ދިވެހި ރާއްޖޭގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި އިންޑިއާގެ މައްޗަށް ޒިންމާއެއްވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ހިންދުސްތާން ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލު ވިދާޅުވީ އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީއަށް ވެފައިި ރާއްޖެ ފަދަ ޑިމޮކްރެޓިކް ގައުމެއްގެ މައްސަލަތައް ހައްލު ކުރުމުގައި އެގައުމުން އިސްނަގަން ޖެހޭނެ ކަމަށެވެ. އަދި ޑރ. ޖަމީލު ސިފަ ކުރެއްވީ އެއީ އިންޑިއާގެ މައްޗަށްވާ ޒިންމާއެއްގެ ގޮތުގައެވެ.
އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖަމީލު ވިދާޅުވީ ރާއްޖޭގައި ދިމާވެފައިވާ މައްސަލަތައް އިންޑިއާއަށް ހައްލު ނުކުރެވިއްޖެ ނަމަ އިންޑިއާ ކަނޑުގެ ސަލާމަތަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.
"އިންޑިއާއިން މީގެ ކުރިން އަޅުގަނޑުމެންނަށް އެހީވާން އައި. ނަމަވެސް މިފަހަރު އިންޑިއާގެ ފަރާތުން ބަޔާންތަކެއް ނެރުމުގެ އިތުރަށް އެހެން ހަރަކާތެއް ފެނިފައި ނުވޭ. އަޅުގަނޑު ނަރެންދަރަ މޯޑީއަށް ދަންނަވާނީ، ވަގުތު އޮތީ އަޅުގަނޑުމެންގެ ކޮޅުގައެއް ނޫނޭ، އަވަހަށް ފިޔަވަޅު އަޅުއްވައި މި މައްސަލަ ހައްލުކޮށްދެއްވާށޭ." ޖަމީލު ވިދާޅުވިއެވެ.
ރާއްޖޭގައި ދިމާވެފައިވާ މައްސަލަތައް އިންޑިއާއިން ހައްލު ކުރެވޭނީ ކިހިނެއް ކަމާމެދު ސުވާލު ކުރުމުން ޖަމީލު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް އިތުރަށް ވަންނަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން ހަނު ހުރުމުގެ ބަދަލުގައި އެވާހަކަތައް ބައިނަލްއަގްވާމީ ފެންވަރުގައި ދެއްކުމުން ދިވެހި ސަރުކާރަށް މައްސަލަތަކުގެ ޒިންމާ ނަގަން މަޖުބޫރުވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ހާލަތު ސިފަ ކުރައްވަމުން ޖަމީލު ވިދާޅުވީ ރަައްޔިތުންގެ މަޖިލީހުގެ ބާރުކަނޑުވާލާފައިވާ ކަމަށާއި، ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވާ ކަމަށާއި، އިދިކޮޅު ފަރާތްތައް ޖަލަށް ލާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިހާރު ދައުލަތުގެ ހުރިހާ ގުނަވަނެއް ވަނީ ޕެރެލައިޒްކޮށް ބާރު ކަނޑުވާލާފައި ކަމަށެވެ.
ޖަމީލް ވިދާޅުވީ މިއީ ބައިނަލްއަގުވާމީ މުޖުތަމައުން ލަސްނުކޮށް ރާއްޖެއާ މެދު ފިޔަވަޅު އަޅަންވީ ވަގުތު ކަމަށާއި ރާއްޖެއަކީ ކުޑަ ގައުމަކަށްވެފައި އެ ފިޔަވަޅުތަކަށް ބޯލަނބަން މަޖުބޫރުވާނެ ކަމަށެވެ.
ދެން އަތް ޖައްސަވާ
ކަލޭގެ ބުއްދި ހުރީ ސަލާމަތުންތޯ ބެލުމަށް މޮޔައިންގެ ހޮސްޕިޓަލް ތަކަށް ޒިންމާއެއްވޭ!
ރާއްޖެ ހަމައަކަށް އެޅުވުމުގެ ޒިންމާއަކީ މިއަދު މިތިބަ ދިވެހިރައްޔިތުން ބޮލުގައި އެޅިފައިވާ ޒިންމާއެއް. މި ގައުމު ހަމައަކށް އެޅުވުމުގެ ޒިންމާ އުފުލުމަށް ހުރިހާ ރައްޔިތުންވެސް މަސައކަތް ކުރަންޖެހޭ. އަދި ހާއްސަކޮއް ގާނޫނު އަސާސީ އާއި ޙިލާފަށް ކަންކަން ކުރަމުން ގާނޫނުތަށް ހަދަމުން ދާއިރު މިކަމުން ރައްޔތިުން ސަލާމަތް ކުރުމުގެ ޒިންމާ އުފުލަން ޖެހޭ އެންމެ އިސްފަރާތް ތަކަީ ސަލާމަތީ ޙިިދުމަށް ދިނުމަށް އުފައްދާފައިވާ ދެ މުއައްސަސާގެ ވެރިންގެ ޒިންމާއެއް. ގައުމު ހަމަމަގަށް އެޅުވުމައް ޒިންމާ ނަގައި، ގާނޫނު އަސާސީ އާއި ހިލާފަތް ކުރަމުންދާ ކަންކަން ހުއްޓުވުމުގެ ގާބިލްކަން ނެތްނަމަ ސަލާމަތީ ހިދުމަތް ދޭން ތިބި އެންމެ ފަރާތަކުން އިސްތިއުފާ ދިނުމަށްފަހު ޔުނީފޯރމް ބާލަން ޖެހޭ.
މިހާރު އަހަރުން ކޮންމެ ދިވެއްސެއްގެ ޒިންމާއަކަށް ވެއްޖެ މީނާގެ ހަގީގަތް މުޅި ދުނިޔެއަށް ކިޔާދީ މީނާ މައިތިރި ކުރަން.
މޮޔަގެރި ބަލި ޖެހިފައިތަ؟
ޖަމީލް ހީކުރަނީ މި ޖަމީލްގެ އެކަނި ޤައުމެކަމަށްތޯ މިމީހުން މީހާދަވެރިކަން ބޭނުވެގެން
ބޭނުންވެގެން އުޅޭ ބަޔެކެ ދިވެހި މި ކުޑަޤައުމުދެކެ ލޯބިންނޭކިޔާގެން މިގައުމުހަލާކުރުން ނޫކަމެ މިމީހުންނަކަ ނޭގޭ އަޅުގަނޑުގެ ނަސޭހަތެކަބޫލް ކުރާނަމަ މިޣައުމުގަ ދާއިމީ ގޮތެގައި ﷲ ހުގެ ރަހުމަތުން އަބުދު ﷲ ޔާމިނު ބެހެޓްމަށް ހުރިހާ ރަތްޔެތުން ވެސް އަތުކުރި އޮޅާލާގެން ނުކުންނަން ވެއްޖެ މިއުޅޭ ބަޤާވާކުރާ މީހުންތައް މިގައުމުން ފައްސާލެވޭނެ ދުވަހަކަ ދުވާކުރަން
އެއްމެފުރަތަމަ ތިމާގެޒިންމާ ގައުމައް އަދާކޮއްފަ ދެން އޭގެފަހުން އެހެންމީހުންނަ
ގޮވަަބަލަ އެއިރުން ތިމާގެތެދުވެރިކަމާއި ހުރިސީދާ މިންގަދު އެހެންމިހުންނަ ވަޒަންކުރަން އެނގޭނީ
ރާއްޖޭގެ އެއްވެސް ކަމެއްގެތެރެއަށް އިންޑިޔާވެސް އަދި އެހެންވެސް ޤާއުމަކުންވަނުމަކީ ކޮށްގެންވާނެކަމެއްނޫން، އަޅުގަޑުމެން އެފުރުޞަތެއްނުދޭނަން، ވަރަށް ސާފުކޮށް މިދަންނަވަނީ، ޖަމީލްމެން ބޭނުންހާގޮތެއް ހެދޭނެކަމަށް ހީފުޅު ވަނީތޯ؟ އެއްގޮތަކަށްވެސް އެހެން ނުޥާނެކަން މީގެ ކުރިންވެސްވާނީ ދައްކާފައި ﷲ ިއރާދަ ފުޅާއިއެކު ކުރިއަށް އޮތް ތަނުގައިވެސް އެކަން ސާބިތު ކޮށްދޭނަން، ހުރިހާ ޤައުމުތަކަށްވެސް ދަންނަވާނީ ދުނިޔޭގެ އާ ސަފުހާއެއް ހުޅުވަން މަސައްކަތް ނުކުރާށެވެ. އެކަމުގެ ނަތީޖާ އެހާ ރަގަޅު ނުވުމަކީ ވެދާނެކަމެކެވެ.
ރާއްޖޭގެ އެއްވެސް ކަމެއްގެތެރެއަށް އިންޑިޔާވެސް އަދި އެހެންވެސް ޤާއުމަކުންވަނުމަކީ ކޮށްގެންވާނެކަމެއްނޫން، އަޅުގަޑުމެން އެފުރުޞަތެއްނުދޭނަން، ވަރަށް ސާފުކޮށް މިދަންނަވަނީ، ޖަމީލްމެން ބޭނުންހާގޮތެއް ހެދޭނެކަމަށް ހީފުޅު ވަނީތޯ؟ އެއްގޮތަކަށްވެސް އެހެން ނުޥާނެކަން މީގެ ކުރިންވެސްވާނީ ދައްކާފައި ﷲ ިއރާދަ ފުޅާއިއެކު ކުރިއަށް އޮތް ތަނުގައިވެސް އެކަން ސާބިތު ކޮށްދޭނަން، ހުރިހާ ޤައުމުތަކަށްވެސް ދަންނަވާނީ ދުނިޔޭގެ އާ ސަފުހާއެއް ހުޅުވަން މަސައްކަތް ނުކުރާށެވެ. އެކަމުގެ ނަތީޖާ އެހާ ރަގަޅު ނުވުމަކީ ވެދާނެކަމެކެވެ.