ފިރިހެނުންނާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެ، ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފަށް ނަސޭހަތް ދެއްވި ނަމަވެސް މިނިސްޓަރ ޝިދާތާ ރޭ ވެސް ފިރިހެނުންނާއި އަތާއި އަތް ޖޯޑު ކުރައްވާ ސަލާމް ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން އެކަމުގެ އުފާފާޅުކުރަން ބޭއްވި ފުޓްބޯޅަ މެޗްގައި ކުޅުއްވި ދެޓީމްގެ ކުޅުންތެރިންނާއި މިނިސްޓަރ ޝިދާތާ ރޭ ވެސް ވަނީ ސަލާމް ކުރައްވާފައެވެ. އެޓީމްތަކުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ކުރީގެ ކުޅުންތެރިން ހިމެނުނެނެވެ.

މީގެ ކުރިން ޝިދާތާ ފިރިހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމް ނުކުރެއްވި ނަމަވެސް ވަޒީރުކަމުގެ ފަތްކޮޅާއި ހަވާލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަތާއި އަތްޖޯޑް ކުރައްވާ ސަލާމް ކުރެއްވެވިއެވެ. ވަޒީރުކަމާއި ހަވާލުވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމާ ވެސް ޝިދާތާ ސަލާމް ކުރެއްވިއެވެ. ވަޒީރުކަމާއި ހަވާލުވުމަށް ފަހު ބާއްވާ ހުރިހާ ހަފްލާއެއްގައި ވެސް މިނިސްޓަރ ޝިދާތާ ގެންދަނީ ފިރިހެނުންނާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރަމުންނެވެ.

މިނިސްޓަރ ޝިދާތާ ފިރިހެނުންނާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރާތީ އަދާލަތު ޕާޓީއަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް އިޔާޒް ވަނީ ޖަވާބުދާރީވެ ވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ މެންބަރަކު ކުރި ނަމަވެސް ޙަރާމް ކަމެއް ވާނީ ޙަރާމް ކަމަކަށް ކަމަށެވެ.

"ހިލޭ އަންހެނަކާއި ފިރިހެނަކާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެއް. އޭޕީ އަށް ނިސްބަތްވާ ބޭފުޅަކު އެކަން ކުރެއްވި ނަމަވެސް އެއީ ޙަރާމް ކަމެއް." އިޔާޒް ވިދާޅުވިއެވެ.

މިނިސްޓަރުކަން ލިބިވަޑައިގަތުމުން ޝިދާތާއަށް މިހައި ބޮޑު ބަދަލެއް އައުމުން ވަރަށް ގިނަ ބަޔަކު ގެންދަނީ އެކަން ފާހަގަކޮށް މިނިސްޓަރ ޝިދާތާ އަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. މާލެ

    ހަރާމް ކަމެއްނޫން

    • ޢަފީ

      ޙަރާމް ކަމެއް

    • އަހަރެން

      ޙަރާމް ކަމެއް

      • މަ

        ޙަރާމްކަމެއް

  2. އަފީ

    ﷲ ސބވ ވަނީ ކޮންމެ އިންސާނަކަށްވެސް އަބުރުވެރިކަމެއް ދެއްވާފައި! އަދި އިސްލާމްދީނުގައި މިކަމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅުވާފައި! ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނު އާސާސީން މިއަދު މިވަނީ އަބުރުގެ ގާނޫނު އުވާލާ އަބުރާ ބެހުން ހުއްދަ ކޮށްފައި! ކޮބާތޯ ދީނީ އިލްމުވެރިން! ކީއްތޯ މިއަދު މި ކުރައްވަނީ! ދީނީ ބޯޑް އަޅުވާގެން ހައްގުބަސް މިއަދު ބުނަން ނުކެރެނީ ކީއްވެތޯ!

    • ވިސްނާ

      ކަމެއް ދިމާވާ އިރަށް އިލްމުވެރިންނަށް އެއްޗެތި ކިޔާ ގޮތްވަނީ ކީވެތަަ؟ އިލްމުވެރިން ކަންކަން އޮންނަ ގޮތް ސާފު ކޮށްދިނީމަ އަމަލެއްވެސް ކުރަނީކީ އެއްނޫ

      • ކކ

        އެއީ ހުރިހާ ކަމަކާބެހޭތީ

    • ދދދދދދ

      އިޔާޒު ކަހަލަ ދުނިޔޭން މޮޔަވެފަ ތިބި މީހުންގެ ސަބަބުން އިލްމުވެރިިންގެ އަގު ވެއްޓުނީމަ ވާނީ މިހެން.

  3. ކައުންސެލަރު

    ވަޒީރު ކަމަށް އައްޔަން ކުރީމާ ހަރާން ކަމަކަށް ނުވަނީ ކަންނޭނގެއެންނު. ތިޔަ ބުނާމީހާ ތިޔައީ މުޅިންވެސް ސަރުކާރުގެ އިއްޒަތާޖާހަށް އުޅޭމީހެއް. ކޮބާ ލަދު؟

    • އިބްރާހިމް

      ރަސޫލުﷲ ސއވ ހަރާމް ކުރައްވާފައިވާ ކަމެއް ގިޔާމަތާ ޖެހެންދެން އެއްވެސް ޒަމާނެއްގައި ހަލާލެއް ނުވާނެ. لأن يطعن في رأس أحدكم بمخيط من حديد، خيرله من أن يمس امرأة لا تحل له

  4. ޓޮމް

    އެއްޒަމާނަކަށް ކަމު ނުދާ ކަމެއް އެހެން ޒަމާނަކަށް އެންމެ ރަގަޅު ވެދާނެއެވެ. މިޒަމާނަށް ކަމުނުދާ ކަންތައްތައް ކުރީޒަމާނުގައި އޯކޭ ވެފައި އޮތުމުން ޝޭހުން ބުނަނީ އެއީ އެޒަމާނުގެ އާދައިގެ ކަމެއް ކަމުގައެވެ އެހެންވެ އެއީ އެޒަމާނުގައި އެންމެ ރަގަޅު ކަމެއް ކަމުގައެވެ. މިސާލަކަށް ސްލޭވަރީ. މި ހަމައިން ބަލާފިނަމަ ސަލާން ކުރުމަކީ އެޒަމާނުގައި ކަމު ނުދާ ކަމަކަށް ވިއަސް މިޒަމާނުގައި އެއީ އާންމު ކަމެކެވެ އެހެންވެ އެވާނީ އެންމެ ރަގަޅު ކަމަކަށެވެ.

    • ޖެރީ

      ޓޮމީ..ސަލާންކުރުން އެއީ އެއްވެސް ޒަމާނެއްގަ ކަމުނުދާކަމެއްނޫން.ކަމުނުދަނީ ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އަތާއިއަތް ޖޯޑުކޮށް ސަލާންކުރާތީ....އަތާއި އަތްޖޯޑުކޮށް ސަލާންކުރާހިތްވަންޏާ ތިބާގެ އަނބިމީހާއާއި ދަރިން އަދި މަންމައާއި ބައްޕަވެސް އެހުރީ.ބޭނުންވަރަކަށް އަތާއި އަތްޖޯޑުކޮށް،ސަލާންކުރަންވީ.މީހަކު މައްސަލައެއްނުޖައްސާނެ ހަރާމްކަމެކޭ ކިޔައިގެން. ސަވާބާއި ހެޔޮދަރުމަހުރި ކަމެއް.

    • ނާސިހު

      އިސްލާމްދީނުގެ ކަންކަމަކީ ހަމަ ކޮއްމެ މީހަކު އެމީހަކަށް ފެންނަ ގޮތަކަށް ވާހަކަދައްކައިގެން ވާނެ ކަންކަމެއްނޫނެވެ. ސިޔާސީ ކަންކަމުގައި ތިމާ ހިތަށް އަންނަހާ ގޮތަކަށް ޚިޔާލުފާޅުކުރިއެއް ކަމަކު އިސްލާމްދީނުގެ ކަންކަމުގައި ގޮތް ކިޔާންވާނީ އެކަމުގެ އަހުލިއްޔަތު ހުރި މީސްމީހުންނެވެ.

  5. އަހުމަދު687

    ދީނާ ޤައުމު ވިއްކާލައިގެ ކައިގެން ބޮއެގެން އުޅޭ މީހުން ތިޔަހެން އުޅޭނީ!

  6. ކޮއްކޮ

    އާރާއި ބާރު ލިބުނީމަ ހަރާމާ ހަލާލު އޮޅުނީ

  7. ނީރާ

    ސިދާތާ އަކީ ކުރިން ވަރަށް ބޮޑުކޮށް ބުރުގާ އަޅައިގެން ނިވާކޮށްގެން ހުރި މީހެއް މިހާރު ހުންނަގޮތް ބަލާބަލަ.ބޮޑެތި މަޤާމްތައް ލިބުނީމަ މަގުފުރެދިގެން ދާވަރު. ދުނިޔެމަތީގަ މިހެން އުޅެވިދާނެ މިނޫން ދުވަހެއް އޮތްކަން ހަނދާން ނައްތާނުލުމަށް ގޮވާލަން

  8. މީނާޒް

    އަދާލަތުޕާޓީއަކީ މިޤައުމުގެ ދީނިއްޔަތާއި ޤައުމިއްޔަތު ހަރާމުގޮތުގަ ވިއްކާ ޕާޓީއެއް ،، ކޮންމެފަހަރަކުވެސް އެމް.ޑީ.ޕީއަށް ވެރިކަންހޯދަން ވަރަށްވަރުދައްކާފަ ދުވާތަންފެނޭ ،، ޢިޔާޒު މެންނަކަށްނޭގޭ މިކުރެވެނީ ކިހާވަރެއްގެކަމެއް ކަންވެސް . ކޮބައިތޯ ތަފާތެއް އިޒްރޭލް އާއި އެމް.ޑ.ީޕީ.ގެ ތަފާތެއްނެތް ހަމަ ސޭމް...

  9. Miadhu

    ތިއަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ފެންވަަކީ އެއީ ބަތްދެންޏަ ބޮޑުބެ ހަރާމާއި ހަލާލު އެއިގެ ފަހުން

  10. އަދާވަތު

    މަޤާމާއި އިއްޒަތާއި ޖާހަށްޓަކައި ދީނާއި އަބުރު ވިއްކައިލަނީ. މިއީ ހަމައެކަނި ސިދާތާގެ މައްސަލައެއްނޫން. މުޅި އަދާލަތަކީވެސް މިފަދަ ބައެއް. އެއީ ނަމުގައި ދީން ހިމާޔަތްކުރާނަމޭ ކިޔަސް، ކަމުގައި މަޤާމާއި ބާރުގެ ބޭނުމުގައި ދީން ވިއްކައިލާ އާޚިރަތް ވިއްކައިލާ ދުނިޔެ ގަނެގެން އުޅޭ ބަޔެއް. އެއީ އެއްވެސް ވަރަކަށް ދީން ކުރިއަރުވާ ޕާޓީއެއްނޫން. އަބުރުގެ ޤާނޫނު އުވައިލީމާ އެއްޗެކޭ ނުބުނި. ސިތާދާ ފިރިހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމްކުރުމުން މައްސަލައަކަށްނުވި. އިމްރާން ކުށްވެރިއެއްގެ ގޮތުގައިހުރެ ފަސްބައިސާފުނުވެ ގައުމުގެ ބާރަކާއި ހަވާލުވުމުން އެކަމަށް ސަނާކިޔާފައިވަނީ. އިމްރާން ދެޖިންސް މަސްހުނިވެގެން ކުޅިވަރުކުޅެން އުޅޭއިރު އެކަމަށް ސަނާކިޔާފައިވަނީ. ދެން ކޮން ދީނެއްތޯ.
    އަދާލަތަކީ އެއްވެސް އިރެއްގައި އިސްލާމްދީން ކުރިއަރުވަން އުޅުނު ޕާޓީއެއްނޫން. މިއިން ދުވަހަކުވެސް އެފަދަ މަންޒަރެއް ފެނިފައި ނުވޭ. މުޅިންވެސް ފެނިފައިވަނީ މަޤާމުގެ ބޭނުމުގައި ފައިސާ ގިނައިންދޭ ކޮޅަކަށް ދުވެދުވެ ތިބޭތަން.

  11. ނޭންގޭ މީހާ

    ފިރިހެނުންނާ އަންހެނުން އަތަ އަތްޖޯޑޫކޮށް ސަލާމް ކުރުން ޙަރާމް ކުރައްވަވާ ﷲ ވަޙީކުރައްވާފައިވާ އާޔަތް ނުވަތަ ޙަދީޘް އަވަހަށް ލިޔެލަދެއްވާ. އަހަރެން ބޭންނެ އެގެން.

    • ކަލޯ

      It was narrated that Ma’qil ibn Yassaar said: the Messenger of Allaah (peace and blessings of Allaah be upon him) said: “For one of you to be stabbed in the head with an iron needle is better for him than that he should touch a woman who is not permissible for him.”

      Narrated by al-Tabaraani in al-Kabeer, 486.

  12. ޖ

    ޔަހޫދީން ކައިރިއަށް ގޮސް އުޅޭ މީހެއްގެ ކިބައިގައި ޔަހޫދީ ސިފަގަނޑު ހުންނާނެ ނޫންތޯ؟

  13. ސޭކު

    ޟޭހުަން ސޯޓު ލައި ގެން ފުޓްބޯޅަ ކުޅުން އޯކޭ ދޯ

  14. މުހުންމަދު

    ވަޒީރުކަމަށްއައިޔަންކުރީމައިމްރާނުއަށަސްމައްސަލާނުންސޯޓުލައިގެންއައުރަނިވާނިވިއަސް

    • މަރީ

      އިމްރާން ހުރީ ސޯޓްލައިގެނެއް ނޫން. އެކަމު ދެންތިބި ހުރިހާ ފިރިހެނުން ތިބީ ފިރިހެނުންގެ އައުރަ ނިވާ ނުކޮށް

  15. އަޙްމަދު

    ދެން ޙަރާމެއް ޙަލާލަކަށް ނުބެލޭނެ. ބޭނުންވާކަން ވެފައި އެއޮތީ! ފިރިހެނުންގެ ތެރޭ އަނގަފުޅާ ކުރާއިރު އެކަން ނުވޭތޯ ގޯހަކަށް. އެއިރިއްސުރެ ފިޔަ ފަޅުވާފައި ހުރިމީހަކު ދެން އިސްލާހެއް ނުވާނެ. ނުވެސް ކުރާނެ.!!!!

  16. މުހުންމަދު

    ވަޒީރުކަމަށް އައިޔަން ކުރީމަ އިމްރާނުއައްވެސް މައްސަލައަކަށް ނުވޭ ސޯޓު ލައިގެން އައުރަނިވާ ނިވިއަސް

  17. عبدالله

    ކަމަނާގެ ޢިލްމީ ޤާބިލުކަމުގެ މައްޗަށާއި އަދި އިޚްލާޞްތެރިކަމުގެ މައްޗަށް ބުނެވޭނީ ނޫނެކެވެ.

  18. ދދދދދދދ

    މަށަށް ވަރިހަމަ ސަލާން ކުރިޔަކަސް މަގޭ ބޮލަށް ތުރާވަނީ އަނގަ އަޮައްޗެއްހެން ހަދައިގެން ހުންނާތީ

  19. ދޮނާ

    ތިޔަވާހަކަ ދެންދައްކާނެކަމެނެއް ތިއޮތީ ހރާމް ހަލާލްކޮއްފާ ތިއަދާލަތުޕާަޓީއަކީ އިސްލާމްދީންހިމާޔަކުރން އުޅޭ ޕާޓީއެއްނުން އެއީޤައުމުގެ މަސްލަހަތަށްވުރެއް އަމިއްލަމަސްލަހަތުއިސްކުރާބައެއް

  20. ާަެެއަބުދު

    ބަލަ ވަޒީރު ކަނ

  21. ޔާމިން

    ސާބަހޭ ސިދާތާ

  22. މުނީ

    އަދާލަތު ޕާޓީއަކީ ހަމައެކަނި ނަމަކަށްދީނީ ޕާޓީއެއް. ޢެހެނޮނޫންނަމަ އެމް.ޑީ.ޕީ ފަހަތަކުން ނުދުވީސް. ޢަހަރެމެން މިހާރު އެއްވެސް ގަދަރެއް ނުކުރަން ެ ޕާޓީއަކަށް. ޅާރިކޮޅެއްދިނީމަ ވަރަށް އަގުހެޔޮކޮށް ވާހަކަ ވިއްކާބައެއް

  23. މޮޔަގޮލާ

    ކުރިންވެސް ކޮށް އުޅޭ

  24. ޙުސަަަަަަަައިނު

    މިހާރު ހުރިހާ ކަމެއް އޯކޭ ވީ ބާ.

  25. ވާނުވާ

    ސާބަހޭ އިޔާޒު. ކޮންމެ ހާލަތެއްގައިވެސް ޙައްޤު ބަސްބުނުއްވާތީ. ޝުކުރިއްޔާ

  26. ހެހެހ

    މި އަންހެން މިހަާއަކީ ވަރަށް ފޭކުމީހެއް. އަހަރެންގެ ރައްޓެއްސެއް މަގޭކައިތީ ބުނީ މިއަންހެނާ ގެންޑާގައި މަސައްކަތް ކުރިއިރު އެބިއުސް ކޭސްއަކާއި ގުޅިގެން ރިޕޯޓުކޮށް ހައްލުނުވެގެން މިއަންހެންމީހާކައިރިަށް ދިއުމުން ވަގުތުން އޭނައިން ތަނުން އެމީހާ ނެރެލީކަމަށް. ވަރަށް ޒިމްމާދާރު ކުޑަ އަންހެނެއް ކަމަށް ބެލެވެނީ!

  27. ކަންނެލިދޯނި

    އެއީ ހަރާންކަމެއް ނޫން. ދީނުގއ ހަލާލު ހަރާނވަނީ ސާފުކޮށް ބަޔާންކޮށްދީފަ. 1400 އަގަރު ފަހުން ރަސޫލާ ކަނަށް ދައުވާ ކުރާނެ ކަމެއް ނެތް.
    ތިޒާތުގެ ސިތާސީ މީހުން ދައްކާ ގާހަކަ މީސްރަކުން މިހާރު ގަބޫލެއް ނުކުރޭ.

  28. އަވައްޓެރިޔާ

    ތި ޝިދާ ތީ ވަރަށް ގޮތެއް ނެތް މީހެއް. އޭނާގެ ބަސްމޮށުންތެރިކަން އިނގޭނެ އޭނާގެ އިންޓަރވިއުތަކާއި އެއްޗިހި ބެލީމާ. ވަރަށް ދަށުގަ އޭނަ އުޅެނީ

  29. ނަލަ

    ބަޔަކު މާނަކުރާ ގޮތުން ހަރާމް ވެގެން އުޅެނީ އެބުނަނީ އެދުންވެރިކަމާއެކު ބީހުމުގެ ވާހަކަ

    • ކޔ

      އަސްލުވެސްތަ؟؟އެހެންވީއިރު އަޑުއަހާ!!!ޝައިތާނާގެ ވަސްވާހަކީ އިންސާނާގެ ހަށިގަނޑުގަ ލޭ ދައުރުވާ އުސޫލުން ދައުރުވާ އެއްޗެއް.ތިބާ، ހިލޭ އަންހެނަކާއި ސަލާންކުރަން އަތްދިއްކޮށްލާ ހިސާބުން ތިބާގެ ހިތްނިޔަތް ފާސިދުވެގެން ނުދާނެކަމުގެ ގެރެންޓީއެއް ދީބަލަ ނިކަން.އަދި އެކަހަލަ ވަގުތެއްގަ ޝައިތާނާގެ ވަސްވާސްތައް ހުއްޓުވިދާނެކަމުގެ ގެރެންޓީއެއްވެސް ދީބަލަ ނިކަން.

  30. ސ

    މިހާރަކު އަބުރެއް ނެއް ގަބުރު އޮތީ

  31. ދދދ

    އެކަކުވެސް ގަބޫލެއް ނުކުރާނެ އޭނަ ދޭ ނަސޭހަތް އެއީ ކާކު؟

  32. ރާފަޅާ

    ތީ ޚަބަރެއްތަ؟ ނޫނީ ފަޟީޙަތްކުރުމެއްތަ؟ ތީކަލޭމެންގެ ފެންވަރަކީ. ޝިދާތާއެކޭ ކަލޭމެންނެކޭ ވަކިތަފާތެއްކޮބާ؟