ގއ.ވިލިގިނލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ފަޅާލި މައްސަލައިގައި ހަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ބީއެމްއެލްގެ ވިލިގިނލީ ބްރާންޗްގެ ފުރާޅު ހަލާކު ކޮށްލައިގެން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައިގައި ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހަ މީހަކު ހައްޔަރު ކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށެވެ.

ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ ފަތިހު 05:37 ގައެވެ. އެތަނުން ނަގާފައި ވަނީ ކިހައި އަދަދެއްގެ ފައިސާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި މިރޭ ހޯދާފައި ވަނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ބީއެމްއެލްގެ ވިލިގިނލީ ބްރާންޗް ފަޅާލި މައްސަލައިގައި ބީއެމްއެލް އިން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ބޭންކް ބްރާންޗް ފަޅާލުމުން މިއަދު އެބްރާންޗްގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހސނ

    ތިޔަަ ބުނާތަފްސީލެއް ލިބޭނެެބާ

  2. ޥަޒީރުކަލޭގެ

    ތިޔަ މިނިސްޓްރީ އިމާރާތް ކުރި މީހުންނާ ބައްދަލު ކުރާންވީނު އެމީހުންދޯ ބުރަމަސައްކަތް ކުރީ

  3. ގިވްއިން

    ވިލިނގިލީ ބީއެމްއެލް ފަޅާލައި ބޮޑު ވައްކަމެއް، ހަ މީހަކު ހައްޔަރު ކޮށްފިނަމަ އެއީ މަމެން އުފާކުރާ ކަމެކޭ ތިޔާ ކަން ހިނގާނީ ބޭންކް ގައި މަސައްކަތް ކުރާ މީހުންނާއި ގުޅިގެންނޭ އެއީ މަމެންނަށް ޔަގީން ކަމެކޭ ދަ ރާއްޖެތެރޭގައި ކޮންމެހެން ބޭންކްސް ތައް ހެދުން މުހިއްމުތޭ އޭގެ ބަދަލުގައި ވެންޑިންގް މެޝިންގް ގަނޑެއް ބެހެއްޓުމުން ފުދޭނެއޭ އޯއް ޓްރައި ޓު އަންޑަރސްޓޭންޑް މީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް އޯއް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން...

  4. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ މަމެން ޕިންކީންގެ ވެރިކަން ނިމުނު ދުވަސް ނޫން އަނެއް ދުވަހު ތަމެންގެ ވެރިކަމުގައި ރާއްޖޭގެ ގައުމީ ބޭންކް ފަޅާލީއޭ ދޯ އަދި ވެސް އެ ފަޅާލި މީހުން އަތުން އެފައިސާ އެއް ނުހޯދެއޭ އެއީ ތަމެން ރައްޔިތުން ގައި ގައި ޗާބޫކުން ތަޅަނީއެއް ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް އަވަހަށް އެޗާބޫކުނޭ ގެންދަވާ..

  5. ބުލް

    ފުލުހުން ކާމިޔާބެއް ހޯދާފިއްޔާ އެކަން ފާހަގަކޮށް ކޮމެންޓެއް ކޮއްލާނެ މީހަކު ނުހުރެ

  6. ޢާސީ

    ކަންތަކާ ޖެހެނީ ބޭންކުގެ ބައިވެރިވުމެއ ނެއްބާ އަނެއކާ

  7. މަހަށްދޭދޭ

    ތަމެންގެ ވެރިކަމުގެ ހަނީމޫން ސްޓޭޖް ގައި ބޭންކް ފަޅާލީދޯ 48 ގަޑިއިރު ތެރޭގައި ތަމެން އަޅެ ޕޮލިސީ އެއް ލިޔެގަ ބޭންކްސް ތައް ނުފަޅާނެ ގޮތަކާއި ގުޅޭ ގޮތުން ތަމެން ދެން މަަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  8. ބޮލިހިލާ

    ދެން މުޅިން އަޑުއިވޭނީ ވައްކަން ކުރާ އަޑާއި ތަންތަން ލޫޓުވާ އަޑާއި އަދި ޑޮލަރު އަގުބޮޑުވާ އަޑާއި ތަކެތީގެ އަގު ބޮޑުވާ އަޑާއި ބާޒާރުން ފިޔާ އަލުވި ހުސްވާ އަޑާއި ތެލުގެ އަގު ބޮޑުވާ އަޑާއި އަދި ކޮމޯޑިޓީސް ބޮޑުވާ އަޑުތަކޭ ދެން އަންނަން އޮތް ތަދުމަޑު ކަމާއި ހަނަފަސް ކަމުގެ ބޮޑު ކަމުން ހުރި ހިތާމައެއްގެ ބޮޑު ކަމާއޭ ތަމެން ދެން ދަގަ ތިޔާ ޕޮލިސީ ރޭވުން ހުއްޓާލާ ދިގު ފަރަށް ބޮލިހިލަން ދަގަ ދަގަ ދަގަ ބޮލިހިލަން ބޮލިހިލާ ދޯ..