ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އަބްދުލް މަންނާން ޔޫސުފް އައްޔަން ކުރައްވައިފިއެވެ.

މަންނާނު އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދުއެވެ.

މި މަގާމަށް މަންނާނު އައްޔަން ކުރެއްވިއިރު ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރަން ނުޖެހޭ މީހަކާ ހިއްސާކުރި މައްސަލައިގައި މިދިޔަ މޭ މަހު އޭނާ ވަޒީފާއިން ވަކި ކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ ނިންމާފައެވެ.

ނަމަވެސް ވަޒީފާ އިން ވަކިކުރަން ނިންމި މައްސަލަ ފުލުހުންގެ އެޕީލް ބޯޑަށް މަންނާނުގެ ފަރާތުން ހުށަހެޅުމުން އެ ބޯޑުން ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އަލުން މުރާޖައާ ކުރުމަށް ނިންމާފައެވެ.

މަންނާނަކީ ފުލުހުންގެ ވަޒީފާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަޕްޓް ސަރުކާރު

    މިއޮތީ ވާ ސަރުކާރެއް އައިސަ. ސަލާމަތުން ހުރި ފަސްބައި ސާފު ހަމަ އެކަކުވެސް ނެތް ތިޔައިންގެ ތެރޭ.

  2. ހާމަ

    ފުލުހުންގެތެރެއިން ކޮރަޕްޝަންގެ ރަންމެޑަލް ހާސިލްކޮށްފއިވާ މަންމާނު އިންޓެލޮޖެންސްގެ ވެރިޔާކަމުގެ މަގާމަށް އަށްޔަންކޮށްފި