"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އުފެއްދެވި ކޮމިޝަންއަށް އޭނާގެ އެހީތެރިކަން ބޭނުންވާނަމަ ތައްޔާރަށް ހުންނެވިކަމަށް ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.

އުގައިލް މިގޮތަށް ވިދާޅުވީ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" އަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ އަލްއުސްތާޛު ޙުސްނުއްސުޢޫދު ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރެއްވުމަށް ފައެވެ. ސުއޫދަކީ އެ ކޮމިޝަންގެ ރައީސްއެވެ.

އުގައިލް ވިދާޅުވީ، މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް ސޯލިހު ފެއްޓެވި މަސައްކަތުގެ ސަބަބުން ވަަރަށް އުފާވާ ކަމަށެވެ.

އަދި މިއީ ވަރަށް ގިނަ ބަޔަކަށް އުއްމީދު ކުރި ކަމެއް ކަމަށާއި، އެކަމުގައި އޭނާއަށް ވެވިދާނެ އެހީތެރިކަމެއް އޮތްނަމަ އޭނާއަށް އަންގައިދިނުމަށް އުގައިލު ވަނީ އެދިފައެވެ.

މީގެ ކުރިންވެސް އުގައިލް ވަނީ މަރުތައް ތަހުގީގު ކުުުރުމަށް އޭނާގެ އެހީތެރިކަން ބޭނުންވާނަމަ ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަބޯ

    މިމަރުތަކަށް އުގައިލް ބޭނުމެއްނުވޭ.

  2. ސޯޕް ލައިޓް ބްރަދަރ

    މިއީއަޅެފަހެ ބާބަޕާޕާތަ؟ ދުނިޔޭގަ ލެއްވިހާކަމެއްއެގޭ ޕޮރޮފިސަރ

  3. ރައްޔިތުން

    ޙުމާމުގެ ސަލާމަތީ ފިޔަވަޅުއަޅާ ފުރަތަމަ

  4. ާޕްރޮސޭސަރު

    މަވެސް އެހީވާން ތައްޔާރު ... އޭނާ އެކަންޏެއްނޫން މަވެސް އެހީވާނަން. އަޅުގަނޑަށް ގުޅާލާ...

  5. ނުރަބޯ

    އެހެންވީމާ މިސޮރަށް ވެސް މިނިސްޓްރީ އެއް އުފައްދާފަ ދޭން ފެންނަނީ އެ މިނިސްޓްރީގެ ނަމަކީ މިނިސްޓްރީ އޮފް މަރުތަޙުގީގު?

  6. ޏާޏާޏާ

    ވަކި މީހަކު ވެރިކަމަށް އައިމަކާނޫން ދެއްތޯ މިކަހަލަ ކަންކަމުގައި އެހީތެރިވެދެއްވަންވީ ! ލާ އިންސާނީ ޢަމަލެއް ހިންގާފައިވާ އިރު ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އެހީތެރިވެދޭންޖެހޭ ! ކޮބާ! ހަމަޔާ އިންސާފު !