވާލެއްވިގެން ވެސް އުޅުއްވަން ޖެހިވަޑައިގެންފައެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދާ ވާދަ ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވިއިރު ޔާމީނު ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތްފުޅު ކުރެއްވީ ވެސް ރައީސް މައުމޫން އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސިދުގީ

    ތިވާނީ އެހެންވީރު މައުމޫންގެ މަރުބަލިކަމައް.(ނަޝީދައްސަނާކިޔުން).

    11
    1
  2. Anonymous

    ބުއްދިވެރިއެއް ކަމާމެދު ޝައްކެއްނެތް. 30 އަހަރު ވެރިކަންކޮށްފަހުރި ޕޮލިޓިކަލް ދާއިރާއިން މާސްޓަރ އޮތް ދީނީ އިލްމުވެރިއެއްގެ ބޯކަައިލެވޭނީ ލައްކަ ބުއްދި ހުރެގެން. އެކަމަކު ގައުމަށް ގައްދާރެއްކަން ޝައްކެެއްނެތި އެނގޭ. 1 ފެބްރުއަރީގެ ހާދިޘާއާއި ނޮވެމްބަރ 3 މިކަމުގެ ހެތްކަކަށް ފުދޭ.

    19
    4
    • ބޭބެ

      ނަޝީދަކީ، ބުއްދި ހަމައިން ނެއްޓޭ ގަޑިތައް ގޮނައިން ދިމާވާ އެހަނަސް ވަރަށް ހިޔަޅު ވިސްނުމުގެ އެތީސްޓް ފިކުރުގެ ފަހުލަވާނެއްކަން އަޅުގަނޑުގެވެސް ގަބޫލުކުރަން! މައުމޫނަކީ އުމުރުން 80 އަހަރަށްވުރެން މައްޗަށް ގޮސްފައިވާ ވަރަށް ދޮށީ އުމުރުގެ ބޭފުޅެއް! މިހާރު އުމުރުގެ ފަހު ދުވަސްކޮޅު ގުނަމުންދާ މުސްކުޅި ބަލީގެ ސަބަބުން ކިޔޭ ނުކިއޭ އެއްޗެއް މިހާރު ނޭނގޭ ބޭފުޅެއް! އެހެންވެސް މިބޭފުޅާ މިހާރު ވިދާޅުވާ އެއްޗެއް ގަބޫލުކުރާ މީހުން މަދު! ހަމައިން ނެއްޓުނީ ފެބުރުއަރީ އެކެއްގައި ނެރުނު އާދަޔާ ޚިލާފު އަމުރު ނެރުވުމަށްޓަކައި ސްޕްރީމް ކޯޓަށް ކަޅުފައިސާ ވައްދާ އެތަން ޚަރާބު ކުރި ހިސާބުނެ ފެށިގެން!

      10
      1
  3. އަލީ

    މަނިކުފާނު މީގެކުރިން ނަޝީދާބެހޭ ގޮތުން ދެއްކެވި ވާތައް ހަދުމަނޭތީތޯ؟ ބަލަ ރައްޔިތުން ތިބީ ނިދައިފައެއްނޫން! ތިޔައީ މ ގައުގެ ހަލާކު! އަދިވެސް ތިޔައުޅެނީ ގޮހޮރު ނުފުރިގެންތޯ؟މައުނު ކަލެއަކީ ކޮންކަހަލަ ނުލަފާ މީހެއް! ނިކަން ކެރެންނާ ރައްޔިތުންގެ ކުރިމައްޗަށް އައިސްބަލަ

    15
    2
  4. Anonymous

    މިފަހެ

    މިފަހެ ކީކޭ ކިޔާ މީހެެހްތަ؟

    10
    3
  5. މޮޔަމިހަ

    އެއީ އެހެންދީންތަށް ގެންނަން މަސައްކަތް ކުރާތި ، ގައުމަށް އިހުޅާސްތެރިކަމަށް އެބޭ އެދެކެނީ....

    11
    3
  6. ޙަސަން އަޙުމަދު

    ތިޔަހަރަ މައުމޫނެއް ތިޔަހަރަތެޅޭ ހަޔާތްކުޑަ އުޅުމެއް އޮތަ!

    10
    3
  7. މުހަންމަދު

    ސަބާސް ސާބަސް ތިޔަތިބިއުޅެވެނީ

    4
    1
  8. ސޯޕް ލައިޓް ބްރަދަރ

    ތިޔައީ ހައްތަހާވެސް ސިޔާސީބަތާހަރާމީން!!

  9. عبدالله

    މައުމޫނު އަދާކުރެއްވީ ހެކިބަހެކެވެ.

  10. ހަސަނު

    ނަޝީދަކީ ވަރަށް ޖާހިލު ގައުމަށް ޣައްދާރު ދީނަށްފުރައްސާރަކުރާ މީހެއް.

    10
    3
  11. މޫސާ

    މައުމޫނު ތި ހެއްދެވީ އިތުރުފުޅެއް!

    11
    2
  12. ވަޙިދު

    ކުރިން އަހަރުމެންނަށް ވިސްނުވައިދިނީ ނަޝީދަކީ ލާދީނީއެއް ކަމަށް.

    7
    1
  13. ދުރުބަލާ

    ނަޝީދަކީ ޤަވްމަށް އިޚްލާޞްތެރިއެއް ކަމަށް ގަބޫލު ނުކުރާ މީހުން ވަރަށް ގިނަ. ނަޝީދު ޤަވްމެއް ޤަވްމުގެ ރަޢިއްޔަތުންނެއް ބޭނުމެއް ނޫން. ބޭނުމީ ޤަވްމު ގެ ވެރިކަން. ޤަވްމު ބަދުނާމްކޮށް ބޭރުގެ ފަރާތްތައް ޤަވްމާ ފާ ކުރެއްވުމަކީ ނަޝީދު މާ ކުރާ ހިތްޕުޅުވާ ކަމެއް. ޢައި. އެސް. ޢެސް ގެ މީހުން ރާއްޖޭގައި އުޅޭކަމަށް ހުއްޓާ ނުލައްވާ ނަޝީދު ގޮވާލައްވާކަމީ މީގެ ހެތްކެއް.

    8
    1
  14. Anonymous

    ޢާނ ބޭނުންފުޅުވާހާ ގޮތަށް އުޅުއްވުމަށާ، ޢާއިލާއަށް ރަނގަޅުގޮތް ހޯދެން އޮތީ ތިފަދަ ބަސްތައް ބުނުއްވައިގެން ، ނަޝީދުއާ ރައީސްގެ ބޮލަށް ސަވާރުވެގެން.
    މިހާރު ވެއްޓޭ ބަލި ރަނގަޅުވީތޯ،
    އަމިއްލަ އެދުމާއިގެން ފޯވެފައި

    8
    1
  15. ށަނިއުނަ

    ގައުމަށް ލާދީނިއްޔަތު ފެތުރުމަށް އެންމެ ބޮޑު މަސައްކަތް ކުރާ މީހުން

    9
    1
  16. ާލިކް

    ޒުވާންފުޅުވީތޯ

    3
    1
  17. علي وحيد

    މައުމޫނު ،ކެނެރީގެ ނަސީދު އަށް މާފުކޮށްފީ ސިފައިންގޭ ގެ ކުރިމަތީގައި ދުލުހެއްގެ ބަނޑަށް ވަޅި ޖެހި އިރު އެކަންކުރުވީ ނަސީދު އިސްވެހުރެ އެއާއިލާތަކުން މައުމޫނު އަށާއި ނަސީދު އަށް މައާފުކުރާނެބާ

    3
    1
  18. ސަޖޯ

    ދެމީހުން އެކަކު އަނެކަކަށް މާފުކުރީއޭތޯ
    މައުމޫން ނަޝީދަށް މާފު ކުރަންޖެހެނީ ނަޝީދު ކޮންކުށެއް ކޮށްގެންތޯ ބުނެލަދެއްވަބަލަ

  19. ޙިޔާލު3

    ދެމީހަކު އެއްގޮތްވީމާވެސް ނިކަން ގުޅޭނެ އަދި އެކުވެރިވެސްވާނެ މާފުވެސް ކުރާނެ ސިޔާސީ ގިނަ ބޭފުޅުންނަކީ މާޒީގައި ވެރިކަމާއިގެން ދަހިވެތިވެ އެކަކުއަނެކަކަށް ބޭ އިންސާފުން އަނިޔާވެރިވެވިފައިވާ ބައެއްކަން މި ވާހަކައިންވެސް އެގޭ އަނިޔާ ވެރި ވެރިން ރައްޔިތަކަށްވެސް ގައުމަކަށްވެސް ހެވެއްނޭދެވޭނެނޫންތޯ؟ އަދުލުވެރި ވެރިންނަށް ގައުމަށްވެސް ހެއުއެދެވޭނީ އެފަދަ މުސްލިމުންނަކީ ހަގީގީ ބުއްދިވެރިންނަކީ އަޅުގަނޑު ދެކޭ ގޮތުގައި.

  20. މިއަދު

    ދީނާއި ގައުމަށް ގައްދާރުވާ ގައުމުގެ ބޮޑު ދެ މުޖުރިމުން،
    އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް މިއަދު ޘަނާކިޔާއި އުޅޭނެ..