ޕީޖީ ބިޝާމް - ފޮޓޯ: ރައީސް އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

އަބްދުﷲ އަހްމަދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ އަކީ އަލަށް އުފެދުނު ސަރުކާރަށް ތާއިދު ކުރާ މެންބަރެކެވެ. މިހާރު މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އާސަރުކާރަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ބިސާމްގެ އިތުބާރު ނެތް ކަމަށް ފާސް ކުރި ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ބިސާމަށް މިހާރު ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ވަނީ މީގެ ކުރިން ބޮޑެތި ފާޑުކިޔުންތަކެއް ކުރިމަތިކޮށްފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު ބިސާމްގެ ބައެއް ނިންމުންތަކުގެ ސަބަބުން ކުރިން ފާޑުކީ ފަރާތްތަކުގެ ތައުރީފް ވަނީ އެކަމަނާ އަށް ލިބެން ފަށާފައެވެ.

ބިސާމް ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރު އެވެ. އޭނާ އަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ރާއްޖޭގައި ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އެންމެ ބޮޑު އެއް އަނިޔާވެރިޔާ... ހުރިހާ އަނިޔާއެއްގެ މައި އެއްތަނބު.. ވަގުތުން ވަގުތަށް ބޭރުކުރަންޖެހޭ

    • ތީކާކު ބިސާމަށް އިންޒާރުދޭން ފެންވަރުގަހުރޭ ތިނަދޫ ރައްޔިތުންނަ ގައްދާރުވެފަ ގޮނޑިވިއްކާއިގެން ހަރާންލާރި ބަނޑުއަޅައިގން. ތިނަދޫ ރައްޔިތުން މިފަހަރު ކަލޭ ގޮނޑިންބޭރުކުރާނެ. ބިސާމާ އެއްފެންވަރުގެ މީހެއްތަތީ. ކޯންޗެކިޔަވައިގެންހުރިމީހެއް. ވައްވައް ޖައްސަނީ. ރިޝްވަތުން ބަނޑުފުރައިގެން ހަޅޭލަވަނީ. ﷲކަލެއަށް ލަސްތަކެނުވެ ތިކަމުގެ އަދަބުމިންރުކުރައްވާށި.

  2. ބިސާމު ދުރުކުރުމަށް ވަގު ސޯލިހު ކޮމިޝަނެއް އުފައްދައިފި!!

  3. ބިސާމު އަކީ ފިސާރި ކަބަލެހަހާ

  4. އައްދެ އައްދެ މިބުނާ އިސްލާހް ކުރުމަކީ ތިމާމެންނަށް ސަޕޯޓް ކުރާ މީހުން ތަންތަނަށް އިސްކުރުން ބާ؟ އޭރުން އެއޮތީ މިނިވަން ވެފަ. ދެން ހިފާނީ ސްޕްރީމް ކޯޓް އިލެކަޝަން ކޮމިޝަން އެންޓި ކޮރަޕްޝަން ކޮމިޝަން އޮޑިޓަރ ޖެނެރަލް ބަދަލު ކޮށް ރައްލާ ޖެހި އެމްޑީޕީ މީހުން ލުމަށް. އޭރުން އެއޮތީ ގައުމު އިސްލާހް ވެފަ. ދެން މައުމޫން، އިޔާޒް މެން އަތްޖަހާ

  5. މުޙައްމަދު ފިކުރީ

    އިސްތިޢުފާ ދިނުމާއި ނުދިނުމަކީ އެކަމަނާގެ ކަމެއް. ތިބޭޅުން ކުރައްވަން ހުރި ކަންކަން ތިބޭޅުން ކުރައްވާ

  6. ޕްރޮސެކިއުޓަރ ޖެނެރަލް އަށް އިންޒާރުތައް
    ދިނުމާއި މަގާމުން ވަކިކުރާނެކަމުގެ ބިރުދެއްކުމަކީ ވަރަށް ނާތަހުޒީބު އަދި ދަށު
    ދަރަޖައިގެ އަމަލެކެވެ މިބާވަތުގެ ކަންކަން
    މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ

  7. ވަކި ބަޔެއްގެ ނޫނީ ވަކި ކަމެއްގެ މަސްލަތަކެއް ނޫން ޕްރޮސެކިޔުޓް ކުރަން ޖެހޭނީކީ! ދެން ހަމަ އެނެއްކާ ސަރުކާރު ބަދަލު ވާއިރަށް، ސަރުކާރުގެ ތިބޭ ބަޔަކު ހިތް ރުއްސަން ޕްރޮސެކިޔުޓު ކުރެވޭ މީސްމީހުންގެ ކަންކަމާ، އަދި ނުވިތާކަށް ކޯޓު ތަކުން މި އިއްވާ ހުކުމް ތައް ސަރުކާރު ހިތް ރުހޭ ގޮތަށް އިއްވުމަކީ، އެ ކަންކަން ކުރަންތިބު މީހުންގެ މިނިވަން ކަމާ ނަޒާހަތްތެރިކަން ނެތް މިންވަރު ދައްކުވާއިދޭ ކަމެއް!

  8. ފަހުބަސް މިހާރު ބުނާނީ ސުޕްރީމް ކޯޓަކުން ނޫން. ފަހުބަސް ބުނާނީ ރިޝްވަތު މަހުޖަނު. އެހެންވީމާ ބިޝާމް ވެސް އަވަހަށް ތައްޔާރުވޭ.