އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. ޤާނޫނީ ދާއިރާ އިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ސިޔާސީ ތަޖުރިބާކާރެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވައިފިއެވެ. އޭނާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޤާނޫނީ ވަކީލެވެ. ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގާމު އަދާކުރެއްވެވި ފުރަތަމަ އަންހެން ބޭފުޅަކީ ވެސް މާރިޔާ އެވެ. މާރިޔާ ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމު ފުރުއްވާފައެވެ.

ނަމަވެސް ޑިފެންސް މިނިސްޓަރު ކަމަށް މާރިޔާ އައްޔަން ކުރެއްވުމުން އެތައް ބަޔަކު އެކަމާ ކަންބޮޑުވެއެވެ. އެންމެ ބޮޑު މައްސަލައަކީ ސިފައިންނާއި ބެހޭ ގޮތުން މާރިޔާ މީގެ ކުރިން ދައްކަވާފައިވާ ވާހަކަފުޅުތަކެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ހއ.ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި މާރިޔާ ވިދާޅުވީ ދިވެހި ސިފައިންނަކީ ފިނޑި ބައެއް ކަމަށެވެ. ރާއްޖެއަށް 3 ނޮވެމްބަރު 1988 ގައި ދިމާވި ބޮޑު އުދުވާނުން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ސިފައިން ވެފައިވާ ގުރުބާނީއަށް މާރިޔާ އެރޭ ހަޖޫ ޖެއްސެވިއެވެ.

ދިއްދޫ ޖަލްސާގައި ވާހަކަދައްކަވަމުން ސިފައިންނަކީ "ފިނދަނަތަކެއް" ކަމަށް ސިފަކޮށް މާރިޔާ ވިދާޅުވީ 3 ނޮވެމްބަރު 1988 ގައި ތިރީހަކަށް ތަމަޅައިން އައީމަ އެމީހުންނަކީ ހަތިޔާރު އަޅައިގެން ތިބި ބަޔެކޭ ކިޔާފައި ދިވެހި ސިފައިން ފިލާފައިވާ ކަމަށެވެ. ސިފައިންނަށް މިގައުމު ސަލާމަތްކުރުމަށް ނުކުޅެދުނު ކަމަށާއި ރާއްޖެ ސަލާމަތްކުރަން އަންނަން ޖެހުނީ އިންޑިއާ ސިފައިން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ތިބޭފުޅުން ފޭލްވެއްޖެ. ތީ ފިނޑި ބައެއްކަން ދައްކައިފި. ހަތިޔާރުތަކެއް ހިފައިގެން ބަޔަކު އަންނަންޏާ ފިދަނަތަކެއްހެން ތިބެނީ ފިލާ." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އެހެން ވިދާޅުވި ނަމަވެސް ހަޤީޤަތަކީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާ އިން ރާއްޖެ ސަލާމަތް ކުރީ ދިވެހި ސިފައިންނެވެ. އެހަމަލާ އިން ރާއްޖެ ސަލާމަތް ކުރަން އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދުގައި ބޭނުން ކުރި އެންމެ ވަޒަނެއް ވެސް ނޯންނާނެއެވެ. އިންޑިއާ ސިފައިން ރާއްޖެ އައީ ހަތިޔާރު އެޅި މީހުން ބިރުން ފިލައިގެން ރާއްޖެ ދޫކޮށް ދާން ގާދޫކޮލުން ބޯޓު ނައްޓާލި ވަގުތު އެވެ.

1988 ވަނަ އަހަރުގެ ހާދިސާ އާއި ގުޅޭ ގޮތުން މިއަދުވެސް އަސްކަރީ އެތައް ޔުނިވަސިޓީއެއްގައި ވާހަކަދެކެވި ދިރާސާތައް ކުރެވެމުން ދެއެވެ. ނަމަވެސް އެއްވެސް ދިރާސާއެއްގައި އެއީ ދިވެހި ސިފައިން ބިރުން ފަހަތައް ޖެހުނު ހާދިސާއެއް ކަމަށް ބުނެފައެއް ނުވެއެވެ. ގިނަ ދިރާސާތަކުގައި ފާހަގަ ކޮށްފައި ވަނީ ދިވެހި ސިފައިން ހަޤީޤަތުގައި މާވަރުގަދަ އަށް ހިތްވަރުކޮށް، ބައެއް ފަހަރު ބޮޑެތި ނުރައްކާތަކަށް އަމިއްލަ އަށް ހުށަހެޅުނު ކަމެވެ. ހަތިޔާރު އަޅައިގެން ތިބި ބައެއްގެ ކުރިމައްޗަށް ސިފައިންގެއިން ނިކުތުމާއި މިއަދުވެސް ބައެއް މީހުން ބަހުސްކުރެއެވެ. އެއީ ފިނޑިވެގެން ކުރި ކަމެއް ނޫނެވެ. އެއީ ހިތްވަރުގަދަ ކަމުގެ ލާމަސީލް މިސާލެކެވެ.

ދިއްދޫ ޖަލްސާ އަށް ފަހު ޖެހިގެން އައި ރޭ ކުޅުދުއްފުށީގައި ވެސް ސިފައިންނަށް ފާޑުވިދާޅުވެ މާރިޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް މިއަދު އެކަމަނާ އަކީ އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރެވެ. ރާއްޖޭގެ ތާރީޚުން ވެސް އެނގެން އޮތް ކަމަކީ ސިފައިންނާއި ހަވާލުވެ ހުންނަވާ މިނިސްޓަރު ވާން ޖެހޭނީ ސިފައިންގެ މައްޗަށް ކޮންޓްރޯލް ހިންގޭ ވަރުގެ މިނިސްޓަރަކަށެވެ. ދޯދިޔާ ސިޔާސީ ވިސްނުމަށް ޖާގަ ދެއްވާ މިނިސްޓަރަކަށް އެމިނިސްޓަރަކު ވެއްޖެނަމަ ސިފައިންގެ މުއައްސަސާ ސިޔާސީ ތަނަކަށް ބަދަލުވެ، ސަރުކާރުގެ ކޮންޓްރޯލް ގެއްލިގެން ދިއުން ގާތެވެ.

އެމްޑީޕީ އިން 2009 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ޑިފެންސް މިނިސްޓްރީ ހަވާލު ކުރި ބޭފުޅުންގެ ކިބައިން ފެނުނު ނާގާބިލް ކަމަކީ އެމްޑީޕީގެ ސަރުކާރު ފެއިލްވެ، ސަރުކާރު ވެއްޓެން މެދުވެރިވި އެއް ސަބަބެވެ.

މާރިޔާ އަކީ މިހާތަނަށް އެކަމަނާ ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ސަބަބުން ސިފައިންގެ މެދުގައި މަގުބޫލް ބޭކަނބަލަކަށް ނުވާނެކަން ޔަގީނެވެ. އެހެންކަމުން މާރިޔާ އަށް އެކަމަނާ ބޭނުންފުޅުވާ ގޮތައް، އެކަމަނާގެ ޑިކްޝަނަރީގައި އޮތް ގޮތައް ސިފައިންނަކީ ކެރޭ، މުރާލި، ޖެލިހުންކުޑަ، ބިރުކުޑަ ބަޔަކަށް ހެދުމަށް ލިބިވަޑައިގަތުން އެއީ ދުރުކަމެކެވެ.

ސުވާލަކީ ކައްޗަށް އެޅި ބިންގަލެއް ކެއްޗާއި ހަމައަށް ދިޔަ ނަމަވެސް ހުންނާނީ ކައްޗަށް ކަމަށް ބުނާތީ މާރިޔާގެ ބިންގާ މަތީގައި ސިފައިންގެ މުއައްސަސާ ސީދަލަށް ކޮޅަށް ހުރެދާނެ ހެއްޔެވެ؟ ސިފައިންނަށް ތަފާތު އެކި ފޯރަމްތަކުގައި މަލާމާތް ރައްދު ކުރަމުން ގެންދެވި ބޭކަނބަލަކަށް ސިފައިންގެ މުއައްސަސާ އެންމެ ރަނގަޅަށް ހިންގި ދާނެ ހެއްޔެވެ؟ ދިވެހި ތާރީޚްގައި ސިފައިންވި އެންމެ ބޮޑު ޤުރުބާނީގެ އަގު ވަޒަންކުރަން އެނގިވަޑައިނުގަންނަވާ ބޭކަނބަލަކަށް ސިފައިންގެ އިޙްތިރާމް ލިބިދާނެ ހެއްޔެވެ؟

ސިޔާސީ ޖަޒްބާތުގައި ނަމަވެސް މާރިޔާ މީގެ ކުރިން ސިފައިންނާއި ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުތައް އެކަމަނާ މިއަދު އަނބުރާ ގެންދަވަން އެބަޖެހެއެވެ. އެހެން ނޫންނަމަ ސިފައިންގެ މުއައްސަސާ ހިންގުމުގައި މީގެ ކުރިން އެމްޑީޕީ ފެއިލްވި ގޮތައް އަދިވެސް ފެއިލް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ނަޖްވާ

    ދެން ކޮން އޭނަ ބުނި މީނަ ބުންޏޭ ކިޔައިގެން ދޭތެރޭ ޖެހޭ ޒާތުގެ ވާހަކައެއް ދައްކާކަށްތަ؟ ދިވެހިންގެ ވިސްނުން ހުރި ގޮތުން ތަރައްޤީ ވެފައިވާ ޤައުމުތަކުގައި ކަން ކުރާ ގޮތަކަށް ދިވެހިންނަކަށް އަދިވެސް ކަންކަން ކުރާކަށް ދަހެއް ނުވޭ! ރައީސް ހުވާ ކުރެއްވި ޖަލްސާގަވެސް، އެއޮތް ހާ ބޭރުގެ އިއްޒަތްތެރިންގެ ހާޒިރުގަ، ރައްޔިތުގެ މަޖްލިހުގެ މެމްބަރުން އަޑުގެ ނެތް ތަނަށް އޭ މޮހަންމަދާ އޯ ކިޔާފަ ގޮވާ ހަޅޭއްލަވާ އުޅޭ ގޮތުން ލަދުން ބޯ ހަލާކުވޭ!

  2. މާކަނާ ކަލޯ

    ތިޔަބިންގަލުގެ މަތީގައި އަދި އިންޑިއާއިން ރާއްޖޭގެ ހުރިހާ ދިމާލަކަށް އަތްގަދަ ކުރާނެ. ރައީސް ޔާމީން ކުރެއްވި ހުރިހާ މަސައްކަތެއް ފެނަށް ދުއްވާލާނެ ތިމީހުން. ތިއޮތީވާ ކެބިނެޓެއް.

  3. ބަމަރސް

    އިބޫ ރައީސަކަށްވީމާ އެކަކުވެސް ހައިރާނެއްނުވޭ. ހީވަނީ ބޭބީޑޯލް އެއްހެން އުޅޭގޮތުން.. ޔާމީނަކީ ޝަޚްސިއްޔަތަކީ ދެން ނެތް ތިތާގަ އެއްވެސް ބައެއް

    • އަލީީމް

      ސަހުސިއްޔަތު ހިފައިގެން ދިޔައިރު މުޅިގައުމު ކޮރަޕްޝަންގެ ހާއްޔަކައް ހަދާ ދައުލަތައްލިބޭ ހުރިހާ ލާރިއެއް ކައިރީގަ އެނބުރޭމީހުންނައް ބަހާހުސްކޮއްފި

      • ހައިސިންތު

        ތިއީ ތެދެއްކަމަށްވަންޏާ ކޮންމެ އަތޮޅަކަށް ބިލިޔަނުން ބިލިޔަނުން ޚަރަދުކުރެވޭނެ ގޮތެއް ނޯންނާނެ! ދައުލަތުގެ ލާރި ކައި އަވަދުކުރި މީހުންނަށް 3 އަހަރުގެ ސަރުކާރެއްގައި ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް! މިހާރުގެ ސަރުކާރުގައި ހިންގާނެ މަޝްރޫޢެއް ނެތްއިރުވެސް އިތުރު 3.9 ބިލިއަން ރުފިޔާ! އެއީ ޕާޓީކުދިންނަށް ބަހާނޗ ހުރި ފައިސާ!

      • ދިވެހި ދަރިއެއް

        ޔާމީން އޭ ބުނާއިރު ކޮށްދިން ކޮންކަމެއްގެ ވާހަކަތޯ. ދިވެހި ރައްޔިތުން ހީވީ ރައީސް ހުވާގެ ރަސްމިއްޔާތުގައި ވެސް ނުކެރުނު ބައިވެރިވާ ކަށް އެހެން ތާ ވާނީ ނުހައްގުން ޖަލަށް ލީ މީހުނާއި ގުޅުން ކަނޑާލި އަވަށްޓެރި އިންޑިއާގެ ރައީސް ވިއްޔާ ޖަލްސާ ގާ ތިއްބެވީ.

        • ޢަހަންމާ

          ނުހައްގުން މީހުން ރަހީނު ކުރީ އެމްޑީޕީ ސަރުކާރުގަ. ކޮރަޕްޝަން ވެސް ބޮޑު ވީ އެމްޑީޕީ ސަރުކާރުގަ. ބުނެބަލަ ކޮށްދެވުނު ކަމެއް. އޯކޭ ޔާމީން ލާރި ކެޔޯލަ. އެކަމް ތަރަޤީ ހަމަ ހަބޭސް. ހަޤީގަތް ނޭގޭ ވާހަކަ ނުދައްކާ ދީނުގަ ހުކުން ކުރަނީ ޤާޒީން .. ވާގޮތް ބަލަން ތިބޭ

          • ނޮކްސް

            ނުރޮއި ހުއްޓާލާ. ޢިބޫ ވަރެއްހަމަނެތް. ޡކުރިއަށްއޮތް 20 ވަރަކަށް ދުވަސްތެރޭ ގަޓު ރައީސް ދަވާލި ކުންފުނިތަކުގެ ބާބު ފެށޭނެ. ފަޅުތަކާ ރަށްތައް ދިން މީސްމީހުން ހޯދޭނެ. ވެރިޔާ ހެޔޮފުޅުކަމުން ގޮނޑިންފާބާއިރު އެންމެ ލޯ ލާރިއެއް ބައިތުލް މާލާ އެއާ ގުޅިފަހުރި ތާކު ނޯންނާނެ. ޢެހެން ރައީސުން އަރާ އެކަނި އުޅެގެން ވާކަރަޕްސަނަށްވުރެ މިފަހަރު އަނބިމީހާއާ ދެމީހުން ކޭމަ ހުންނާނީ އެއްޗެއް ކެވިފަތާ.

  4. ނޯވަން

    ބޯގެރި މާރިޔާ ވާނީ ކޮންކަމެއް، ހަމަ ފެއިލްވުން ނޫން އެހެންކަމެއް ނުވާނެ

  5. ދިއްދޫ

    ޤާނޫނު އަސާސީއަށް ފައިން އެރި ވާހަކަވެސް ލިޔެލިނަމަ!

  6. މަ

    އަންހެން ބޭފުޅަކަށް ވީމަ ތޯ ތިހާ ބާރު ކުރައްވަނީ! އެއޮތީ ދީފަ! އެދުވަހު ކުރީ އަނިޔާ މިއަދު އިސްވެރިޔާ! ހިތި ރަގަ އަރު ތެރޭ ލައިފިތާ ވަގުތު! ?

    • ހހހހހ

      އެއްގޮތަކަށްވެސް އަންހެން ބޭފުޅަކަށް ވީމަ ނޫން އިނގޭތޯ!?

    • ނާބިތް

      ހަހަ، އަންހެނަކަށް ވީމައެއް ނޫން. ފިރިހެނަކަށް ވިޔަސް، ޤާބިލް ކަމެއް ނެތިއްޔާ ފާޑުކިޔޭނެ. އަހަރުމެން ހާސް އެއް ނުވެޔޭ، ސަރުކާރު ގޯސްނަމަ، 2012 އަލުން ގެންނާނީ!

  7. Anonymous

    މިކަހަކލަ ބޭކަބަލުން ގިނަވެގެން މިގައުމުހަލާކުވަނީ

  8. އަޙްމަދު

    ބޮޑު ތަނުން ކަތިފިޔަވަޅެއް. މީގެ މައްސަލައަކީ ތިމާ އައި ނުގުޅެ ދާއިރާއެއްކަން އެނގޭއިރުވެސް ފޫގަޅައިގެން ނުކުމެ އުޅުން. ތިމާ ކިޔަވާއިގެން ނުވަތަ ތިމާ އާއި ގުޅޭ ދާއިރާއަކުން ކުރިޔަށް ދިޔުން ބުއްދިވެރި. ހަމަ މިނިސްޓަރުކަން ބޭނުން ވެގެން ކޮންމެ ތަނަކާ ޙަވާލު ވިމާ އޯކޭ އެއްނޫން. މާރިޔާއަކީ ސަލާމަތީ ބާރުތަކަށް ލިބުނު ފޫނުބެދޭވަރުގެ ގެއްލުމެއް.

  9. Anonymous

    މާރިޔާ އިސްތިއުފާ

  10. ދޮށީ ސޮރު

    އެކަމަނާ އެމަޤާމަށް ހަމަޖެއްސެވީ ފިނދަނަތައް ސިންގާތަކަކަށް ބަދަލުކުރަށްވާ މިޤައުމު، މުސްލިމުންގެ ކިބައިން މިނިވަންކޮށް ފަރަންޖީ ޖަޒީރާއަކަށް ބަދަލުކޮށްލެއްވުމަށް ކަމަށް އަޅުގަނޑަށް ވަރަށްބޮޑަށް ޤަބޫލްކުރެވޭ ވަﷲ އަޢުލަމް.

  11. ޒާ

    ތިޔަށްވުރެން ކުޑަ ކަމެއްތޯ ދިވެހިދައުލަތުގެ ކަރާމަތާއި ޤާނޫނު އަސާސީ ދަމަހައްޓަން ހުވާކުރިއިރު މަޖިލީސްތެރޭގައި ޤާނޫނު އަސާސީއަށް ކޮޅަށްއެރުން. މިފަދަ މީހުން އެފަދަ މަޤާމަކަށް ލީމާ ކޮބައިތޯ ދިވެހިދައުލަތުގެ އަބުރާއި ޢިއްޒަތް؟

  12. މެޑަމް އައިސަ

    ތަޅާނެ ކުދިން ކޮޅެއް

  13. މޮޔަމީހާ

    ވަގުތު ކުދިންނަށް ހާދަ އަސަރެއްކުރެއޭދޯ

  14. ނޫރާ

    ފުރަތަމަ ވެރިކަމަށް ހޮވުނީވެސް ވަގުވޯޓުން މަކަރާއި ހީލަތް ހަދައިގެން މުޅި އެތި ކައްޗަށް ބާއްވައިގެން..ދެން މާރިޔާ އަކީ އަބަދުވެސް ކަތިވެފަ ހުންނަ އެއްޗެއް.

  15. ހަގީގަތް

    މާރިޔާ ބުނީ ތެދެއް! 3 ނޮވެމްބަރުގައި ޑިއުޓީ އަށް ނިކުތް ކޮންމެ ސިފައިނަކަށް އެނގޭނެ ގިނަ ސިފައިން ބިރުން ފިލަީ ކަން. ޢޭރު ސިފައިންނަށް އެންމެ އެދެވޭ ތަމްރީނެއް ދެވިފައެއް ނުވޭ. ޢެންމެ ފުރަތަމަ ކަމަކަށް ސަހީދު ހުސެން އާދަމް ހުރި ޕޯސްޓް އަށް ވިސްނާލާ. ދުށްމަނުންގެ ހަމަލާ ތަކަށް ހާމައަށް ނިވާ ނެގޭނެ ގޮތެއް ނެތި.
    ގަބޫލު ކުރަން ޖެހޭ ކަމަކީ ފާޑު ކިޔުމަކީ ކުރިއެރުން ކަން!

  16. ޙޫން

    ކުރިއަރާނީ ފާޑު ކިޔައިގެން. މީ ވަރަށް ވާހަކަ.

  17. ޖ

    ރާއްޖެހަލާކުގެ ތެރެއައްވެއްޓެން މިއުޅެނީ ބަލަންތިބޭތި ހުރިހާދިވެހިން

  18. ޢައިޝާ

    ޣާޒީންނާއި ޣައްދާރުން ވަކިކުރަން ނޭގޭމީހަކަށް ރާއްޖޭގެ ދިފެންސް މިނިސްޓްރީ ހިންގޭނެ ކަމާމެދު ޝައްކު. ކުރިންވެސް އެކަހަލަ މީހަކު ބަހައްޓައިގެން އޮތީ އަތަށް ގޮވާފާ.

  19. ބޮޑިބަތް

    ފިދަނަ ތަކެއް ކަމެއް ނޭގެ މީން ކޮންމެ މީހެއްގެ ބޮޑީ ގާރޑް އަކަށް އެމީހުން ލާގެން ތިބޭ އިރަކު..

  20. ބަރުގޮނު

    ވަގުތު ގައި ގެންނަވާފައިވާ ޚަބަރުތަކަކާ ވާހަކަތަކަކީ ޙަޤީޤަތްކަމަށް ވާއިރު ، މަޖްލިސް ގެ ތަޅުމުގައި ހުންނަވާފައި އެންމެންނަށް ފެނިދެނިވެ އެގޭގޮތަށް ޤާނޫނު އަސާސީ "ފައިދަށުލެއްވުމަކީ" ދަށުދަރަޖައިގެ ޢަމަލެއް. ޤާނޫނު ކިޔަވާވިދާޅުވެގެން ހުންނެވިއެއް ކަމަކު ޤާނޫނު ގެ ރޮގުގައި "ޖާހިލެއް" ކަމުގެ އަލިގަދަ ހެތްކެއް. މިއަދު ގެ ތިޔަ މަޤާމަށް ޓަކައި މިހުރިހާ ކަމަކަށް އެންމެންނަށް ފެނިދެނި އެގޭގޮތަށް މަޢާފަށް އެދިވަޑައި ނުގެންފިނަމަ މާނައަކީ މިނިސްޓަރ މިއަދުވެސް ޤާނޫނު އަސާސީ ފައިދަށަށް ލައްވާފާނެޔޭ މިނިސްޓަރ ގެ މުއައްސަސާ ގެ ހިތްވަރުގަދަ ސިފައިންނަށް ކަނަށް ގޮވާ ފިޑިންނަށް ގޮވާ އެބޭފުޅުންނަށް ޖޯކް ޖައްސަވާފާނެޔޭ...

  21. ސިފައިންގެމީހާ

    އޭ ކޮންމެހެން ދޭތެރެޖައްސައިގެން ޔަމީނުގެ ވަގު އެޖެންޑާ ސިފައިންގެޔަސް ވައްދަނެ ކަމެއްނެތް. އެތަން ވެސް އެހެރީ ދޮންނަންވެފަ. ދޮންނާނަން. އެހެންވެ އުސްތާޛާ މާރިޔާ އެހުރި އެތަނާހަވާލުކޮށްފަ. ކުރިޔަށް އޮތް މަދު ދުވަސްތަކުގެ ތެރޭގަ މިހަރު ސިފައިންގެ މަތިފަޑީގެ އެންމެން ވަޒީފާއިން ވަކިކުރާނަން ، އަދި ވަކިކޮށްފަ ދޫކޮށެއްވެސްނުލާނަން. މީ ހަވަރުގެ ވެރިކަމެއް ހަވަރު ބުނާގޮތަށް ހަވަރުގެ ރައީސް އިބޫ ހައްދަވަނެ. އެހެންނޫނީ ދިވެހި ހަވަރުގެ ބޭނުމެއްނެތް. މީ ވަރަށްވާހަކ. މީގެ ތަރުކަނާ އެގޭނީ ހަމައެކަނި އަހަރެމެން ސައިލެންޓް މެޖޯރިޓީ އަށް

  22. ޑެލްބޯއި

    ފިނޑިކަން ކަނޑުވަން ހަވާލުވެ އެހުރީ!! ޕްރޮފެޝަނަލް ބަޔަކަށް ހެދޭތޯ ބެލުމަށް ހަވާލުވެ އެހުރީ!!! ބަޤާވާތް ކުރާބަޔަކަށް ނުވުމަށް ހަވާލުވެ އެހުރީ!!! ތަނެއް ރަގަޅު ކުރެވޭނީ ކުރިޓިކަލްކޮށް ވާހަކަ ދައްކައިގެން އަބަދު ހިތް ރުއްސަން ކުޑަކުދިންނަށް މެޓާ ދޭ އުސޫލުން ކަން ކުރަން ހުއްޓަން ވެއްޖެ. އެވިސްނުން ނިމުމަކަށް ގެންނަންވެއްޖެ. އެއީ ދިވެހިންގެ ބަލިފައިކަން ދަންނަންވެއްޖެ.މިހެން ބުންޏަސް މާރިޔާ އެމަގާމަކަށް ކަމަކު ނުދޭ އެކަމަކު އެއީ މިއާރޓިކަލްގެ ބުނާ ސަބަބަކަށް ނޫން.

  23. ސަޒާ

    ފާޑުުކިއުމަކީ ކުރިއެރުމެއް. އެކަމު އެފާޑު ކިއުމަކީ މުޅިމުއަަށްސަސާގެ އުގުވެއްޓި ތަން ބަދުނާމު ކުރުމެއް ނޫންދޯ

  24. ފަލަކް

    މާރިޔާ އަކަށް ޑިފެންސްމިނިސްޓްރީ ނުހިންގޭނެ އެޤާބިލްކަމެއް ނެތް މާރިޔާ

    ޑިފެސްމިނިސްޓްރީ ބަދުނާމުކޮށްފައިހުރިމީހަކު ޑިފެންސްމިނިސްޓަރ އަކަށް

    ހަމަޖެއްސުމުގެ ކުރީން އެއްވެސް ވަރަކަށް ވިސްނާފައި ނެތްކަން މީގެއިން މިއެގެނީ

    އަދި މަދު މިނިސްޓްރީ އެއް ފިޔަވާ ދެންތިބި މިނިސްޓްރީތަކަށް މިނިސްޓަރުން

    ހަމަޖައްސަވާފައި އެތިއްބެވީ އެއްވެސް ވަރަކަށް ތަޖުރިބާއަށާއި ތަޢުލީމަށާއި

    ކެރުމާއި ކުޅަދާނަކަމަށް އަދި އެމީހެއްގެ މާޒީއަށް ބެލުމެއްނެތިކަން ވަރަށްބޮޑަށް

    ފާހަނގަކުރެވޭ ފެއިލްކެބިނެެޓެއް ވަރަށްދެރަ ހިތާމަހުރިކަމެއް

  25. ސިފައިންގެމީހާ

    މިނިސްޓަރ އުސްތާޛާ މާރިޔާ އަހްމަދު ދީދީ އަށް. ވަރަށްވެދުން. ދިވެހި ސިފައިންގެ ތެރޭގައި މިހަރު އިސްސަފުގައި ތިބި އެންމެންނަކީ ކޮރަޕްޓްވެފަ ތިބިބައެއް. ޚާއްޞަކޮށް އެންމެ އިސްމަޤާމުގައި ތިބިވެރިން އެތިބެނީ އަހަރެމެން ދަށްފަންތީގެ ސިފައިންނަކީ އެމީހުންގެ އަޅުންކަމުގައި ހަދައިގެން އަހަރެމެންލައްވާ ގުލާނުކުުރުވަނީ އެމީހުންގެ އަމިއްލަ ޖީބަށް ފައިސަވެސް ވަންނަގޮތަށް. ހެޔޮނުވާނެ އެހުރިހާ އެންމެން ވަކިކޮށްދީ. މިއުޅޭ ހުރިހާ އސްވެރިން އެއްފަރާތްކޮށްދީ. އެހެންނޫނީ މިޤައުމުގަ އަހަރެމެން މިއެދޭ ޖަޒީރާ ވެރިކަމެއް ހިންގިޔަކަ ނުދޭނެ. ކުރީފަހަރު ނަޝީދުގެ ވެރިކަންވެސް ވައްޓާލީ ހަމަ އެމީހުންގެބާރުދައްކައިގެން. ހެޔޮނުވާނެ އަވަހަށް މިމީހުން ބޭރުކުރޭ

  26. ހުސޭނުބޭ

    ތިމަޤާމަށް އެންމެ ކަމުދަނީ ތިމަރަފުށީ މުސްޠަފާ!

  27. ނީބުމަ

    މާރިޔާ ގެ ތަޖްރިބާއެއް ނެތް. ޑިފެންސްމިނިސްޓްރީ ފަދަގައުމުގެ ދިފާއީ ބާރެއްގެ މިނިސްޓަރ އަކަށް މާރިޔާ އެކަށީގެންވާކަމައް ގަބޫލެއްނުކުރެވޭ. އެހެންނޫނަސް އިސްލާމީ އުސޫލުން ކަމެއް ކުރާނަމަ އެފަދަ މަގާމެއް އަންހެނަކާ ހަވާލުކުރާއިރު އެދާއިރާގަ ގިނައީވެސް ފިރިހެނުން. ޚިތަންމެވަރަކަށް ކިޔަވާގެންހުއްޓަސް އަންހެނަކާފިރިހެނެއް އެއްވަރުނުކުރެވޭނެ. ޢެކަންއިސްލާމީތާރީޚުންވެސް އެގެން އެބައޮތް. މާތަﷲ އަންހެނަކުއުފައްދަވާފައި ވަނީ ފިރިހެނެއްގެއަރިކަށީގެކަށިކޮޅަކުން. މިއީ އެއްވަރުކުރަން ކިތަންމެބޭނުންވިޔަސް އެއްވަރުކުރެވޭކަމެއްނޫން.

  28. ަަަަްަާ ަަާަައސިމް

    މާރީ ރަނގަލު ވާނެ

  29. ކުރަންޕް

    ހަގީގަތް ފޮރުވީމާ ކޮށްދެވޭނީ އިނާޔަތެއް ނުން. ނޮވެމްބަރު 3 ވަނަ ދުވަހު ތަމަޅައިން ދިން ހަމާލާގައި ސިފައިން ތިބީ އަމިިއްލަ ދިފާއުގާ ސިފައިންގެ ގޭޓު ބަންދުކޮށްގެން ވަޒަން ހުރީމާ ބަަޑިތަށް ތެޅީ. ތަމަޅައިން އަތުން ވަޒަން ހުސްވުމާ އިންޑިޔާގެ މަތިންދާ ބޯޓުތައް ހުދުހެން ފެށީމާ އެމީހުން ފިލީ. ޢެދުވަހު ތަމަޅައިން އާއްމުން މަރަމުން ދުވިނަމަ ސިފައިންގެ ކުޅަދާނަ ކަމުން އެއްވެސް ރައްޔަތަކު ސަލާމަތް ނުވީސް. ސިފައިންގެ ވެރިއަކަށް ސިފައިންގެ އުނިކަން އެއްމެ ބޮޑަ ފެނުނު މީހަކު ލުމަކީ ސިފައިންގެ އިސްލާހު އެންމެ ރަގަޅަ ކުރެވޭނެގޮތް

  30. ޢާސިދާ

    ޏނޫން ތީ ކުއްހިޔެއް މާރިޔާ އަކީވެސް ކިޔަވައިގެން ހުރި ބޭކަލެއް ރަނގަޅުވާނެ ވިސްނައިގެން އެޅިހާބަތަކައް ރިހަ ނުވެއްޖިއްޔާ ރަނގާޅުވާނެ ތީ އެއްކަލަ އެފްއޭއެމްގެ ރައީސްއަކަށް ފުޓްބޯޅަ ކުޅޭމީހަކު ނޫނީ ކަމުނުދާނެޔޭބުނާހެން މީ އާޅެ ހާދަ ބުރާންތިން ގިނަ ތަނެކޭދޯ

  31. Anonymous
  32. އަމާ ޑިފެންސް

    އަހރުމެން ނުވޭ ހާހެއް ހުރިހާ ރައްޔިތުން ނަށް ވަކަމެއް ކަލޯ މަށަށް ވެސް ކަލެޔަށް ވެސް ވާނީ ފިސާރި ތައްޔާރަށް ތިބޭތި އ

  33. މަހުޖަނު

    ޤާނޫނު އަސާސީ އަށް ކޮޅުފައިންއަރާ އަދަބެއް އަޚްލާޤެއްނެތް އިންސާނަކަށް ދައުލަތުގެ އެފަދަ މަޤާމެއް ލާއިޤެއްނޫން.

    • ކުޑަ އިބުރާހިމް

      އަހަރެމެންގެ ބޮޑުބެ ވަނީ އެ 3 ނޮވެމްބަރުގެ ޙަމަލާގަ ސިފައިންގެ ތެރެއިން ދުޝްމަނުންގެ ވަޒަންތަކުގެ ކުރިމައްޗަށް ނިކުތް 10 އަބުޠޯލުންގެ ތެރޭގައި ނިކުމެ ޝަހީދުވެފަ. އެޙަމަލާގެ މޭސްތިރިންނަކީ އިބޫޞާލިޙުގެ ބަފައިބެޔާއި އައްނިގެ ބޮޑުބޭބެކން އަހަރެމެން ދުވަހަކުވެސް ހަނދާންނައްތައެއް ނުލާނަން. އަހަރެމެންގެ އެ ހިތްވަރުގަދަ ބަޠަލުން ފިދަނަ ތަކަކަށް ހެދި މުޑުދާރު އަންހެނާ ޑިފެންސް މިނިސްޓަރަކަށް ލުމަކީ އަނދިރި އަނދިރިން ދިވެެހިންގެ ކަރަށް ގަދަކަމުން ރާ އަޅަން އުޅުންފަދަ ކަމެއް.

  34. ރޯނު އެދުރު

    ގާނޫނު އަސާސީއަށް ފައިން އެރުމަކީ މައްސަލައެއް ކަމަކަށް ނުދެކެން. އެހެންނެއް ނޫން ކީރިތި ގުރުއާނަށް އެފަދަ އިހާނެތި އަމަލެއް ހިންގަން ހިތައް އަރުވާލިޔަސް އަޅުގަނޑު އެކަމާ ދެކޮޅު. މާފުކުރައްވާ! ގާނޫނު އަސާސީއަށް އަޅުގަނޑު އިހުތިރާމްވެސް ކުރަން. އެކަމަކު ހުދު ގަނޑު ތަކެއްގައި ކަޅު އަކުރުން ލިޔެފައިވާ އިބާރާތްތަކަށް އަމަލުކުރަން ޖެހެނީ ވަކިބަޔަކަށް ކަމަށް ވެފައި ވަކި ބަޔަކީ ގާނޫނުން އެމީހުން ރެކެން އޮންނަ ހަތިޔާރަކަށް ގާނޫނު އަސާސީވާކަމަށް ވަންޏާ އެއަށް ފައިންވެސް އަރަންވީ. އެންމެ ބޮޑު ހިތާމައެއް ކުރަން ޖެހެނީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ މުއައްސަސާތަކުން އެބޭފުޅުންގެ އަމަލްތަކުން ގާނޫނަށް ފައިން އަރާތީ. ގާނޫނުއަސާސީއަށް އަމިއްލަޔަކަށް އެޔަކަށް އިހުތިރާމެއްވެސް ހުރުމަތެއްވެސްނުކުރެވޭނެ. އަދި މީހަކަށްވެސް ގެއްލުމެއް ނުދެވޭނެ. ސަބަބަކީ ގާނޫނު އަސާސީ އަކީ އަތެއް ފަޔެއް ލޮލެއް އަދި ހިއްސެއްވެސް ނެތް ފޮތެއް ކަމުގައިވާތީ. ހުރިހާވެސް ނުބަޔަކީ އަހަރެމެން.

  35. ތަރި

    މިނޫހުން ކުރަން އިނގޭ ކަމަކީ މީހުން ޖެއްސުން. ކަލޯމެން ވަގު ޔާމީންގެ ޚަބަރެއް ވޭތޯ ބަލާބަލަ.

  36. ހައްހައްހާ

    މާރިޔާއަކީ އަމިއްލަ ދޫ ކޮންޓްރޯލް ކުރަންވެސް ނޭނގޭމީހެއް. މިވަރުގެ މީހަކަށް އެމް.އެން.ޑީ.އެފް ގެ އެތައްހާސް ބަޔަކު ކޮންޓްރޯލް ކުރެވޭނެތަ؟ މަ ހީހީ ހަލާކު

  37. އޯމޯޖަހައިގެން

    ބަލަ ދަތްދޮޅި އާދަނު ޑިފެންސަށްލީ ކޮންޓްރެއިނިންގ އެއް ހުރެގެން

  38. ބިކަ

    މިސަރުކާރުން ތެދަކަށް އެއްވެސް ބިންގަލެއް ނޭޅޭނެ ފުރަތަމަ ފެށުންވެސް ތެދުނޫން ސަރުކާރެއް ކިނބޫ ސަރުކާރަކީ ވަރައް ސާފު ހެހެހެހެހެހެ

  39. ނައްލަބެ

    މާރިޔާ އަށް ޑިފެންސު މިނިސްޓަރ ކަންދިނީ ބަޢާވާތް ކޮއްފާނެކަމަށް ދެން އެކަމެއްނުވާނެ.