ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ނަމޫނާ މުއައްސަސާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަނީ ރައީސް ސޯލިހަށް މަރުޚަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެހައި އިންތިޒާމުތައް ފުރިހަމައަށް ގެންގޮސްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ނަމޫނާ މުއައްސަސާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. عبدالله

    މިރާއްޖޭގައި އެއްވެސް އިދިކޮޅު ޕާޓީއެއް ނެތި ނުދާނެއެވެ. ގޯހުން، ގޯހަށް މިރާއްޖޭގެ ކަންތައްތައް ނުދާނެއެވެ. 23 ސެޕްޓެމްބަރު 2018 އަށް 18 އަހަރު ފުރިފައިވާ މީހުންގެ އިންސައްތަ ލިބިގެން ވެރިކަމަށް އާދެވިފައިވާއިރު، ވޯޓްނުދޭ ފަރާތްތައް(ލޯއަޅާމީހުން) މިރާއްޖޭގައި މަދެއްނޫނެވެ. ވެރިކަމަށް ދަހިވެތި ލޮލަކުން ބަލަބަލައި ތިބޭ މީހުންގެ ޢަދަދު މަދެއްނޫނެވެ. ރައްޔިތުން ވޯޓްދެއްވުމުން ވެރިކަން ލިބޭނެކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ.

  2. ހުސޭނުބޭ

    ކަލޭގެ ޒަމާނުގައި މަޖިލީހުގައި ބަކަރިތަކެއްހެން އުޅެފައި ހަމަ ކުއްލިއަކަށް މަޖިލީސް މޭކަޕްކޮށް ސްޕަމޮޑެލްއަކަށް ވާނެކަމަށްތަ ތި ހީކުރަނީ!

  3. އިބޫ

    ޜައީސް އިބުރާހިމް މުހަންމަދު އަްއް ސޯލިހު ކިޔަނީ ހަމަ މިބޭފުޅާގެ ސޯލިހު ކަމުންތޯ. ޞައްޕަގެނަން އެހެން މީހަކައް މިގައުމުގަ ބޭނުމެއް ނުކުރެ ....

  4. ޖަޒީރާ ފަލި

    ވޭތުވި 7 އަހަރު ތިޔަ މީހުން މުޅި މަޖިލީސް ހަރާބުކޮށް، ކޮޅަށް އަރާ، ތަކެއްޗަށް ގެއްލުން ދިން ހަނދާން ނެތުނީތަ؟ ހަނދާން ނައްތާލާ. ޓަހެއްވެސް ނުދޭތި