ސިޔާސީން ހައްޔަރީން މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމެޓީއެއް އުފައްދަވައިފިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު މި މަސައްކަތްޕުޅު ފެށްޓެވުމުގެ ގޮތުން، [ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ] އެކުލަވާލައްވާފައިވަނީ އިއްޔެއެވެ.

އެގޮތުން މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ:

1. މިނިސްޓަރ އޮފް ހޯމް އެފެއާޒް
2. ކޮމިޝަނަރ އޮފް ޕޮލިސް
3. ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް
4. ބަންޑާރަ ނައިބު

މިފަދަ ކޮމިޝަނެއް ރައީސް ސޯލިހު އުފެއްދެވިއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޖަލަށްލާފައިވާ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ވަނީ ޖަލުން ދޫކޮށްލާފައެވެ. އެގޮތުން އޭގެ ތެރެއިން ބައެއް ބޭފުޅުން މިނިވަން ކުރުމަށް ކޯޓުތަކުން ހުކުމް ކޮށްފައިވާއިރު އަނެއް ބައި ބޭފުޅުންގެ ހުކުމްތައް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލޯލީޕިން

    ފަޓާސް ބަރިއެއްހެން އެވެރިން ދޫކުރީ.. މިއީ އިންސާފުތޯ

  2. ސީންސީން

    ސިޔާސީން ހައްޔަރީންނަކީ މީ ކޮން ޒާތެއްގެ ހައްޔަރީންނެއްބާ އަނެއްކާ؟

  3. އަލިބިޔާއްކަލޯ

    ހެއްވާކަމެއްދޯ ޟޭހު އިމްރާނު މިނިވަންކުރަން

    ހޯމް މިނިސްޓަރ އިމްރާނު އާއި ތިހަވާލުކުރީ

    ? ???????

  4. ޚޖހގ

    އިމްރާނަކީ މިހާރުވެސް ސިޔާސީ ހައްޔަރީއެއް. އޭނާގެ ޙުކުމް އަދި ބާޠިލެއް ނުކުރޭ. ދެންވެސް ތިބި ސިޔާސީ ހައްޔަރީން އެ ކޮމިޓީއަށް ލީނަމަ ވ. ފުރިހަމަވީސް. ބޯހަމަނުޖެހޭ ރައީސެއްދޯ؟ ވ.ތާހިރެއްނު.

  5. ހުސެން

    ސިޔާސީ ހައްޔަރީން ދޫކުރާ ކޮމިސަނުގަ މިތިބެނީ ހޯމްމިނިސްޓަރ އިމްރާން، ދެން އެކޮމޭޓީގައި އެތިބީ މިގެ ކުރިންވެސް އެމީހުންގެ ދިފާއީ ވަކީލުންގެ ގޮތުގައި އުޅުންމީހުން. ދެން މިވަރުގެ ބަޔަކު ތިކޮމެޓީ ނެހެދިޔަސް ރައީސްގެ ގަރާރަކުން ތިއެންމެންދޫ ކޮއްލުމޭ ހުރީ ކޮންތަފާތެއްބާ

  6. އެހެންތޭ

    ތަމެން ތިޔާ އުޅެނީ ކުޅި މަޖާ ކުރަންތޭ ރާއްޖޭގައި ލޭޒީ ކަން އިތުރަށް ކުރިއަރުވަން ނޫންތޭ ތަމެން ތިޔާ އުޅެނީ ރާއްޖޭގައި އަތުން ފައިން މަސައްކަތް ކުރާ މީހުން މަދު ކަން ފާހަގަ ކުރެވެއޭ މިކަން ކަން ހައްލު ކުރެވޭނީ ތަމެން ރާއްޖޭގައި މެޝިންސް ތަކެއްގެ ގޮތުގައި މަސައްކަތް ކުރާ ހެވީ ޑިއުޓީ މެޝިންސް ތަކެއް އުފައްދަން މަސައްކަތް ކުރިއްޔާ ނޫންތޭ ވީކް އެންޑަށް ޕިކްނިކް ދާން ރަށްތަކެއް ވިހައިގެން 6 މަސްދުވަސް މުސާރަ ނަގައިގެން ގޭގައި ތިބެނީ ފިލްމް ބަލަން ދޯ

  7. عبدالله

    ކޮމިޝަނުގެ މަސައްކަތް ފެށޭނީ މަޖިލީހުން ރުހުން ދެއްވުމުން ކަމަށް ޔަޤީންކުރެވެއެވެ. އޭރު ޝޭޚް ޢިމްރާނު ހުންނާވާނީ، އުފައްދާފައިވާ ސުވާލުތަކާއި ބަޙުޘްތަކުން މިންޖުވެފައެވެ.

  8. ނުރަބޯ

    ސިޔާސީ ހައްޔަރީން އެއީ ދިވެހި ބަހުގަ އޮންނައެއްޗެއްނޫން. އެހެންވީމާ ސިޔާސީ ހައްޔަރީން ކިޔާބަޔަކު ނުތިބޭނެ ތިބޭނީ ސިޔާސީ ކުށްވެރިން. ނިމިގެން ދިޔަ، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ހައްޔަރު ކުރެވިފައި އެއްވެސް ސިޔާސީ ކުށްވެރިއަކު ނެތް. އެހެން ނަމަވެސް ޖިނާޢީ ކުށްވެރިން ތިބި. އެއެންމެންވެސް ކުށެއްނެތް ސާފު ހުދުފޮތިކޮޅެއްފަދަ ބަޔަކަށް ވެގެން މިހާރުތިބީ ދޫކޮށްލާފަ. ދެން މިހާރު ދޫ ނުކޮށްލެވި ހުރީ ކުށްވެރިންގެ ކިންގް އަދީބު. އޭނާ ދޫކޮށްލާކަށް ކޮންމެހެން ކޮމެޓީއެއް އުފައްދާކަށް ނުޖެހޭ. ތިޔައީ ބައި މީހުންނަށް ވަޒީފާއެއް ދޭންވެގެން ކުޅޭ ޑްރާމާ އެއް. އިހަށްވެސް ތިޔަކަހަލަ ޑްރާމާ ކުޅެކުޅެ ރީނދޫ ވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔާގައި ނެތް ޒައްރެއްގެ މިންވަރުވެސް. މިހުންނަނީ އެންމެން ދަންނަ ޙަގީގަތް.

  9. ޖޮއްބެ

    ހޫނ ކަންތަކާ ލައިގަތީ. އަނެއްފަހަރު ދައުލަތުގެ މާލިއްޔާ ހުސްކުރުމުގެ އިސްރާފު ފެށުނީ. ދެން ކޮމެޓީ އާއި ކަމިޝަނާއި ކޯޕަރޭޝަން އުފައްދައި ގެން އެތަންތަނަށް ރީނދޫ އެކްޓިވިސްޓުން ލައިގެން ފައިސާ އިސްރާފުކުރުން ނޫންކަމެއް ނުކުރާނެ.

  10. ފަލަކް

    ދިވެހިރާއްޖޭގެ ފަޑިޔާރުގޭގެ ބޭނުމަކީ ކޮބާތޯ ފަޑިޔާރުގޭގެ ބޭނުންކެޑިއްޖެ