"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞާލިޙް ކޮމިޝަނެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް ސޯލިހު މި ކޮމިޝަން އުފައްދަވާފައިވަނީ އިއްޔެއެވެ.

ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2018/13 އިން، ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން، އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުކުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުން:

1. އަލްއުސްތާޛު ޙުސްނުއްސުޢޫދު، ހަސަންކާރިގެ، ސ.މީދޫ
2. ޢަބްދުﷲ މުނާޒް، ހ. މާފިޔަ
3. އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
4. ފަރީޝާ ޢަބްދުﷲ، މާތޮޑާއަވަށް. ބަގީޗާގެ، ގދ.ފަރެސްމާތޮޑާ
5. މިޞްބާޙް ޢައްބާސް، ބަހާރީވިލާ، ގދ.ރަތަފަންދޫ

"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އިބްރާ

    އިތުރަށް ތަހުގީގުކުރުމަށްޓަކައި އިނގެރޭސިވިލާތުގެބަޔަކާއި ޑީލެއްހަދައި ދައުލަތުގެ ފައިސާއިން އެތަށް މިލިއަން ޑޮލަރު ކަހައިލުމަކީ އެކަށީގެންވާކަމެއް

  2. ޖަހާންގީރް

    ގެއްލުވާލާފަކަން ޔަޤީންވާކަން ސުރުހީ ން އެނގޭ ، އެހެންވީރު ގެއްލުވާލި މީހަކާއި ސަބަބާއި ވެސް އެނގޭނެތާ ، މުޅިންހެން އަތުލާގަންނަނީ މަސްތުވާ ތަކެތި ކަމަށް ޝައްކުވާ ތަކެތި ، އެގޮތުގެ މަތިން “ ވަނީ ގެއްލިފަތޯ ނޫނީ ގެއްލުވާލާފަތޯ ފުރަތަމަ ބަލާ ތަހްގީގް ކުރަންޖެހޭ ކަމަށް ފެނޭ - ވ ސަލާމް -

    • އައިމިނަ

      ރަގަޅު ވާހަކަ އެއް

  3. ލަބީބު

    ޑޮކްޓަރ އަފްރާޝީމް އަވަހާރަކޮށްލިމީހުން ރާއްޖޭންބޭރަށް ފުރައިފިކަމަށް ހަމަ އެދުވަހު އަންނި ބުނި! ވީމާ އޭނަ އެކަމުގެ މުގުލުގަހުރީ! ކެރޭނޭބާ ތަޙްޤީޤުކުރަން؟

    • އައްޑޫސިޓީ

      ނުކެރޭނެ.

  4. ދަރިވަރު

    "ގެއްލުވާލާފައިވާ" އަލަށް އުފައްދަވާ ބަސް. މާނައަކީ ކޮބައިތޯ؟

  5. އަލިބިޔާއްކަލޯ

    އައްނި ހެދި ކޮމިޟަނަށް 25 މިލިޔަން ޙަރަދުކުރި ވީކަމެއް ހަރާމް
    ތި ކޮމިޟަނަށް 50 މިލިޔަންގެ ބަޖެޓައްދެއްވާތި
    ތިކޮމިޟަނުގެ ރައީސް އަކީ ރުފިޔާ ފެނުނީމަ ހޮޑުލަވާ ބޭފުޅެތް
    ޟުކުރިއްޔާ ޖަޒީރާ ރައީސް

  6. އައްޑޫސިޓީ

    ކޮބާތަ 2012 ވަނައަހަރައްވުރެ ކުރިންޖަލުތަކުގަޔާ އެހެނިހެން ގޮތްގޮތުން ގޮތްނޭނގޭ ގޮތައްމަރުވެ ދިޔަމީހިންގެ ތަހުގީގު. ކަމަކުނުދޭ. ތިކޮމިޝަންގެ އިސްމީހަކަށް ތިހިރީ ޔާމިންގެ އަޑާވާތް ތެރިއެއް.

  7. އަން

    މީގެ ދެތިންމަސް ކުރިން ރާއްޖެތެރޭ ރަށެއްގައި އާދަޔާހިލާފު އުހުގައި ވަލެއްބައްދައި ދަންޖެހިފައި ހުއްޓާ ފެނުނު އަންހެންމީހާގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާ. އެއީ ސިޔާސީ މީހަކަށް ނުވީމާތާ؟

  8. އަބޯ

    އުސްފަސްގަނޑުގެ ހިސާރު އޮތީ އެމްޑީޕީ . އުސްފަސްގަނޑުން ނިކުމެގެންގޮސް ކުރިކަމެއްކުރީ އިބޫގެ ވެސް ޒިންމާ އޮވެދާނެ.

  9. ދޯ

    ކޮމިޝަންގެ ރައީސަކަށް އަދީބު ސަޅި ވާނެ.

  10. ޚޮމިޝަން

    ފުރަތަމަ ދުވަހު ހާމަކުރަން ބުނި ޑރ އަފްރާޝިމް ގެ މަރުގެ މައްސަލަ ކޮބާ..ފުރަތަމަ ދުވަސް ނިމިއްޖެ..އެއްކަމެއް ވެސް ނުވާނެ

  11. ކަމެކޭ ހީވޭ

    ވަޒީފާ ދޭން ޖެހޭ މީހުން ގިނަވީމަ ކޮމިޝަންތައް ހެދުން ކަމަކީ. ދެން ބުނެވޭނެތާ ސިޔާސީ މަގާމު މަދޭ. ޚަރަދު ކުޑައީކީ ނޫން ޚަރަދެއް ނުވެސް ހިނގާނެ. ބައިމީހުންނަކަށް ނުވިސްނޭނެ ވިއްޔަ މިހަދާ އެތިފަހޜު. ހޭދެބައިވެފަ އަތް ޖަހަން ތިބޭ ދެން.

  12. ސައްޕޭ

    ގެއެއްގެ ތެރެއިން މަރުވެފައި ތިއްބާ ފެނުނު ދެމަފިރިންނަށް ވީގޮތް އެގޭމީހުން އެބަތިބި އެ މަރުވެސް ތަޙުޤީގު ކުރަން ފެނޭ، ކޯކު ދަޅު ބޮއިގެން މަރުވި މީހާއާއި ލަވަކިޔާ އާތިފް އާއި އައްޑުގައި ގެބިގެން މަރުވި މީހާއާއި މިކަހަލަ އެތައް މީހުންގެ ލިސްޓު އެބައޮތް

  13. ހައިރާން

    ޖައްވަށް ހަވައަށް ފަޒާޔަށް ، ގަޔަށް ބޮލަށް ބަޑިޖަހައިގެން މަރާލާފައިވާ މީހުންގެ މައްސަލަތައްވެސް ބަލައްޗޭ.

  14. ހުސް

    ކޮބާތަ 3 ނޮވެން ބަރުގެ 19 ދހިވެހިން މެރި މީހުން ހޯދަ ބަލަ

  15. ހުސޭނުބޭ

    ދެން އިވޭނެ ޚަބަރަކީ އެ އުފެއްދި ކަމިޝަންވެސް ބައިތުލް މާލުގެ ލާރުގަނޑަކާއެކު ގެއްލުނު ޚަބަރު!

  16. ޢަލީ ހަމީދު

    ހުވާކުރުމުގެ ރަސްމިއްޔާތައް 34 މިލިއަން. ކުރުބާގަ ބޭއްވި ކެއުންގަޑައް 20 މިލިއަން. ތަރައްގީ ބޮޑުމަގުގަ ބޭއްވި ޖަޒީރާ ޖާފަތައް 2 މިލިއަން.

  17. ކައްދާދި

    ރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލު ވީއްސުރެފެށިގެން ހިނގާފައިވާ މަރުތަކުން ފެށުމަށް އުފެދުނު ކޮމިޓީ އަށް އާދޭހާއެކު އެދެން، އެއީ ރަސްކަމުގެ ބައި ހަނދާންހުރި މީހަކު މިހާރު ނެތިދާނެ މިބުނީ ހިނގި މަރުތަކުގެ އެކަމަކު އޭގެ މިކޮޅުގެ މީހުން އަދި ތިބޭނެދޯ.

  18. ބޮލި މުލައް

    ނަސީދުއަށް ވެ ނިމުނީ . ނަސީދުވާހެދީ 1 ކޮމިސަނު މިކަލޭގެ ތިން ހަތަރު ކޮމިސަނު އެމް ޑީ ޕީ ސަރުކާރުގަ ވަޒީރުން ކޭ ލާރިވެސް ހޯދާތި.

  19. ރަމްލާ

    ތިޔައީ ތިޔަނަމުގައި ދައުލަތުން ފައިސާތަކެއް ކައްވާލުމަށް ޖެހި ފުރަތަމަ މަޅިއެވެ. އަންނިވެސް ތިޔަކަހަކަ ތަނެއްހަދާ ، ހޯދަންއުޅުނު ޢަދަދަށްވުރެ ގިނައިން ވަނީ ޚަރަދުކޮށްފައެވެ.

  20. Miadhu

    ތިއީ މިގައުމުގެ ފުލުހުންނަށްކުރި މަލާމާތެއްތަ

  21. Miadhu

    މުއްދަތު އިސްލާހު ކޮށް ތަންކޮޅެއް ސާފުބަހުން ބުނެލަންފެނޭ އެގޮތުން ބަޣާވާތުން ވެރިކަންބަދަލުކޮށް ވެރިކަމާއި ހަވާލުވި ވަހީދާއި ޔާމީނު ވެރިކަމުގައި މަރުވި މީހުންގެ މައްސަލަތައް ބަލަން ކަމަށް

  22. ކިހާދޫ

    ބަޖެޓްގަ ލާރިހުރީތީ އެކުލަވާލި ކޮމިސަނެއްތި ،، އަފްރާޝީމް މެރިބައެއް އަންނިއަށް އެގޭނެ ،، އަޅެސުވާލުކޮށްބަލަ އެއީކޮންބައެއްތޯ އެމީހުން ފުރައިގެން ދިއައީކޮން ޤައުމަކަށްތޯ ނޫނީ އޭނަ ބިޑިއަޅާފަ ހައްޔަރުކޮށްބަލާ...

  23. ނުރަބޯ

    ސާބަހޭ ސާބަހޭ ސަރުކާރަށް. ރައްޔިތުންނަށް ކަމެއް ނުކޮށްދެވި އުޅެނިކޮށް ފަޓާސްބަރި އެއް ރޯކޮށްލީމާ ގޮވަމުން ގޮވަމުން ދާހެން ތިޔަހަރަދަނީ ކަމިޝަންތައް ހަދާ، އެ ތަންތަނަށް އެކްޓިވިސްޓުން ލަމުން.
    1- ގެއްލިފައިވާ ފައިސާ ހޯދާ ކަމިޝަން.
    2- ސިޔާސީ ހައްޔަރީން މިނިވަން ކުރާ ކަމިޝަން.
    3- ގެއްލުވާލާފައިވާ މީހުން ހޯދާ ކަމިޝަން.
    އަދިކުރިޔަށް އޮތީ އިނގޭތޯ؟

  24. ހަސަން

    ސަރުކާރުގެ 24 ގަޑިއިރުން ރިޟުވާންގެ މަރުގެ ހަގީގަތް އާއްމުކުރަން އިބޫ ކެމްޕެއިންގާ ކާށިދޫގައި ވިދާޅުވި 24 ގަޑިއިރު ހަމަވެގެން ގޮއްސި ކޮބާބާ އެހަގީގަތް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  25. އަހުމަދު

    ވަރަށް ސާފު ކޮށް މިބުނަނީ އަފްރާޝީމް ގެ މަރުގެ މުގޫ ހާމަ ކުރާކަށް ނުކުރޭނެ އެކަން ގޮސް ޖެހެނީ މި ގައުމުގައި ހުރި ބޭރުގެ އެންބަސީއަކާއި އެތަނުން ޚަރަދު ކުރީ އެއީ އަވަށް ޓެރި ގައުމެއް. މިހަާރުގެ ހޯމް މިނިސްޓަރު ވިދާޅުވި ކަރުދާސްަ ތަކެއް ދައްކާފައި މިހިރީއޭ ހެކި ކޮބާ އެހެކި 3 އަހަރު ވެއްޖެ.