ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރައީސްކަމަށް ހުވާކުރެއްވުމުގެ ފަހުން ރަސްމީކޮށް އޮފީހަށް ވަޑައިގެންނެވި ފުރަތަމަ ދުވަހުވެސް އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، އެ ސިޓީގެ ކައުންސިލަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް ސޯލިހު އާއި ބައްދަލުކުރެއްވުމަށްފަހު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ އައްޑޫގެ ތަރައްގީއާއި އައްޑޫއަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭ ގޮތުން ކަމަށެވެ.

"އައްޑޫ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަރަންޓުގެ މައްސަލައާއި، އައްޑު ތަރައްގީގެ ޕްލޭނާއި، ބަޖެޓާއި، ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާއި، އައްޑޫ މަގު ހެދުމުގެ މައްސަލައަށް މަޝްވަރާ ކުރެވުނު" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައްޑޫ ސިޓީ އެކަހެރި ނުކުރާނެ ކަމަށާއި އައްޑޫ ސިޓީ ތަރައްޤީކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެ ޓްވީޓެއްވެސް ކުރައްވާފައެވެ.

މިފަދަ ބައްދަލުވުމެއް ބާއްވާފައިމިވަނީ ރައީސް ސޯލިހުގެ ކެބިނެޓްގައި ކެބިނެޓުގައި އައްޑޫ ބޭފުޅަކު ހިމެނިފައި ނުވާތީ އެކަމާއި ގިނަ ބައެއް އަންނަނީ ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އައްޑޫ ސިޓީއަށް މިއަހަރުގެ ބަޖެޓުގައި 374 މިލިއަން ރުފިޔާގެ ޕްބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހަށްދޭބަލަ

    ރައީސް އައްޑޫ މެމްބަރުންނާއި އައްޑޫ ކައުންސިލަރުންނާއި ބައްދަލު ކުރާ ގޮތަށް ކިއެއްވެތޭ މާލެ ސަރަހައްދުގައި ތިބި ތަފާތު ގިންތީގެ ޓެކްނިކަލް މަސައްކަތް ކުރާ ފަރާތް ތަކާއި އެކު ރައީސް އޮފީހުގައި ބައްދަލުވުން ތައް ނުބާއްވަނީ ރައީސް އިބޫ ގެ ޝެޑިއުލް ބަދަލު ކުރަންވީއޭ ކޮންމެ ރެއަކު 7 އިން ފެށިގެން 10 ޖަހަން ދެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ތަފާތު ގިންތީގެ މީހުންނާއި ބައްދަލުކޮށް ހަދާ އެމެންގެ ވިޔަފާރި އަށް އެޅިފައި ހުރި ހުރަސް ތައް ނައްތާލާނެ ގޮތްތަކޭ ހޯދަންވީ ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ މައްސަލަ ތަކަށް ހައްލު ނުލިބޭނެއޭ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތަކަށް ދިމާވެފައިވާ ބިމުގެ ދަތި ކަމާއި ކޯޓާ ލިބޭނެ ގޮތް ފަސޭހަ ކުރުމާއި އަދި ކުދި މުސާރައަށް ބޭރު މީހުން ގެނެވޭނެ ގޮތް ނެތި މިކަން ކަން ޖެހޭނެއޭ ރައީސް އިބޫ ކޮށް ދެއްވަން ތަމެން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީން ނަށް މިވަރު ނޭނގޭ ނަމަ ތަމެން ގެއަށް ކަނޑާލަންވީއެއް ނޫން އަން މިހުސް ގަނޑުގައި ސޮއި ކޮށްލާ...