ރާއްޖޭއިން ބޭރުގެ މަދު ހޮސްޕިޓަލަކުން ލިބެމުން އަންނަ އާސަންދަ ހިދުމަތް ފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ވަަނީ ރައީސް ސޯލިހުގެ ސަރުކާރުގެ ކުރިއަށް އޮތް 100 ދުވަހު ކޮށްދެއްވަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމަނާފައެވެ.

މީގެ ކުރިން މި ހިދުމަތް ލިބެމުން ދަނީ މަދު ހޮސްޕިޓަލްތަކުންނެވެ. ކުރިން މެލޭޝިއާގެ އެއްވެސް ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ނުލިބެއެވެ. ނަމަވެސް އިންޑިއާ އާއި ލަންކާގެ ބައެއް ހޮސްޕިޓަލްތަކުން އެމާޖެންސީ ހާލަތްތަކުގައި އާސަންދަ ލިބެއެވެ.

އެކަން ހައްލަކަށް ގެނައުމަށް ރައީސް ސޯލިހުގެ ސަރުކާރުން ނިންމަވާފައިވީ ނަމަވެސް، އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުންވެސް ސިއްހީ ދާއިރާއަށް ބަދަލުތަކެއް ގެނައުމަށް ކަންތައްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

އެގޮތުން ސިއްހީ ޚިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅާލުމާއި، އާންމު ސަރަހައްދުތަކުގައި ކަސްރަތު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައިޖީއެމްއެޗުގައި ޚިދުމަތުގެ ކިޔޫއަށް ލުޔެއް ލިބިގެންދާނެގޮތަކަށް ނިޒާމަށް ބަދަލުތަކެއް ގެނައުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސޯޕް ލައިޓް ބްރަދަރ

    ތިޔައި ކުރީގަވެް ހަމަޖެހި ވަމުންދާކަންތައް!!

  2. ސައްޕޭ

    ތިޔައީ ވަރަށްރަގަޅުކަންތައްތަ އެކަަމަކު އިޚްލާސްތެރިކަން ނެތް މިނިސްޓަަރަކަށް ކުރެވޭނެ ކަމެއްކަމަށް ނުފެނޭ!

  3. އާމިރު

    ސައްޕޭ އަކަށް ނޭގުނު އެއީ ކުރިންވެސް ދެމުން

    ދިޔަ ހިދުމަތެއް ކަމެއް.

  4. ހުސޭނުބޭ

    މިހާރުވެސް ލިބެމުންދާ ޚިދުމަތެއް! ފަށަފަށައިގެން ތި ވާހަކަ ތި ދައްކަނީ 100 ދުވަހުގެ ތެރޭގައި އާސަންދަ ލާރިގަނޑު ކާލަން! ކުރިންވެސް ހެދީ ހަމަ އެހެން!

  5. މަރީ

    ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އާސަންދަ ލިބޭނޭ ގޮތް ހެއްދެވުމަކީ ވަރަށް އެދޭ ކަމެއް

  6. ކަނބުލޮ

    ތިޔައީ ވަރައް އުފާވެރި ޙަބަރެއް

  7. ރަންނަމާރި

    ތިޔައީ ރައީސްޔާމީން ފަށާގެން ގެންދާ ކަމެއް. ތިޔަ އުޅެނީ ޕްރީޕެއިޑު ބައިގަނޑަށް ބަނޑު އަޅާލާނެ އެއްޗެއް ދޭން ވެގެން.