މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުގެ ގާނޫނަށް ގެނައި އިސްލާހަކީ ދިވެހި ދައުލަތުން އެއަށް އަމަލުކޮށްގެން ނުވާނެ ދެ ނިންމުން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެބިލަކީ ކަނޑައެޅިގެން ދިވެހި ރާއްޖޭގެ ގާނޫނު އާސާސީއާ ޚިލާފަށް ފާސްކުރި ދެ ބިލު ކަމަށެވެ. އަދި މިފަދަ ކަންތައްތަކަކީ 43 މެމްބަރުން ހާޒިރުވެ ތިބެގެން ނޫނީ ވޯޓަށް ނޭހޭނެ ކަމެއް ކަމަށް ގާނޫނު އަސާސީގައި ލިޔެވިފައި އޮންނަ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
Dhenme majilihun e ninmi dhe Billakee Qaanoon asaasee aa kadaelhigen khilaafu dhe ninmun Veemaa e ee dhivehi dhaulathun e ah Amalu kohgen nuvaane dhe Ninmun .Adhi 43 MP in Haaziruve jalsaagai thibegen menuvee vote ah Ahaigen nuvaane nuvatha neyheyne Kamah Qaanoonu asaasee bunani
— Qasim Ibrahim (@qasimibrahim) March 13, 2018
މަޖިލީހުން މިއަަދު ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހާއި، މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތްތައް ބަޔާންކޮށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފައިވާއިރު މިޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ޗެމްބަރަށް ވަދެވަޑައިގެންފައިވަނީ 40 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ދަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން ދަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރައްވަމުންނެވެ.
ގަދައަށް ކޯފާވެވަޑައިގެން ތިހެން ވިދާޅުވެ ބައްލަވާ!
ހިނިފުޅު ވަޑުވަމުން ވިދާޅުވީމާ މަލާމަތް ކުރައްވަނީކަމަށް ހީކުރެވިދާނެ
އޭ ބުއްޑާ! ކަލެޔާ ބެހޭކަމެއްނޫން. މީ ޖަރުމަނެއްނޫން.
ކަލޯ ދައުލަޔަށް ދައްކަންޖެހޭ ފައިސާ ނުދައްކާ އުޅުމަކީވެސް ބޮޑު ކުށެއް، އަދި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ފައިސާ ދީގެން ވައްޓާލަން އުޅުމަކީ ކޮންކަހަލަ ކަމެއް؟
ބޭސްފަރުވާކުރަނީޔޭ ކިޔައިގެން ދޮގު ހަދާފަގޮސް ފިލާއޮވެ ގައުމެއް ސުންނާފަތި އެރުވުމަކީ ރަގަޅުކަމެއްތަ؟
މަނިކުފާނޭ ދަންނަވްނަތޯއޭ! މަނިކުފާނު ހާސްވެނުލައްވާށޭ! ސްޕްރީމްކޯޓުގެ އަމުރެއް ނެރެންވީމާ މަނިކުފާނަށް އަންގާލާނަމެވެ. އޭރުން މަނިކުފާނު ބޭނުންފުޅުވާގޮތަށް ސްޕޮރީމްކޯޓުގެ އަމުރު ނެރުއްވާށެވެ.
ކޮބާ މިހާރު އެނބުރުން އަރާގަނެގެން ނުވެއްޓޭތަ ފިތުނަވެރި ވާހަކަ މި ދައްކަވަނީ ފިލަން ބޭރަށްގޮސް ހުރެގެން!