ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ސަރުކާރުގެ ފަރާތުން ތަންމަތި ފޮއްޓަކާއި ބޭބީ ބޮކްސް އެއް ދެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލު ކުރަން ބޭނުންވާ ކަންކަމާއި މި މުއްދަތުގެ ތެރޭގައި ފަށަން ބޭނުންވާ ކަންތައްތައް ހާމަކޮށްފައިވާ ލިސްޓުގައި ބަޔާންކޮށްފައިވާ ގޮތުން، އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން މި ތަކެތި ފޯރުކޮށްދެވޭނެއެވެ.

100 ދުވަހުގެ ލިސްޓުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެެކު، އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި، ގާތުން ދިނުމާބެހޭ މުހިއްމު ސިއްހީ މައުލޫމާތުތަކުގެ ލުއި ފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ފޯރުކޮށްދޭން ފެށޭނެއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން އިތުރަށް ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި އަންހެނުންނަށް ބޭނުންވާ ޕެޑް އަދި ޓެމްޕެކްސް ފަދަ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލެވޭނެއެވެ. އަދި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވެއެވެ.

މީގެއިތުރުން، އިންޑިޔާ، ސްރީ ލަންކާ އަދި މެލޭޝިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފަށަން ނިންމާފައިވާއިރު ދުވަސްވުމުގެ ސަބަބުން އާއިލާއިން ނުބަލާ ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް އެކަށީގެންވާ ތަނެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ހާމަކޮށްފައިވެއެވެ.

މި ނޫންވެސް އިތުރު އެތައް ކަމެއް، އިޖުތިމާއީ ރައްކާތެރިކަމުގެ ދަށުން ކުރުމަށް ލިސްޓުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަމީ

    ޕެޑް ވެސް ހިލޭ ފޯރުކޮށްދޭންވީ މީގެ އިތުރުން ޑިއޮން ވެސް ބަހަންވީ ހަަމ ހިލޭ.

  2. އަލީ

    ތިޔައީ އެމްޑީޕީގެ ވިޔަފާރި ވެރިއަކަށް ފައިސާގަޑެއް ދިނުމަށް ކުރާކަމެއް މި ނޫންގޮތަކަށް ތިޔަކަމެއްނުވާނެ! ރައްޔިތުންނޭވޭ ބަލަންތިބޭތި މި އިބޫ ރަޝީދަށްވުރެވެސް ކޮރޮޕުސަންގައި އަރައިހުންނާނެ!

  3. އަލީ

    ރައްޔިތުން ކަލޭ ވެރިކަމަށް ގެނައީ ދައުލަތުގެ މާލިއްޔާ ބަހައި ހުސްކުރަންތަ ވަގުއިބޫ

  4. ކަނބަލެއް

    ސަރުކާރުން ތިބުނާ ސާމާނު ދޭނެކަމަށް ކާކުތަ ހުންނާނީ. ވިހަން ވާއިރަށް ހުރިހާ ސާމާނެއް ހޯދާނެ ކޮންމެ މަންމައަކާއި ބައްޕަ އެއްވެސް. ތު ފައިސާއިން އަތޮޅު ތެރޭގެ ސިއްޙީ ޚިދުމަތް ރަނގަޅުކޮށް މާބަނޑު ދުވަސްވަރު ތި މަޢުލޫމާތުތައް މައިންނަށް ދޭ ކްލާސްތައް ހިންގާ ހޭލުންތެރި ކުރުވިއްޔާ މާ ކަންތައް ބޮޑު

  5. ބުއްބު

    އެންމެ ހަރަދުބޮޑީ ނެޕީ. ވީމާ ނެޕީ މަހަކު ކޭހެއްވެސް ބޭނުން...

  6. އިއްބެ

    ޙަޖަމުކުރަން ދަސްކުރޭ.. ދެން މިފަހަރު ކެތްކުރޭ....

    • ހުސޭނުބޭ

      ކުރިންވެސް ހަމަ ކެތްކުރީ. އެބުނާ މޮޅު 3 އަހަރުގެ ވެރިކަމުގައި ޙަލާލު މުސާރަކޮޅުވެސް ލިބެނީ ފުރަތަމަ ހަފުތާ ހުސްވާފަހުން.

  7. ޔޫބީއައި ޕީޕަލް

    އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންނަށް އަސާސީ އުޖޫރައެއް ދިނުން. އެއީ. 2220ރ ބަޮލަކަށް ކޮންމެ މަހަކު.

  8. ނަފާ

    ކުރާނެކަމެއް ނެތިގެން މޮޔަގޮވަނީ. ލާރިގަނޑު ކާލާ.