ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރެވުން މިވަނީ ކުށް ހީއަކަށް ބަދަލު ވެފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވީ ރައީސް ސޯލިހް ކެބިނެޓް އިއުލާން ކުރެއްވުމުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ފައްޓަވާ، ކޮރަޕްޓް މީހުންނަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށް ހީކުރެވުނު ހީކުރެވުން މިވަނީ ކުށް ހީއަކަށް ބަދަލު ވެފައި،" އުމަރު ވިދާޅުވިއެވެ.

އުމަރު އިޝާާރާތް ކުރައްވާފައި ވަނީ ސަރުކާރުގެ ކޮން ވަޒީރުންނަކަށް ކަމެއް ނޭނގެއެވެ. ނަމަވެސް ރައީސް ސޯލިހްގެ ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންގެ ތެރޭގައި މީގެ ކުރިން ދައުލަތުގެ ފައިސާ އިން އަމިއްލަ ބޭނުންތަކަށް ޚަރަދު ކުރެއްވިކަން ސާބިތުވެފައިވާ ބޭފުޅުންނާއި ބޮޑެތި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ގޮތައް މަޖިލިސް ގޮނޑި ބަދަލު ކުރެއްވި ބޭފުޅުން ވެސް ހިމެނެއެވެ.

އުމަރުގެ އިތުރުން ވަރަށް ގިނަ އާންމު ރައްޔިތުން ވެސް ގެންދަނީ ރައީސް ސޯލިހްގެ ކެބިނެޓް ފާޑުކިޔަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި ރައީސް ސޯލިހަށް ތާއިދުކޮށް ރިޔާސީ އިންތިޚާބުގައި ކެމްޕޭން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަސްވެިރިޔާ

    އަހަ އަލީ ވަހީދު ގޮޑި ބަދަލް ކުރެއްވިގޮތް އެމް.ޑ.ީޕީ އިސްބޭފުޅުންނަށް އިނގޭނެ. އަނެއްކާ ކަށަވަރުން ރައީސް އ.މ.ސޯލިހަށް އިނގޭނެ. މަބުނަނަތަ މިއުޅެނީ ކަރަޕްޝަނާއި އަނިޔާ ވެރިކަމާދެކޮޅަށްނޫނެވެ. ފައިސާ އާއި ޖާހަތް ހޯދަން. އަސްލުގަ ވެރިކަން ލިބުނީ ރައީސް ނަޝީދަށްޓަކާ ރައްޔިތުން ދިން ވޯޓުން.

  2. ލަކީ

    ހެހެހެ ވިދާޅުވެދެއްވާ ކަރެފްޓްނޫން މީހަކު ނިކަން ދައްކަވާ ބަލަ ..ހެހެ އުމަރު ނަސީރު އެކަނި މި ގައުމުގަ ކަރެޕްޓް ނޫން މީހަކަށް ހަމަ އެކަނި ހުޜީ އެހެން ނޫން ތޯ އޭނޫންތޯ ތިވިދާޅުވާ އެއްޗަކީ

    • ރައްޔިތުން

      އެބަތިބި ދޯ ކިޔަވައިގެން ތިބި އާމީހުން... ގާބިލު މީހުން..

  3. ދދ

    އިބޫގެ ސަރުކާރު ވެގެންދާނީ ކަރަޕްސަނާއި ފަސާދައި ހާއްޔަކަށްކަމަށް ލަފާކުރެވާ ނިޝާން
    މިހާރުވެސް ވަނީ ފެންނަން ފަށާފައެވެ އަދި
    އިބޫގެ ކޮންޓްރޯ ސަރުކާރުގެ ނިންމުންތަކުގައި
    ވަރަށް ކުޑަކަންވެސް ފާހަގަ ކުރެވެއެވެ

  4. ފަލަކް

    ކޮރަޕްޓްވާނީ ކިހާވަރެއްވީމާ ކޮރަޕްޓެ ކެބިނެޓް އެކުލަވާލީވެސް ޤާނޫނާއި ޚިލާފު

    ކަމަކާއިއެކުގަ ކުރިއަށް އޮތްތަނުގަ ފެނިގެންދާނެ ދައުލަތް ހުސްކޮއްލާތަން

    ބަލަންތިބޭތި ތި އެންމެން މީ ދޮގަކަށް ނުވާނެ %100 ޔަޤީން ކަށަވަރުވާކަމެއް މީ

  5. ރައްޔިތުން

    ކޮރަޕްޝަން ގެ ހިޔަނި އެއްވެސް ވަރަކަށް އެޅިފައިވާ މީހަކު ކެބިނެޓަށް ލުމަކީ ވަރަށް ދެރަކަމެށް.. ކުރިޔަސް ނުކުރިޔަސް ނަންވެފަ ހުރިއްޔާ އިންޓްރިގެޓީ ގެއްލުނީ..

  6. ބޮލި މުލައް

    ރައްޔަތުން ހިމޭނުން ތިބެއްޖެނަމަ ދުވަހަކު މިޤައުމުގެ ޙާލަތު ދަށަށް ނުދާމިންވަރަށް ކޮރަޕްޝަނާ ފަސާދަ ޢާއްމުވާނެ.

  7. ތެދުތެދަށް

    ޢުމަރު ކިޔަސް އެހެން މީހަކު ބުންޏަސް ތެދެއްވާނީ ތެދަކަށް ވެރިކަމަށް އައީ ކޮރަޕްޝަނޭ ފަސާދައޭ ކިޔައިގެން އެހެންވީމާ މިވާހަކަ ދައްކަންޖެހޭ

  8. އަހުމަދު މޫސާ

    ބަޔަކު ގަބޫލުކުރަން ބޭނުން ނުވިޔަސް ޤައުމީ ރޫޙެއް ހުރި ޤައުމު ދެކެ ލޯބިވާ ހަމައެކަނި 2 ލީޑަރުންނަކީ ޢުމަރާއި ޔާމީން. ޔާމީން ކޮރަޕްޝަނޭ ވައްކަމޭ ކީ މައުމޫނަށް ވެސް 2008 ގައި ކީ ބީދައިން ވެރިކަން ވައޓާލަން. އެކަމަކު ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުގެ ތެރެއިން ފިޔަވަޅު އަޅަން ކެރުނު ހަމައެކަނި. ހަމައެކަނި ވެރިޔަކީ ރައީސް ޔާމީން. މިހަގީގަތް ތާރީޚުގައި ލިޔެވޭނެ ދުވަސް އަންނާނެ.

  9. ޖާން

    އިންސާނުން ހިނގާބިގާވެ އުޅޭއިރު ނުބަލައޭ ފައިދަށުވެ ހިނި މަރުވެދާނެކަމަށް.
    މިރާއްޖޭގެ ރައްޔިތުން ނުދެކެޔޭ ކަލޭތީ މާބޮޑު އުރައްޕެއް ހުރިމީހެއްކަމަކަށް.

  10. އަލްޖިބްރާ

    ކަލޭތީ އެންމެ ބޮޑު ކޮރަޕްޓްމީހާ ! ދެން ކޮން އަގައެއް ތަޅާކަށް ! އަދި ހުދުވަލުގެ މައްސަލަވެސް ބަލާނަން ! އަގަ ނާރުވާ ހުރޭ !

  11. ލައިލާ

    އުމަރުވެސް ފިލީ ވިއްޔާ

  12. އޭނަ

    އުމަރާ މަޑުން ހުރޭ އިނގޭ. ތީ ކޮރަޕްޓް އެނަން ކިޔަން އިނގޭ މީހެއްވެސް ނޫނެއްނުނު. ވެރިކަމާ އަޅާ މަރުދަންޖެހިފަ ސޮރެއްތީ