ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުނު މައްސަލަ ތަހްޤީޤް ކުރުމަށް އިހުމާލުވެ، ޒިންމާ އުފުލުމަށް ނުކުޅެދުނު ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ މެންބަރު ކަމަށް އައްޔަން ކޮށްފައިވާތީ ގިނަ ބަޔަކު އެކަން ފާހަގަ ކުރަމުން އެބަގެންދެއެވެ.

ރިލްވާން ގެއްލުނު އިރު ސަރީރާ ހުންނެވީ ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ރައީސްކަމުގެ މަގާމުގައެވެ. އެމައްސަލަ ފުލުހުން އެންމެ އެދެވޭ ގޮތެއްގައި ތަޙްޤީޤު ކޮށްފައި ނުުވާކަމަށް އެކޮމިޝަނުން ރިޕޯޓެއް ތައްޔާރު ކުރި ކަމަށް ބުނެވެއެވެ. ނަމަވެސް ރިޕޯޓް ކަމާބެހޭ ފަރާތްތަކާއި ހަވާލު ކުރަން ވެސް އަދި ރިޕޯޓް އާންމު ކުރަން ވެސް ސަރީރާ ވަނީ ފަހުން ދެކޮޅު ހައްދަވާފައެވެ.

ރިލްވާން ގެއްލުނު މައްސަލައިގައި ފުލުހުން އިހްމާލް ވެފައިވާނަމަ އެކަން ބަލައި ތަޙްޤީޤުކޮށް އެފަދަ ފުލުހުންނާއި މެދު ފިޔަވަޅު އެޅުމަކީ ޕީއައިސީ އިން ކުރަން ޖެހޭ ކަމެއް ނަމަވެސް އެފަދަ މަސައްކަތެއް ވެސް ސަރީރާ ކުރައްވާފައެއް ނުވެއެވެ.

ސަރީރާ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އޭނާ އަށް މަގާމު ގެއްލުނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އުވާލާ ގައުމީ އިންޓަގްރިޓީ ކޮމިޝަން އުފެއްދުމުންނެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން މިހާތަނަށް ދެ ރިޔާސީ ކޮމިޝަނަކާއި ކުށްވެރިން ދޫކުރަން ކޮމެޓީއެއް އުފައްދަވާފައި ވާއިރު ދެކޮމިޝަނާއި ކޮމެޓީގައި ވެސް ނަޒާހަތްތެރިކަން ގެއްލިފައިވާ މީހުން ތިބުމުން ވަރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އެއީ މިނިވަން ތަޙްޤީޤުތަކެއް ކުރަން ޖެހޭ ކޮމިޝަންތަތަކަށް ވާއިރު ސިޔާސީ ބޭފުޅުން ކޮމިޝަންތަކުގައި ތިއްބެވުމުން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަންނި

    އަދި ރައީސް އެއުޅުއްވަނީ ކޭކު މުޅިން ފަޅާނުނިމިގެން، އަދި ތިކަހަލުގެ ވަރަށް ބައިވަރު ހިއްސާދާރުން އުޅޭނެ، ކޮބާ އަދި ހާޑިންހަމް، އޭނަޔަށް އޮތިން ކޮންމަގާމެއް، އެވެސް މިގައުމުގެ ރަައްޔިތެއްނޫންތޯ؟؟؟

  2. ނަޒާހަތްތެރި

    ތި މީސްމީހުންނަކީ އަނިޔާކޮށްފަ އިހުމަލު ވެފަ ކަމުން ރެކެން ސިޔާސީ ވެގެން އުޅޭ މީހުން.ސަލާމް

  3. އައްޑޫސިޓީ

    ކޮމެޓީތަކުގަ ނަޒާހަތްތެރިކަން ގެއްލިފަތިބުމަށްވުރެ ކެނިނެޓްގަ އެފަދަމީހުންނާ ކޮތޮޕްޓް މީހުންތިބުމަކީ ވަކިކުޑަކަމެއްތަ؟

  4. Miadhu

    ގެއްލިފައިވާ އިންސާފެއް ހޯދަދިނުމަށް މިވަރުގެ ސަރުކާރެެއް އެކުލަވާލެވޭނީ ސާބަހޭ ކޮރަޕްޓް ސަރުކާރުގެ ރައީސަށް

  5. ހުސޭނު

    އިންސާފް ހޯދަން ބަޔަކު އުޅުންތަ؟ ނޫނީ ވަކިމީހެއްގެ ބޮލައްހުރިހާ ކަމެއްކަނޑާލާފަ ދުވީ ވެރިކަން ތިމާ އެދޭބަޔަކައް ހޯދަދޭންނޫންތަ؟ އެކަން ވެއްޖެ އެއްނު، ކަޅު ހުކުރު މިސްކިތްވެސް ފެނިއްޖެއެއްނު، ދެން އާއިލާ ކުދިންކޮޅު ނުކުމެ ސެލްފީނަގާފަ އަތްޖަހާ.

  6. މޯޑު

    ތަހުގީގު ރަގަޅަކުރެވޭނެތަ!

  7. عبدالله

    ފަޟީޙަތްވެ ބޭޒާރުވެފައިވާ މީސްމީހުންގެ ފަހަތުން ހިނގާނީވެސް ފަޟީޙަތްވެ ބޭޒާރުވެފައިވާ މީހުންކަމަށްވާއިރު، ރައީސް އިބޫގެ ދުރުވިސްނޭ ދުރުމީގެ ފޯކަސް ގެއްލުވައިލަނީ، ކޮންބައެއްތޯ ސުވާލުއުފެދެއެވެ.

  8. އަބޯ

    ރިޒްވާނަށް ވީގޮތްވެސް ހެދިގޮތްވެސް އެގޭނީ ނަސީދަށް. އަފްރާސީމަ މައްސަ އުސްފަސްގްަނޑުގެ ހިސާރުންނަށް އެގޭނެ

  9. އަންނި

    ހާޑިން ހަމް އައް އިސްލާމީ މަރުކަޒުގެ އިމާމު ކަން

  10. ލަމް

    ތީ ހަމަ ސީދާ ގާސިމްގެ ކަމެއް. ޢޭނަގެ މީހުން ހުސް މަޤާމުތަކަށް އެ އަޅަނީ

  11. ތިމަންނަ

    ބަލަ މިހިރަ ސޯލިހާ. ބޮޑެތި މައްސަލަތަކުގައި ފިތިފާ ހުރިމީހެއް ނޫން މީހެއް ކަލޭގެ ކޮމިޓީއަކަށް . ލަފާދޭމީހަކަށް . ނުނެގެނީހޭ މަނިކުފާނުގެ ގާތުގައި ގިނައިން ތިބީ ހައްތަހާވެސް "ގަރަޑަ"މަލެވެ. މިކަން ރަގަޅުކޮށްބަލާށޭ