އައްޑޫ ކޮންވެންޝަން ސެންޓަރުގެ އިމާރާތައް ބަދަލު ގެނެސް، ސަރުކާރުން ބޮޑު ޚަރަދެއްކޮށްގެން މިހާރު ގާތްގަނޑަކަށް ނިމިފައި ހުރި ހޮސްޕިޓަލް އަމިއްލަ ފަރާތަކާއި ހަވާލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ހުށަހަޅައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިހާތަނަށް ސަރުކާރަށް ހުށަހަޅާފައިވާ 34 ކަންތަކުގެ ތެރެއިން އެއް ކަމަކީ މިހާރު ނިމުމަކާއި ގާތްވެފައިވާ ހޮސްޕިޓަލް ޕްރައިވަޓައިސްކޮށް، އައްޑޫގައި އާ ޓާރޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަޝްރޫޢު އަލުން ފެށުމަށެވެ.

ސިޓީ ކައުންސިލުން ބޭނުން ވަނީ އަލަށް އަޅާ ޓާޝަރީ ހޮސްޕިޓަލް ނަޝީދުގެ ވެރިކަން ވެއްޓުމާއި ގުޅިގެން އަންދާލި ޕޮލިސް ޓްރޭނިން ސްކޫލް ހުރި ބިމުގައި އިމާރާތް ކުރާށެވެ.

ހިތަދޫގައި މިހާރު ހިނގަމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އެމްއެންޔޫގެ ފެކަލްސީ އޮފް ހެލްތު ސައިންސެސްގެ ސްކޫލް އޮފް ނަރސިންގ ބަދަލުކުރުމަށް ވެސް ސިޓީ ކައުންސިލުން ވަނީ ސަރުކާރުގައި އެދިފައެވެ.

އައްޑޫގައި ތަރައްޤީ ކުރަމުންދާ ހޮސްޕިޓަލް އަމިއްލަ ފަރާތަކާއި ހަވާލު ކުރަން ކައުންސިލުން ސަރުކާރުގައި އެދުނު އިރު ހޮސްޕިޓަލަށް ބޭނުންވާ އިކްއިޕްމެންޓް ހަރުކުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ.

އައްޑޫ ހޮސްޕިޓަލް ހިންގުމުގެ ޝައުގުވެރިން އިންޑިއާގެ ކުންފުންޏަކުން ފާޅުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެހޮސްޕިޓަލް ހިންގުން އިންޑިއާގެ ކުންފުންޏާއި ހަވާލު ކުރަން ސަރުކާރާއި އިއްޔެ ހަވާލުވެ ވަޑައިގެންނެވި ބޭފުޅުންނާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު މިހާރު ނުރަސްމީ މަޝްވަރާތަކެއް ވެސް ކުރެވިފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް ރަސްމީ ފަރާތަކުން އަދި މިކަން ކަށަވަރު ކޮށެއް ނުދެއެވެ.

އެމްޑީޕީ އަކީ ސަރުކާރުން ހޮސްޕިޓަލްތައް ހިންގުމުގެ ބަދަލުގައި ޕްރައިވަޓައިސް ކޮށްގެން ހޮސްޕިޓަލްތައް ހިންގުމުގެ ސިޔާސަތައް ތާއިދުކުރާ ޕާޓީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ނުރަބޯ

    ހޫނ އެމްޑީޕީގެ ވިއްކާވިއްކާ ކުޅި ފެށުނީ. އަދި މިއުޅެނީ ހުވާކުރިތާ ތިން ހަތްދުވަސް ނުވެގެން ބަލަގަ ތިޔައީ ކަލޭމެން ބުނެގެން ކައުންސިލުން ކުޅޭ ޑްރާމާ ކަން ނޭނގޭބަޔަކުނެތޭ މިތިބަ ރީނދޫ ގަމާރުތަކާ. ދެން އެންމެ އަވަހަށް ނިކުންނާނެ ޚަބަރަކީ، ވެލާނާ އެއަރޕޯޓު ޖީއެމްއާރަށް ދޭން ރައްޔިތުންގެ މަޖްލިހުން ސަރުކާރަށް ލަފާދިންވާހަކަ.....!!! ޚާއިނުންގެ ބައިގަނޑު މިފަހަރު މުޅިގައުމު ވިއްކާލާނެ. މިހުރިހާ ޖަރީމާއެއްގެ ޒިއްމާ އުފުލަންޖެހޭނީ ރިޝްވަތު މަހުޖަނާ މުސްކުޅިބެ އާއި ދެމީހުން.

    • ހުސޭނުބޭ

      އަދި މަޑުކޮށްލާ! ދުވަސްކޮޅަކުން އިވޭނެ ރާއްޖެ ހިންގުން ބަޔަކާ ހަވާލުކުރަން ސަރުކާރަށް ލަފާދިން ވާހަކަވެސް!

    • ނުކިޔަވާމީހުންގެ ސިޓީ އައްޑޫސިޓީ

      ސަރުކާރުގެ ބެލުމުދަށުގަ ތިހޮސްޕިޓަލު ހިންގީމަ ރައްޔިތުމީހާއަށް ބޭސްފަރުވާ ހިލޭކުރެވޭނީ އެހެންވީމަ ތިއުޅެނީ ރައްޔިތުންއަތުން ގިނަލާރިދީގެން ހަރަދުކުރުވާނެގޮތްހަދަން. ބޭރުބަޔަކު ތިހޮސްޕިޓަލުހިންގާނީ ހިލޭސާބަހަށްތަ. އެހެންނޫންނަމަ ހިގާހަރަދާ ފައިދާލާފަ ނޫނީ ވިޔަފާރިއުސޫލުން ހޮސްޕިޓަލެނުހިންގޭނެ. އައްޑޫމީހުން ކޮއްމެގޮތެހަދާފަވެސް ބޭރުމީހުން ގެންނަންޖެހޭނެ. ގުއިދޮންނަންވެސް ބޭރުމީހުންގެނެބަލަ. އައްޑޫމީހުންގެ ވަކިވެގަންނަން ތިހުންނަހިޔާލު ދުވަހަކު ނުފިލާނެ.

  2. ޙަސަން އަލި

    ދެ ބޮޑު ހޮސްޕިޓަލް ހިންގުން ފީސިބްލް އެއްނުވާނެ. އަނެއްކަމަކީ ދެ ހޮސްޕިޓަލް އަޅަންޏާ ހިތަދޫގަ ދެތަންހެދުން އިންސާފުތޯ؟ ނޫނީ މައްސަލައަކީ ތިމާމެން ޖެހި ބޮޑުހުޅުގެ ހަދާން އާކުރަން ޓްރޭނިންގ ސްކޫލް ހުޅުޖެހިތާ މޮނިއުމެންޓް ހޮސްޕިޓަލެއް ހެދުންތަ؟ ކިޔަވާގެން ތިއްބަސް ސިކުޑި ބޭނުން ނުކުރެވޭ ބައެއް ތިބިތަނެއް

    • Toateato

      އިންޑިޔާ އާލާތުންނަށް މިގައުމުގެ ވެލިފުކެއްދީފިނަމަވެސް ކުޅިވަރު ދައްކާލާނަމު. ކަލޭމެން އެކަން ކުރީމަ އަހަރުމެން އެކްޝަން ނަގާނީ. ހީވެސް ނުކުރާކަހަލަ ކަންތައް ހިންގާލާނެ ކަން ދަންނާތި.

  3. ތޯތާ

    ރަތްޔިތުން ވޯޓްލައިގެން ކައުންސިލް މެމްބަރުކަން ދެނީ ރަތްޔިތުންގެ ތަރިކަ އެހެންބަޔަކަށް ހަވާޅުކުރަން ސަރުކާރަށް ހުށަހަލާކަށްނޫ

  4. ހުސޭނު

    މޑޕ ހާޑްކޯ ކައުންސިލުން ކިތަންމެ ރ.ޔާމިން
    ދެކެރުޅި އަޔަސް ތި އައްޑޫއައް މިދިޔަ 5 އަހަރު ހޭދަކުރިވަރާ ގާތައްވެސް އެހެން ދައުރެއްގެ ކަމެއްކޮއްދީފަކާ ނޯންނާނެ. ހޮސްޕިޓަލާ އެއްކޮއް މުޅި އައްޑޫ އިންޑިޔާއައް ވިއްކާލުން މާބުއްދިވެރިވެފަ ބާކީ ހުރިރައްތައް ތަރައްގީކުރަން ޢުޅުންމާ ބުއްދިވެރި.

  5. ހުސޭނު

    އެމްޑީޕީ އަކީ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމުގެ ބަދަލުގާ ޕްރައިވަޓައިޒް ކޮއްގެން ހިންގަން ބޭނުންވާ ބަޔެއްކަމައް ވަންޔާ މިހާރު އައްޑޫގަ ތިނިމޭ ހޮސްޕިޓަލް އިންޑިޔާއައްދީފަ ދެން އަނެއްކާ އިތުރު ހޮސްޕިޓަލެއް އައްޑޫގަ އަޅައިދޭން ކައުންސިލުން ސަރުކާރުގަ އެދެނީ ކީއްކުރަންބާ؟

  6. އަބޯ

    އައްޑޫ އަކު ދެ ހޮސްޕިޓަލެއް ނުހިންގޭނެ . އަނެއް ބޭޢކާރު ހަރަދު ކުރަންރޭވީދޯ ކޮންވެންސަން ސެންޓަރުގެ ބޭކާރުކަން ކަނޑުވާލީމަ އަނެއްކާ އަނެއް ބޭކާރު ހަރަދު ކުރުވަންރޭވިޔަކަސް ސަރުކާރުން އައްޑުގަ އިތުރުހޮސްޕިޓަލެއް ހެދުމަކީ ފައިސާ އިސްރާފު ކުރުމެއް.

  7. ކިޔުންތެރި

    ތިހޮސްޕިޓަލް ކައުންސިލުން ހިންގިޔާ ކީއްތޯވާަނީި

  8. ގޫރާވަޅި

    އިންޑިޔާއަށް ވިއްކާލާ ކުޅިފެށުނީ!

  9. އައްޑޫމީހެއް

    އައްޑޫމީހުންޖެހޭނީ ބަލަންތިބެން އަހަރުމެން އެމްޑީޕީން ބޭނުންގޮތެއް ހަދާނީ

  10. ޙައްގުބަސް

    އިންޑިޔާއިން އައްޑޫގެ ތަންތަން ހިފާ އެތަނަށް ވެރިވެގަތުމުގެ ޕްލޭންގެ ތެރެއިން ކުރަން އުޅޭކަމެއްތީ!! ތިކަން ތިގޮތަށް ނުކުރަން ސަރުކާރަށް ގޮވާލަން!! އައްޑޫ ސިޓީގައި ނިމޭ ފެންވަރު ރަގަނޅު ޓާޝަރީ ހޮސްޕިޓަލް ސަރުކާރުން ހިންގަން ގޮވާލަން!!

  11. ޙައްގުބަސް

    އިންޑިޔާއިން އައްޑޫގެ ތަންތަން ހިފާ އެތަނަށް ވެރިވެގަތުމުގެ ޕްލޭންގެ ތެރެއިން ކުރަން އުޅޭކަމެއްތީ!! ތިކަން ތިގޮތަށް ނުކުރަން ސަރުކާރަށް ގޮވާލަން!! އައްޑޫ ސިޓީގައި ނިމޭ ފެންވަރު ރަގަނޅު ޓާޝަރީ ހޮސްޕިޓަލް ސަރުކާރުން ހިންގަން ގޮވާލަން!! މިރާއްޖޭގައި ދެ ހެލިކޮޕްޓަރާއެކު ތިބި އިންޑިޔާގެ 49 ސިފައިން ދާން އެންގީމާވެސް ނުގޮސް ތިބީ އިންތިޚާބަށްވާގޮތް ބަލަން!! މިހާރު އިބޫވެރިަކަމާ ޙަވާލުވެ އިބޫގެ ޑިފެންސް މިނިސްޓަރު އެނިންމީ އެމީހުން މިރާއްޖޭގައި ބައިތިއްބަން!! މިއީ ވަރަށް ފުންކޮށް ވިސްނަންޖެހޭކަމެއް!! ގައުމުގެ މިނިވަންކަމާއި އަމިއްލަ ބާރު ގެއްލޭގޮތަށް އެއްވެސް ބަޔަކު މަސައްކަތް ކޮށްގެން ނުވާނެ!! އިންޑިޔާގެ ބޭނުން ވަރަށްސާފު!!

  12. ޢިޔާބު

    ސަރުކާރަށް ނޮހޮރުއްޕާން ކުރާ ކައުންސިލެއްަތަމީ.

  13. عبدالله

    އެއްވެސް ދިރާސާއެއް ހެދުމުގެ ޤާބިލުކަމެއްނެތަސް، ފުށްފުށަށް ފުރޮޅައި ބެލުމުގެ ފުރުޞަތުނުލިބުނަސް، މަތިންމަތިން ކުޑަކުޑަކޮށް ބަލައި އެއްޗެއް ބުންޏަސް، ތިޔަކަމަކީ، ރަނގަޅުކަމެއް ކަމަށް ބުނެވިދާނެއެވެ.

  14. ރަނގަބީލު

    ޢިންޑިޔާ އަށް ކޮންމެވެސް ތަނެއް ދީގެން އިންޑިޔާ ހިތް ހަމަ ޖައްސާލަން އެބަ ޖެހޭ.އެއީ މާކުރިން ރޭވި ނިމިފަ އޮތް ކަމެއް.މި ބައިގަނޑު މިއުޅެނީ އިންޑިޔާ އަތުްން ލާރި ގަނޑެއް ނަގައިގެން.

  15. ބާރީ

    އެއުޅެނީ އެތަން ވިއްކާލައިގެންވެސް ޖީބަށް ބައެއް މަޅާލަން. އަނެއްކާ އާ ތަނެއް އަޅައިގެންވެސް ޖީބަށް މަޅާލަން. ހަގީގީ ބަގިން މި ތިބީ ސަރުކާރު ތެރެއަށް ވަދެ. ކޯލިޝަން 3 ޕާޓުނަރުންނަށް ގޮވާލަން މި ކަމަށް ފުރްސަތު ނުދެއްވުމަށް އެބައި މީހުނަށް. އައްޑުއަކަށް 2 ހޮސްޕިޓަލެއް ބޭނުމެއް ނުވޭ.

  16. ކަލޯ

    ތިޔަ ކައުންސިލްވެސް ޕްރައިވެޓައިޒް ކޮއް އިންޑިއާ ކުންފުންޏެއްކަމައްވާ ޓާޓާ އާއި ހަވާލް ކުރަން ފެނޭ ނޫންތޭ!

  17. ޙާމުދުރު

    ހޮސްޕިޓަލްގެ ގޭޓްގަ އޮނަނީ ކަރުގަ މާފަތި އަޅުވާފަ ގެރިކަލާންގެ. ދެންއައްޑޫ ކުދިން ހޮސްޕިޓަލައް ވަންނަމުން ކިޔާނެ ނަމަސްތޭ.. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ..

  18. ނަފީލާ

    ތިޔައީ ރޭވުމެއްގެމަތިން ހިންގާ ޖަރީމާއެއް!