ވަޒީރުންގެ މަޖިލީހަށް އައްޝައިޚު އިމުރާން އަބުދުﷲ އައްޔަން ކުރެއްވުމާއި ގުޅިގެން ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގަތުމަށް އެދިވަޑައިގެންފިއެވެ.

ހޯމް މިނިސްޓަރު ކަމަށް އިމްރާން އައްޔަން ކުރެއްވުމާއި ގުޅިގެން އެކަމުގައި ގާނޫނީ ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވަމުން އެމްޕީ ޚަލީލް ވިދާޅުވީ، ރައީސް ސޯލިހުގެ ކެބިނެޓަށް އިމްރާން އައްޔަންކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަަމަށެވެ.

"މަނިކުފާނަކީ މި ދައުލަތުގެ ގާނޫނީ ހުކުމްތައް ނެގެހެއްޓުމުގެ އިސް ފަރާތަށްވީހިނދު، މިކަމުގައި ގާނޫނީ އިމުގެ ތެރެއަަށް ވަދެވަޑައިގަތުމަށް ދަންނަވަން" ޚަލީލް މިއަދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވެއެވެ.

ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަމްބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެހުކުމެއް ތަންފީޒުކޮށް ނިމުނުތާ، އެޙުކުމުން ކަނޑައެޅުނު އަދަބު މަޢާފް ކުރެވުނުތާ ތިން އަހަރު ނުވާ މީހަކަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަން ނުކުރެވޭނެ ކަމަށެވެ.

އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ޙުކުމް މިހާތަނަށް ސުޕރީމް ކޯޓުން ބާޠިލްކޮށްފައެއް ނުވެއެވެ. އިމްރާން ޖަލުން މިނިވަން ވެފައި ވަނީ އިމްރާންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ކޯޓުން އަމުރު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޙުސޭނު

    ޑޮކްޓަރޫ ޔާމީނާ އެހާކައިރީގައި އުޅުނު އިރު އޭނާ ޗާޓުން އެތެރެ ނުކުރީ ކީއްވެ؟

    • ހުސޭނުބޭ

      ރ ޓީވީން ކިތަންމެ ދޮގު ވާހަކައެއް ފެތުރިމަނަވެސް ރ ޔާމީނު ޗާޓުން ބޭރުވެފައެއް ނެތް!

  2. ނަހުލާ

    ޢަޅާ ނުލާބަލަ ހަދާއެއެްްޗެއް ހަދަހަދާ ތިބެ ފާނެއެއްނު ފުރަތަމަ ކޮލޫ ނިކަން ތެޅި ފޮޅޭނެ ފަތްކޮޅު ހިނގައިދާނެހެން ހީވީމަ މައިތިރި ވެދާނެ

  3. އަބޯ

    ފުރަތަމަވެސް ގާނޫނާ ގާނޫނުއަސާސީއާ ހިލާފް

  4. މިލަންދޫ މީހާ

    ނުކިވަވާ ސަންގޯރުންނަކައް ގާނޫނެއް އާނޫނެއް ބާނޫނެއް އެނގިވަދައެއްނުގައްނަވާނެ ދެންތިވަރު އެނގޭނެ އެއްމެކުދަ ކުއްޖާއައްވެސް އަދިއެއްދުވަސް ވީކިރިޔާ މިހާރު ކުރިހުވޔާހިލާފުވީ ތީއަޅެ ގަރަހިތައެއްތަ

  5. ރައްޔިތުމީހާ

    އަޅެ ތި ކަމާ ހަވާލުވާން ދިޔަ މީހާވެސްދޯ... މަގާމަށް ދަހިވެތި ވީމަ ވެދާނެ ތިވަރު ކަމެއް..

  6. ޚަލީލު އައްޕަ

    ކަލޯ ދަރިޔާ. އިމްރާންގެ މައްޗަށް އިއްވި ހުކުމް ލިޔުުނު ގުރޫޕްގެ އެކަކުކަމުގަ ކަލޯވަނެ. އެކަމަކުވެސް ހަމަ ތިޔަބުނަނީ އެއީ ގާނޫނީ އިމުގެ ތެރެއިން އިއްވުނު ހުކުމެކޭ. ނުވަނެ އެހެނެއް . އެއީ ހިލަނޫނީ އިމުގެ ތެރެއިން ޔާމީނަށް ގަންނަ ފުރޭތަ ކުރި ހުކުމެއް

  7. ނޫރާ

    ރައީސް ވަގުސޯލިހު ގާނޫނީ އިމުގެ ތެރެއަށް ވައްދަން ކޮމިޝަނެއް އުފައްދައިފި!!

  8. ގަމާރު

    މީގެކުރީގެ ސަރުކާރުތަކުގަ ގާނޫނާޙިލާފު ކަމެއް ކުރެވުނުބާ؟

  9. ދަތްދޫނި

    ޙަލީލޫ . ތަމެން ތިހެން ހަލޭއްލަވަ ލަވަ ތިބެން ޖެހޭނީ މި 5 އަހަރު ނިމެންދެން ﷲގެ ވާގި ފުޅާއި އެކު. ތަމެން ތި ތިބީ ޤާނޫނުގެ ވެރިކަން ހިތުން ކޮއްގެން ދޮތަ. ހުންނަ ހަޔާތް ކުޑަކަން ދެކެބަލަ.

  10. ޢަލީ

    ޖިނާއީ ކުށާއި ޓެރިޒަމްގެ ކުށަކީ 2 ކަމެއް އިމްރާނަށް ކުޜީ ޓެރިޒަމްގެ ދައުވާ

  11. عبدالله

    ވަޒީރުކަމުގެ މަޤާމަށް މަޖިލީހަށް ނަންފުޅުތައް ހުށަހެޅުމުން އެކަމަށް އެއްޗެއް ބުނުމުގެ ފުރުޞަތު ޑޮކްޓަރު ޚަލީލަށްވެސް އޮންނާނެއެވެ. ކެތްކުރައްވާށެވެ. ތިޔަކަމަކީ، ހިނގަންފަށާފައިވާ ކަމެކެވެ. ޔަޢުނީ، ހިނގައި ނިމިފައިވާ ކަމެއްނޫނެވެ. އެބަހީ، ޝޭޚް ޢިމްރާން ވަޒީރުކަމަށް ކޮލިފައިވާއިރު، އެކަމުގެ މައްޗަށް އެއްވެސް ސުވާލެއް ބަޙުޘެއް ނުއޮންނާނެއެވެ. ޝޭޚް ޢިމްރާން މިނިވަންކޮށް ދޫކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތީން ކަމަށްވާނަމަ، ވަޒީރުކަމަށް ހޮވާފައިވަނީވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީންކަމަށް ބެލޭނެއެވެ.

  12. ހަރީ

    މަސްބަހާމީހާވެސް ކެޔޮޅައްބަލާނެ

  13. ނުރަބޯ

    ބަލަގަ ހުސޭނާ ރައީސް ޔާމީނު ގާނޫނުން ބޭރުގައި ހުރީތީ އަދި އަނިޔާވެރި ވެރިކަމެއްކުރާތީއޭބުނެ އެކަންކަން ރަގަޅުކޮށް ގާނޫނީ އިމުގެ ތެރެއިން ހުރިހާކަމެއް ކުރަން އައި މީހެއްނޫންތަ އިބޫއަކީ؟ ދެން މިއަދު އޭނާ އަނެއްކާ ގާނޫނީ އިމުން ބޭރަށް ނިކުމެ ޚުދުމުޚުތާރުވީމާ ކޮންތާކު އެ ޖެހުނީ އޭނ ހުސޭނާ......؟؟؟

  14. ނާނަ

    ޑރ ޚަލީލެއް ކަމަކު
    ކުކުޅައްވިރެއް ބިސް ދޮށީވެގެން ނޫޅުއްވާ؟؟؟؟