އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމެއްކަމުގައިވާ ސީޝެލްސް ކެބިނެޓް ސެކެރެޓަރީ، މުޙައްމަދު އަފީފު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނުގެ ވަގުތުގައި އެއޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމާ ގުޅުން ހުރި ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން، ފަތުރުވެރިކަމާއި މަސްވެރިކަން އަދި ކުދި ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައޮ ދެ ޤައުމުގެ ގުޅިގެން މަސައްކަތް ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހުވަނީ އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވިކަމަށްޓަކައި އަފީފަށް ޝުކުރު ދަންނަވާފައެވެ. ހަމައެހެންމެ، އަފީފުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ދައުވަތު ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވާފައެވެ.

މުޙައްމަދު އަފީފަކީ، ދެކުނުގެ ހަތަރު އޮތޮޅު ވަކިކުރުމަށްފަހު އުފެއްދި ސުވަދީވް ޖުމްހޫރިއްޔާގެ ރައީސް، އަބްދުﷲ އަފީފުގެ ދަރިކަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައުފަރު

    އަނެއްކަ ވަކިކޮށްލަނީ