ބޮލީވުޑްގެ ކުރީގެ އެކްޓަރ ނަފީސާ އަލީ ކެންސަރު ބަލީގައި މަރާ ހަނގުރާމަކުރަމުން އެބަދެއެވެ.

ޕެރިޓޯނިއަލް އަދި އޯވަރީ ކެންސަރުގެ އެންމެ ސީރިއަސް ސްޓޭޖުކަމަށްވާ ސްޓޭޖް ތިނެއްގައި ނަފީސާގެ ބަލި ހުރި އިރު، އޭނާއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އިންސްޓަގްރާމް މެދުވެރިކެވެ.

އެގޮތުން ނަފީސާގެ ޒަމާންވީ އެކުވެރިޔާ، އަދި އިންޑިއާގެ ކޮންގްރެސްގެ ލީޑަރެއްކަމަށްވާ ސޮނާލީ ގާންދީއާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ ކެންސަރުގެ ސްޓޭޖު ތިނެއްގައި ވަނިކޮށް ޒަމާންވީ އެކުވެރިޔަކު ބައްދަލުކޮށް އަވަސް ޝިފާއަށް އެދުމުން އުފާވާ ކަމަށެވެ.

ނަފީސާ އޭނާގެ ޒަމާންވީ އެކުވެރިޔާ ސޮނާލީ ގާނދީ އާއި އެކު
ނަފީސާ އޭނާގެ ޒަމާންވީ އެކުވެރިޔާ ސޮނާލީ ގާނދީ އާއި އެކު

އުމުރުން 61 އަހަރުގެ ނަފީސާ ބޮލީވުޑަށް ތައާރަފްވެފައިވަނީ 1978 ގައި ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޝަޝީ ކަޕޫރު ޑައިރެކްޓް ކޮށްފައިވާ ފިލްމު "ޖުނޫން"އިންނެވެ. އޭގެ ފަހުންވެސް ނަފީސާ ވަނީ މަޝްހޫރު އެތަކެއް ފިލްމެއް ކުޅެދީފައެވެ. އޭގެ ތެރޭގައި 1998 ވަނަ އަހަރު ނެރުނު ފިލްމު "މާޖޯ ސާބް" އާއި 2007 ވަނަ އަހަރު ނެރުނު ފިލްމު" ބިގް ބީ" ހިމެނެއެވެ.

ދެހާސް ހަތްވަނަ އަހަރަށް ފަހު ރަސްމީކޮށް ފިލްމީ އިންޑަސްޓްރީގެ ފިލްމުތަކުން ނަފީސާ ފެނިގެން ގޮސްފައިނުވާ އިރު، ދެން އޭނާ ފެނިގެން ދިޔައީ އިންޑިއާގެ ސިޔާސީ ދާއިރާއިންނެވެ. އެގޮތުން ނަފީސާ ވަނީ އިންޑިއާގެ ޕްރޮގްރެސިވް ޕާޓީގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައެވެ.

ފަހަކަށް އައިސް ކެންސަރުގެ ޝިކާރައަށް މަޝްހޫރު އެތަށް ތަރިންނެއް ވަނީ ވެފައެވެ. އެގޮތުން ބޮލީވުޑްގެ އަދި ހޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި އިރްފާން ހާން އާއި، ސޮނާލީ ބެންޑްރޭ އާއި ތާރިރާ ކަސްޔަޕު އަންނަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޥވގ

    ސޮނާލީ ގާންދީއެއް ނޫން. ސޯނިއާ ގާންދީ