ދިވެހި ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް ކަމުގެ ހުވާ މިދިޔަ ހޮނިހުރު ދުވަހު ކުރެއްވި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިޙަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް އިބްނު މޫސާ މެންކް (މުފްތީ މެންކް) މަރުޙަބާ ދަންނަވައިފިއެވެ.

މުފްތީ މެންކް ރައީސް ސޯލިޙަށް މަރުހަބާ ދަންނަވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ. މުފްތީ މެންކް ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެއަށް އަމާން ފާގަތި ދުވަސްތަކެއް އެދިލައްވާކަމަށެވެ. ރައީސް އިބްރާޙިމް މުހައްމަދު ސާލިޙަށް ހިތުގެ ފުންމިނުން މަރުހަބާ ދަންނަވާކަމަށެވެ.

މުފްތީ މެންކް ވަނީ ރާއްޖެއަށް ދެފަހަރެއްގެ މަތިން ވަޑައިގެންފައެވެ. އެންމެ ފުރަތަމަ މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ "ދަ މެސެޖް“ ޕްރޮގްރާމުގެ ދަށުންނެވެ.

މުފްތީ މެންކަކީ އިސްލާމީ އުއްމަތުގެ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ދީނީ އިލްމުވެރިއެކެވެ. މެންކުގެ ތަޤްރީރުތަކަކީ، ޔޫޓިއުބް އަދި މީސް މީޑިއާގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ތަގްރީރުތަކަށް ވުމާއެކު، ދިވެހިންގެ މެދުގައިވެސް މެންކަކީ މަޤްބޫލް ދީނީ އިލްމުވެރިއެއްކަން ފާހަގަކޮށްލެވެއެވެ.

މުފްތީ މެންކް އަކީ ސައުދީ އަރަބިއްޔާގެ މަދީނާ ޔުނިވަސިޓީގައި ޝަރީއާ ލޯ އިން މަތީ ތަޢުލީމް ޙާޞިލް ކުރައްވާފައިވާ ޒިމްބާބުވޭގެ ފަތުވާ ޑިޕާޓްމެންޓުގެ އެންމެ އިސް ބޭފުޅާގެ މަގާމު ފުރުއްވަމުން އަންނަ ބޭފުޅެކެވެ.

އެމަނިކުފާނު މީގެ ކުރިން ދެއްވާފައިވާ ދަރުސްތަކަށް ބަލާއިރު، ޚާއްސަ ގޮތެއްގައި ޒުވާނުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޯލްޓަނޭޓިވް ނެރޭޓިވް

    މިސޮރަކަށް ނޭންގޭނެ މިގައުމުގެ ސިޔާސީ ކަންތައްތަކުގަ ވާނުވާއެއް އަދި. މީނައަކަށް ނޭންގޭނެ ނަޝީދުގެ ހަގީގަތް ތަކެއް ވެސް. މީނަ ވެސް އައްޑޫއަށް ދިޔަ ފަހުން އެމީހުންގެ މީހުން މީނަ އަށް ހަގީގަތް އޮޅުވާލާ ސިކުނޑި ދޮވެލައިފި.