މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރިކަމަށް ޕޮޒިޓިވް ވުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަޒީފާ އިން 2015 ވަނަ އަހަރު ވަކިކުރި އައިޝަތު ހަނާ ވަހީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އޭރުގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް އިސްމާއީލު ވިޝާމް އާއި އަނބިކަނބަލުން ހަނާ އެމީހުން ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ހައްޔަރުކޮށް އެޕާޓްމަންޓް ފާސްކުރިއިރު މަސްތުވާތަކެތި ހުރި ހަ ސެލޯފިން ކޮޅާއި، ބޭނުން ނުކޮށް ހުރި ހަ ދަޅު ބިއަރާއި، ބޭނުންކޮށްފައި ހުރި ދެ ދަޅު ބިއަރު ފުލުހުން އަތުލައިގަތެވެ.

އެމައްސަލައިގައި ހަނާ އާއި ވިޝާމްގެ ބަންދުގެ މުއްދަތު ވެސް ކޯޓުން އިތުރު ކުރިއެވެ. އަދި ދެބޭފުޅުން ފަހުން ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފައެވެ.

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް ހަނާ އައްޔަން ކުރުމުން ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދާއިރު ނަޒާހަތްތެރިކަން ގެއްލިފައިވާ އެހެން ބައެއް ބޭފުޅުން ވެސް ރައީސް އުފެއްދެވި ކޮމިޝަންތަކަށް އައްޔަން ކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. މިފަދަ ފާޑުކިޔުންތައް އެންމެ ގިނައިން ކުރިމަތި ކުރަމުން ގެންދަނީ ރައީސް ސޯލިހްގެ ސަޕޯޓަރުން ކަން ވެސް ފާހަގަ ކުރެވެއެވެ.

ރައީސް ސޯލިހް ވަނީ މިހާތަނަށް ރިޔާސީ ޤަރާރަކުން ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާ އަދި ކުށްވެރިން މިނިވަންކުރަން ކޮމެޓީއެއް ވެސް އުފައްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ބުރުގާ

    މީ ހަކުރު ގަންޖާ ފަތް މަރިޖުއާނާ ބޯ މީހުންގެ ސަރުކާރު. އެހެންވީމާ ތިކަހަލަ ހުރިހާ ޕާޓޭން މިސަރުކާރުތެރޭން ފެންނާނެ.

  2. ޖޯޖު

    ކޮރަޕްޓް ސަރުކާރު މަސްތުވޭސަރުކާރު

  3. Miadhu

    މިއީ މިސަރުކާރު ގެންނަން މަސައްކަތްކުރި 4 ލީޑަރުންގެ ނަޒަރުގައި ގައުމު އޮންނަންވީ ލެވަލް

  4. ޖޯ

    މި ސަރުކާރުއައީ ތިކަހަލަ މީހުން ކުރިޔަށް ނެރެންކަން މިހާރު އެބައެގޭ

  5. އަހައްމާއިދީ

    ބޯންވީ ބޯންވާނެ ގާޒީ ހައްޔަކުރި މީހެއްނެއް ވަރަށްސާފު ދެން އެންމެން އަށްޖަހާ.

  6. ސައްލޭ

    ސައްލޭ ބުނާނީ ސޯ ސަޅިއޭ

  7. އިބޫގެ ސަރް ކާރް

    ސަބުރާ ނޫރައްދީނުވެސް އެހެރީނޫންތޯ ބިކިނީ ފޮޓޯތައް އާންމުކޮއްފަ ގޮސް ރަސްމީ މަގާމަކަައް ލާފަ.

  8. ާަނަސްމާ

    ޥެރިކަމުގެ ދުވަސް ތައް ފާއިތުވާ އިރުވެސް ގައުމަށް ކަމެއްނުކުރާނެ.

  9. ބުއްޅަަަަަަަަަަަަަަަބޭޭޭ

    ބިޔަރުދަޅަކީ ދެން މިހާރު އެވަރުގެ ކަމެއް ނޫނޭ!

  10. މަސްވެރިޔާ

    އެންމެފަހުންގޮސް ތިމީހުން ވާނީ ރައީސަށް ބޮޑްކަންތައް ގަޑަކަށް. ސުއޫދަކީ ސިޔާސީ ޑީސެންޓް އެކްޓިވެސްޓެއް. މަވާ އިބޫއަށް ސަލާމް. އަސްލުގަ ބޭބެ ހީކުރިގޮތެއްނޫން. ހަމަ ކަޑައޭ ބުނެވޭނީ.

  11. ާަަަަަެެެޮޮިުއަފީ

    ދެންވާނީތިޔަހެންޕޮޒިވުމީހުންލާގެންނޫނީއެއްކަމެއްވެސްނުވާދެންވާނީތިޔަހެންކުލައައްޔެއްނުއެހެންވީމާތިލީވެސްތިކަހަލަދެބަންދިހާރައިންމުޅިންވެސްތިބޭނީ
    ކިހާވަރަކުންދާނެބާ؟ދެންއެއްމެންތިބޭތިޔޮލާގެން

    ހޫޝުކުރިއްޔާ

  12. Anonymous

    ބުނަންތަ؟ މީގެފަރުދާ މީހަކުގެ ހިޔާލައްވެސްނުގެނެވޭނެ... މިކަން ކުރްމިއުޅެނީ ހީވެސްނުކުރާހާވެސް ޕްރޮފެޝަނަލްކޮށް އަދިމާއެވާންސްކޮށް. ބަލަންތިބޭ!! ފނެއެންނު ؟ މިހާރު ވިޔަފާރި ކުރާއާދައިގެ ފިހާރައެއްވިޔަސް އެތަނެއްގަ އަންހެންޒުވާންފުރައިގެ ކުދިންތިބޭނެ. ދެންމާތިލަކުރީމަ ކަމަކުނުދާނެ ކަންނޭންގެ.

  13. ތެދުތެދަށް

    "ބޯން ޖެހޭނެ ބޯން ބޭނުންވޭ ނުބޮއި މިކަމެއް ނުވާނެ"...ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް ނެގިޔަސް ކަތިވާނެ...އުފެދުނު ސަރުކާރު ފެށުނޫވެސް ކަތި ބިންގަލަކުން...ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ނުކުރެވޭނެކަން ޢަމަލާއި ބަހުން ޘާބިތުވަނީ

  14. މުހައްމަދު

    ކަލޭމެންފާޑުނުކިޔާގޮތަކަށް އަހަރުމެންނަށް ކަމެއްނުކުރެވޭނެ އަހަރުމެންފާޑުނުކިޔާގޮތަކަށް ކަލޭމެނަށް ކަމެއްނުކުރެވޭނެ މީވަރަށް ސާފްކަމެއް

  15. ހަމަ ބުނެލީ

    ކޮންމެ މީހަކީ އަބަދު އެއްގޮތަކަށް ތިބޭނެ ބައެއްނޫން

    • ޟިން

      ވަރަށް ރީތި ... ތިޔައް ކިޔަނީ މަވިއްޔާ ވަރިހަމަ....

  16. ަަަޯކޮަްއުމް

    ސުކުރިއްޔާ?

  17. އައްޔު

    ޖަޒީރާ ރާއްޖޭގައި ތީކީ މައްސަލައެއް ނޫން

  18. ދުރުމީ

    މިއަށްވުރެ ދެން ވަކިން ތާހިރު ދިރިއުޅުމެއް ރައްޔިތުންނަކަށް ނުފެންނާނެ. ބާރަށް އަތްޖަހާ އިބޫއަށް ވޯޓު ދިން މީހުން

  19. ޗިއްލޫ

    މިގައުމުގެ ރައްޔިތުން ބަލައިގަން ނަނީ 4 ކަމެއް އެމީހެއްގެ ގައިގަ އަށަގެންފަވާމީހުން، 1 މަގުމައްޗައްނިކުމެ ބާރަށް އައުގުރާނަ ގޮވަން އެގުން 2މަސްތުވާމީހަކަށްވުން 3 ވައްކަން ކުރާމީހަކު ކަމުގަވުން 4 އިސްލާމް ދީނަށް ބަދުބަސްބުނެ ހަަޖޫޖަހާމީހަކަށްވުން، މިއިން އެއްވެސްކަމަކުން ފެއިލްވެފަވާ މީހަކު މިގައުމުގެ ރައްޔިތުން ބަލައެއްނުގެންނާނެ ކަމީ ޝައްކެއްވެސް އޮތްކަމެއްނޫން!!!!!!!!!!!!!!!!!!!!!!!!

  20. ޔަޝޫނާ

    ދެން ކޮމިޓީތަކުގަޔާއި މަތީމަގާމުތަކުގަ ހަމަ ހިނދުކޮޅުގެ މީހުން ފެންނަމުންދާނެ.

  21. ރަޝީދުބެ

    ފާޑުކިއެންވާނެ އެވެސް ކުރި އެރުމެއް އަބުރުގެ ދައުވާއެއް ނުކުރާނެ ހަޖަމުވެސްކުރެވޭނެ ބުނަން ސަޕޯޓަރުން ބޮލުގަ ނައަޅުވާ ކެރިގެން ކިއާ ނޫނީލިއާތި!

  22. ޣީސަބެ

    އެމަންޖެ މިހާރު ވަރަށް ބަސްއަހާ 2015ގެ ފަހުން....

  23. ޖަހާންގީރު

    މިހެންވީމާ ހަކުރު ގިނަކުރަން ފުރުޞަތު ހޯދާދޭ ސަރުކާރެއް ކަމަށް ނިންމައިފީމެވެ

  24. ޝައުކަތު

    އެމްޑީޕީގެ ޕްރޮޕެގެންޑާ މެޝިންތައް ކަމުގައިވާ މިހާރު ނޫހާއި އަވަސް އަދި ރާއްޖެ ޓީވީއަކަށް ނުކެރޭނެ މިވާހަކަތައް ދައްކަން.

  25. ރައްޔިތުން

    ޢަނބުރާ މުޖުތަމައު އަށް މީހުން ނެރުން.

  26. ޙަސީ

    ދެން ކިތަންމެ ދެރަވިޔަސް ހަޖަމް ޕްލީސް. ސާބިތު ނުވާ ކަންތަކުގަ ވާހަކަ ނުދައްކާ. ތީ ޔާމީން ސަރުކާރުން އޭނަ ފަލީހަތް ކުރަން ގަސްތުގަ ކުރި ކަމެެއް ދެކޮޅު ނުބަލާ ނޫސް ނުލިޔަން ވަަރަށް އެޑްވައިސް ކުރަން!
    ޝީ އިޒް ހަމަ ދަ ބެސްޓް!!

  27. ކިލަގެފާނު

    މިއޮތީވާ ސަރުކާރެއް ހަކުރޭމެންގެ ސަރުކާރު.

  28. ދީދީ

    ގަންޖާ ސަރުކާރުން ރާއަންމު ކުރަނީބާ؟

  29. މައިކަލްޖެޝަން

    ބަލާފަވެސް އެބަޖާހާ ވައްތަރު.

  30. ކަލޯ

    ރައީސް ޞޯލިހުގެ ސަޕޯޓަރުން އެގޮތަށް ފާޑުކިޔުމުން ދޭހަވަނީ އެބޭފުޅުންނަކީ ރައީސް ޔާމިނުގެ ސަޕޯޓަރުންހެން އެޅިހާބަތަކަށް ރިހަވާ ބައެއް ނޫންކަން.

  31. ކެރަފާއ

    ޖަޒީރާ ރާއްޖޭގައީ ބޮވެންވާނެ ބޮވެންޖެހޭނެ ބޯމީހުންނައް ވަޒީފާ ދެވެންވާނެދޯ .

  32. عبدالله

    ޤާނޫނާއި ޚިލާފަށް ގޯސްކޮށް ކުރެވޭ ކަންތައްތައް ޤާނޫނާއި އެއްގޮތަށް ރަނގަޅު ކުރެވޭނަމަ، ކިހައި ރަނގަޅު ހެއްޔެވެ. ޔޫރިން ޕޮޒިޓިވް ވެއްޖެއްޔާ އެއީ ކުށުގެ ޢަމަލެއް ކަމަށް ބަލައެވެ. އަދި ޤާނޫނުގައިވާ ގޮތުގެމަތިން އަދަބުދެއްވައެވެ. ހަނާގެ މައްސަލަ ދިޔައީ ކޮންގޮތަކަށްތޯ ސުވާލުއުފެދެއެވެ. މައްސަލަ އޮއްބާލީ ކޮންފަދަ ނުރަނގަޅު ނުފޫޒެއްގެ މައްޗަށްތޯ ބަލަންޖެހޭނެއެވެ. މިފަދަ މައްސަލައެއް ނުބަލައި ދޫކޮށްލުމަކީ، ކޮރަޕްޝަންގެ ޢަމަލަކަށްވާނެއެވެ.

  33. ނަން ނުކިޔާ

    އަދިވެސް އެމް.ޑީ.ޕީ އަށް ވޯޓްލާ އޭރުން ހުރިހާ މޮޅެއް ވެސް ވާނެ މިރާއްޖެއަށް.