އިންޑިއާ އާއި ރާއްޖެއާއެކު ކުރިއަށް ގެންދަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާތަކެއް މިއަދު ކޮށްފިއެވެ.

މިއަަދު ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބައިވެވަޑައިގެންފައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މރ އަކިލޭޝް މިޝްރާއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ހިޒް އެކްސެލެންސީ އަހްމަދު ޚަލީލާއި ޑިރެކްޓަރ މަރިޔަމް މިދުފާ ނަޢީމް ބައިވެރިވެވަޑައިގަތެވެ. އަދި އިންޑިއާގެ ސަފީރު އަރިހުގައި އެމްބަސީގެ ފަސްޓް ސެކކްރެޓަރީ އަރުޗަނާ ނައިރު ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި އެމްބެސެޑަރ މިޝްރާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާ އާއި ރާއްޖެއާއެކު ކުރިއަށް ގެންދަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުންނެވެ. އަދި ކުރިއަށް އޮތް ތާންގައި ދެޤައުމުގެ ގުޅުން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިކަންކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރެއްވުމަށް ނޮވެމްބަރު މަހުގެ 26 ގައި މިނިސްޓަރު އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރާނެއެވެ. މި ބައްދަލުވުންތަކުގައި ފޮރިން މިނިސްޓަރގެ އިތުރުން، ބައެއް އެހެނިހެން ވަޒީރުންވެސް ބައިވެރިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުރަބޯ

    ކަލޯގެޔާ މިފަހަރު ޝާހިދުމެންގެ ޖީބުތައް ފުރިގެން ފަޅައިގެން ދާނެ ތޯއްޗެ.

  2. ާަާަަައަސްލު

    ރާއްޖެއަށް ކުނިބިސް، އަލުވި، މިރުސް ފޮނުވާފަ އެތަށް މިލިއަންޑޮލަރެއް ފޭރިގަންނަބައެއްތީ.

  3. ނަސީދު

    ނަމަނަމަ އެއާޕޯޓް ޑީލްކޮއްފިނަމަ ތިކަން ހަތިމުވީ

  4. މުގުރާން

    ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު ބަދަލުވީ!!! ތަހުޒީބުން ނާތަހުޒީބަށް!!! ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ދޫކޮށްލައި އެންމެ ގޮތެއްފޮތެއް ނެތް އިގްތިސޯދަށް!!! ގައުމަށް މިވާންއުޅޭގޮތެއްގެ ދެރަކަމާއެވެ....... ދިވެހިންނޭވެ؟ ހަސަދަވެރިކަން ދޫކޮށްލައި ގައުމާއިމެދު ވިސްނަވާ؟؟؟

  5. މަހެބޫބު

    އެއްޖިންސުން ގުޅުންހިންގުން ބުދައްއަޅުކަންކުރުން ކުރިސްޓިއަން ދިން ފެތުރުން ޒިނޭ ހުއްދަކޮށް ޢާއްމުކުރުން ރޭޕް ކުރުން ހުއްދަކުރުން