ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އާ ކެބިނެޓްގައި ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ނުވަނީސް ވަޒީރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަ ނުވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމްވެސް ބާތިލު ނުކުރާއިރު ރައީސް ކަމަށް ޝަރުތު ހަމަ ނުވާ ގޮތަށް އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ނުކުރާ ނަމަ ވަޒީރުކަމުގެ މަގާމަށް ޝަރުތު ހަމަަ ވާނެ ކަމަށް ނުބެލޭ ކަމަށެވެ.

" އިމްރާންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނުހައްގު ހުކުމެއް. އިމްރާންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލް ނުކުރާ ނަމަ ވަޒީރުކަމުގެ މަގާމަށް ޝަރުތު ހަމަަ ވާނެ ކަމަށް ނުބެލޭ" ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވަނީ އެ ދުސްތޫރީ އިޖުރާއަތު އަވަހަށް ފުރިހަމަކުރެއްވުމަށްފަހު ޝެއިޚް އިމްރާން އަލުން މަގާމަށް ރީއެޕޮއިންޓް ކުރެއްވުމަށް ގޮވާލާފައެވެ.

ދިޔާނާގެ އިތުރުން އިމުރާން ވަޒީރު ކަމަށް އައްޔަނު ކުރެއްވުމުގައި ޤާނޫނީ ހުރަހެއް އޮތްކަމަށް ޤަބޫލުކުރަންޖެހޭ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވެސް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ކަމުގެ ޝަރުތު ހަމަނުވާތީ އިމްރާން މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އިމްރާންގެ ކިބައިގައި ވަޒީރެއްގެ ކިބައިގައި ހުރުން ލާޒިމް ސިފަތައް ނެތް މައްސަލައިގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެމް ޑީޕީ

    ދިޔާނާއަށްވެސް ޖާބިރުއަށްވެސް ކެބިނެޓުން ޖާގައެއް ނުބުނުދޯ؟؟؟؟ ކީއްކުރާނީދޯ؟؟؟ ކިހާދެރަދޯޯ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  2. ނަގޫރޯޅި

    ސިޔާސީ ހައްޔަރީން ދޫކޮއްލަން ކޮމެޓީ ހަދައިފި. ކޮމެޓިގެ ރައިސް އަކީ ސިޔާސީ ކުއްވެރިއެއް.
    މެންޑޭޓުގަ ބުނަނީ ސިޔާސީ ހައްޔަރީން ދޫކޮއްލާށޭ. ކުއްވެރި ވޭތޯ ނުވޭތޯ ބަލާކައްނޫން.
    މީ ހަމަ ގިނަ ދިވެހިން ނުލިބިގެން ކެއްމަދުވެފަ ތިބި އިންސާފްގެ މަގު. ދެން ބާރައް އަތްޖަހާ އުފާކުރޭ.

  3. މިއަދު

    ޙުކުމް ބަތިލުވީނަމަވެސް ކޮބާ ދެންބުނާ 3 އަހަރުގެ މުއްދަތު ނިޔާނާ!
    އިއާޒޫ ކޮންމެގޮތަކުން ކުރިއަސް އިމްރާނުގެ މައްޗަށް ޙުކުމް ކޮށްފި ޤާނޫނުގައި ބެފަ އޮންނަނީ ވަޒީރުކަމުގެ ޝަރުޠު ހަމަވާނީ އެހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެހުކުމް މަޢާފުވިތާ 3 އަހަރުފަހުންކަމުގަ މިދުނެޔެ މަތީގައި ޝަރީޢަތްތައް ހިނގަމުންދާނީ ބޭރުފުށަށް ޙަޤީޤަތް ދެނެވޮޑިގެންވާނީ މާތްﷲ ޑަކުޓަރ އިއާޒު އަކަށްވެސް ނުއެގޭނެ ހިތުގައި އޮންނައެތި އެއަކީ އެއްވެސް އިންސާނަކަށް އެގޭނެ ކަމެއްނޫން

  4. ޕީޖޭ

    ކޯލިޝަނުން ވަޒީރުކަމަށް އައި މީހުން ކަނޑާ އެންޑީޕީ މީހުންނަށް މަގާމުތައް ދޭން ނުވިސްނާތި..އަހަރެމެން ވޯޓުދިނީ ކޯލިޝަނަށް

  5. Anonymous

    އިމުރާނު ކާރި އަހާބަލަ އެމްޑީޕީން އެކިޔާ ފަހަރިއެއް އިމުރާނު ތަޅާލިންތޯ. އިމުރާނުގެ ކޮމިޝަނުން މިކަންވެސް ބަލާތި