އެއްވެސް އިރެއްގައި ކެބިނެޓުގެ މަގާމަކަށް އައުމަށް ވިސްނައި އެފަދަ ވާހަކައެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާކޮށްފައި ނުވާނެ ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކެބިނެޓަށް ވަޑައިނުގަތީ ކީއްވެގެންތޯ އާއްމުންގެ ގިނަ ބަޔަކު ކުރާ ސުވާލަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާ ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑިމޮކްރާސީ ފުރިހަމަ ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ރައީސް އިބޫއަށް ދަންނަވަމުން އައީ ޝައުގުވެރިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ކަމަށް" ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ ރޮޒައިނާ މިހެން ވިދާޅުވިއިރު ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ކެބިނެޓްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ރައީސް އިބޫ ސޯލިހްގެ ކެބިނެޓް އިއުލާނުކޮށް، ވަޒީރުން ހުވާކުރައްވާފައިވާއިރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއިމެދު އާންމުން ގެންދަނީ މީސް މީޑިއާގައި ވަރަށް ބޮޑަށް ބަހުސްކުރަމުންނެވެ. ބައެއް ބޭފުޅުންނަށް ވަޒީރުކަން ހައްގު ނޫންކަމަށް ބައެއް އާންމުން ބުނަމުންދާއިރު، ވަޒީރުކަން ހައްގު ބައެއް ބޭފުޅުންގެ ނަންތައްވެސް ދަނީ ހާމަކުރަމުންނެވެ.

ވަޒީރުންގެ މަޖިލީހަށް ދާހިލީ ވަޒީރެއްގެ ގޮތުގައި އައްޔަން ކުރެވުނު އައްޝައިޚު އިމުރާން އަބުދުﷲ އައްޔަނު ކުރެއްވުމުގައި ޤާނޫނީ ހުރަހެއް އޮތްކަމަށް ޤަބޫލުކުރަންޖެހޭ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަނީ ވިދާޅުވެފައެވެ.

ވަޒީރު ކަމުގެ ޝަރުތު ހަމަނުވާތީ އިމްރާން މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އިމްރާންގެ ކިބައިގައި ވަޒީރެއްގެ ކިބައިގައި ހުރުން ލާޒިމް ސިފަތައް ނެތް މައްސަލައިގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އައްޑޫ މީހާ

    ރޮޒައިނާ ދެންވެސް ސައިޒުގަ ހުރެބަލަ ތީ މިހާރު މަގާމެއް ލިބޭތޯ ދައްކާ ވާހަކައެއް

  2. ޢައިބާ

    ވީދެރައިން ، ދެރަނުވާން ދައްކާ ވާހަކަ

  3. Anonymous

    ރައްޔިތުންގެ މަޖުލީހަކައްނު ސައުގުވެރިވާނީ. ހަބަނޑައް ކައިގެން މަޖުލީހައް ނުގޮސް އަރާމުގަ އުޅެމުން 85 ހާސްކައްވާލެވޭވިއްޔަ

    • އަޙްމަދު

      މަޖިލީސް ގޮނޑި އަކީ ޓްރާންފާ މާކޭޓްގައި އަގުބޮޑު އެއްޗެއް. އަދި ސީޒާންގައި ބޮޑުކޮށް ވިއްކާލެވޭނެ. މިނިސްޓަރު ކަމުގައި ކޮންމެ ދުވަހަކު އޮފީހައް އައްނަންޖެހޭ. އެވަރުން އުޅެގެންވެސް ލިބޭނީ 50000ރ ގިނަވެގެން. ގޮނޑި ވިއްކައިގެން ނުކެވޭނެ. މަޖްލީ ހުގައި އަރާމުގައި ގޭގައި ހުރެގެން 150000ރ ލިބޭގޮތަށް ހަދަން އުޅެނީ. އެހެންވީމާ ކޮންމިނިސްޓަރު ކަމެއްތޯ ބޭނުންވާނީ.

  4. ޒާ

    ތިޔަކަހަލަ މީހުން ނުވެސް ނަގާނެ އެއްވެސް ކެބިނެޓަކަށް.

    • އައިޝާ

      .ނަގާނެ .އެއަށްވުރެ މާދަށުދަރަޖައިގެ މީހުންވެސް އެބަތިބި ކެބިނެޓްގަ

    • ދދދދދ

      އެއަށްވުރެ ދަށު ދަރަޖައިގެ މީހެއް ދައްކަބަލަ. އާނ އެބުނާހެން ކިއްލި ގޯތި ވަޒީރު އެހެރީނު.

  5. ހުސޭނުބޭ

    ރޮޒައިނާ ކަމަކުނުދޭ ކިޗެން ކެބިނެޓަކަށްވެސް! ފަހަރުގައި ކޮފީ ޓޭބަލަކަށް ކަމުހިނގާދާނެ!

  6. މޫސާމަނިކު

    ހިޔަޅުވެސް ބުނި މޭބިސްކަދުރު ކޯޅި އަތު ނުޖެހުނީމާ "ތިޔައީ ހިތި އެއްޗެކޭ"

  7. ސޯޕް ލައިޓް ބްރަދަރ

    ޤާސިމާއިންނަން އެއްބަސްވަނިކޮށް ކެބިނެޓަށް އާދެވިދާނެ.!!

  8. މިއަދު

    ދިންނަމަ ބޭނުންވީސް އިބޫ ނިންމާފައޮތީ އައްޑޫ މީހަކަށްވިއްޔަ ނުދިނުމަށް އެހެންވެ ކަމަނާއަށް ހަމަ ނުދިނީ ދެން ލަލަލާ

  9. އިންސާފު

    ކަލޭ އައް އެއްވެސް މަގާމެއް ނުދިނީމަ ދެރަވެގެން ކިޔާނެ އެއްޗެއް ނެތިގެން ދޯ ތިހެން ތިކިޔަނީ.

  10. Anonymous

    ހަހަޙް....ހިޔަޅު ވެސްބުނީ ތިޔަހެން..

  11. ރޮޓޭރޮޓޭ

    މުޅިގައުމު ހަލާކުކުރި ރޮޓޭމެން އެހެންވެ ތިހިރީ ބާކީ ކޮއްފަ

  12. ކަމަނާގެ ކާފަ

    އަނގައިން ކަލޭ ދެރަ ނުވާތި. ކަލޭ ބޭނުން ނުވާނެ އެއް ކަމެއްވެސް ނޯންނާނެ ތީ ކާކު