ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކަންދަރު ކޮށީގައި ފުލުހުންގެ އިސްވެރިންނާ މިރޭ ބައްދަލުކުރައްވައިފި އެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އެގްޒެކެޓިވް ބޯޑާއި ހޯމް މިނިސްޓަރު ބައްދަލު ކުރެއްވި ކަމަށެވެ. ފުލުހުންގެ އެގްޒެކެޓިވް ބޯޑުގައި ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދުގެ އިތުރުން ދެން ތިއްބަވަނީ ފުލުހުންގެ އިސް އޮފިސަރުންނެވެ.

ބައްދަލުވުމުގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ޤާނޫނު ތަންފީޒު ކުރުމުގެ އެންމެ މުހިންމު އިދާރާ ކަމަށްވާ ފުލުހުންގެ އިދާރާ ހިންގަވާ ވަޒީރެއްގެ ގޮތުގައި އިމްރާން ހުންނެވި އިރު އިމްރާން ވަޒީރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަމްބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެހުކުމެއް ތަންފީޒުކޮށް ނިމުނުތާ، އެޙުކުމުން ކަނޑައެޅުނު އަދަބު މަޢާފް ކުރެވުނުތާ ތިން އަހަރު ނުވާ މީހަކަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުކަން ނުކުރެވޭނެ ކަމަށެވެ.

އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ޙުކުމް މިހާތަނަށް ސުޕރީމް ކޯޓުން ބާޠިލްކޮށްފައެއް ނުވެއެވެ. އިމްރާން ޖަލުން މިނިވަން ވެފައި ވަނީ އިމްރާންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ކޯޓުން އަމުރު ކުރުމުންނެވެ.

ވަޒީރު ކަމުގެ ޝަރުތު ހަމަނުވާތީ އިމްރާން މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އިމްރާންގެ ކިބައިގައި ވަޒީރެއްގެ ކިބައިގައި ހުރުން ލާޒިމް ސިފަތައް ނެތް މައްސަލައިގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މަގާމުގެ ޝަރުތު ހަމަނުވާތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ބެހޭ ގޮތުން މިނިސްޓަރ އިމްރާން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރިޔާ

    އިމްރާން މިނިސްޓަރެއް ކަމަކައް ގަބޫލްކުރަން

  2. ސަމޕަތު

    ޢިމްރާން ހުއްޓަސް އިންސާފުން ކަންކުރަންވާނީ.. ނޫނީ ފަނިވާނެ.

  3. ާއލ

    ޙަމަ ހިނި އަންނަނީ. މިއީ މިގަރުނުގެވެސް ބޮޑު ޖޯކު.

  4. އަހުމަދު

    މަރުހަބާ ޝޭއިކް

  5. عبدالله

    މިރާއްޖޭގައި ޚިޔާލު ފާޅުކުރުމަށް ލިބިދޭ މިނިވަންކަމުގެ ތެރޭގައި ތިޔަހުރިހާ ވާހަކަތަކެއް ދެއްކޭނެއެވެ. އަދި ތިޔަހުރިހާ ވާހަކަތަކެއްގެ ޙައްލު ބުނެދެވޭނެއެވެ. މީގެކުރިން ޢުމުރުގެ މައްސަލަ ނޫސްތަކުގެ ފަލަސުރުޚީގައި ބާރުސްޕީޑެއްގައި ހިނގަމުން ގޮސްފައިވާއިރު، އަދި އެކަންކަމުގެ ޤާނޫނީ ޙައްލު މިހާރު ލިބިފައިވާއިރު، ޢުމުރުގެ މައްސަލާގައި މަޖިލީހުގެ ރައީސްގެ މަޤާމު ނުގެއްލޭއިރު، ރޯނު އެނދުރުންނަކީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އުޅޭ ބަޔެކެވެ.

  6. ނޫރާ

    ގާނޫނާ ޚިލާފަށް މިނިސްޓަރުކަން ދީފަހުރިމީހަކު ޝަހުޝު އޮޅުވާލައިގެން މީހުންނާ ބައްދަލުކުރުމަކީ ބޮޑު ކުށެއް...ދެންވީ ޔޫސުފުގެފާނޭ ކިޔާފަ ދޫކޮށްލަން!!

  7. ލަބީބު

    ހުރިހާ ވެރިކަމަކާދެކޮޅަށް ފުރަތަމަ ނުކުންނަމީހާ އަނގަބަންދުކޮށްފަ ތިހުރީ!

  8. ނަޖްވާ

    އަނހާ މީދެން ކާކުހޭ ހޯމް މިނިސްޓަަރު ކަން ކުރަން!

  9. ހުސޭނުބޭ

    އޭތް އިމްރާން! ބަންދުން ދޫކޮށްލި ފަހުން އިއްދަ ހަމަވެއްޖެތަ!