އައްޑޫ ސިޓީ ތިން ގެއަކަށް ގްރޫޕަކުން ތޫނު ހަތިޔާރު ހިފައިގެން ވަދެ، އެގެތަކުގައި ހުރި ތަކެއްޗެއް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

އެގްރޫޕުން ވަނީ ރޭ ފަތިހުން ފެށިގެން މިއަދު ހެނދުނު 09:00 އާއި ދެމެދު ތިން ގެއަކަށް ވަދެ ގެއްލުން ދިނުމުގެ އިތުރުން އެއް ގެއެއްގައި އަލިފާން ވެސް ރޯކޮށްލާފައެވެ. އެމީހުން ގެއްލުން ދިނީ ހިތަދޫގެ ތިން ގެއަކަށެވެ.

އަލިފާން ރޯކޮށްލި ގޭގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

އެއް ގެއެއްގެ ތެރޭގައި ހުރި ހިފާގެންގުޅޭ ހުރިހާ އެއްޗަކާއި ފަރުނީޗަރުތައް ވަނީ ހަލާކު ކޮށްލާފައެވެ. ތިންވަނަ ގޭގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން އެގޭގައި ހުރި 12 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާ ވެސް ދީފައި ވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން ކުއްޖާ އަށް ހޮސްޕިޓަލުން ފަރުވާ ދީފައި ވެއެވެ.

ހެނދުނު 11:00 ހާއިރު އެސަރަހައްދުން ފުލުހުންގެ ވެހިކަލަކަށް ގިނަ ބަޔަކު އެރުވި މަންޒަރު ފެނިފައި ވެއެވެ. އެއީ ގެތަކަށް ގެއްލުން ދިން މީހުން ކަމަށް ބެލެވެއެވެ.

މިހާދިސާ އާއި ބެހޭ މައުލޫމާތު ސާފުކުރަން މިއަދު ހެނދުނުން ފެށިގެން ތަކުރާރުކޮށް ފުލުހުންނަށް ގުޅި ނަމަވެސް އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

ފަހަކަށް އައިސް އައްޑޫގައި ގްރޫޕް މާރާމާރީތައް ހިނގުން ވަނީ އިތުރުވެފައެވެ. ނަމަވެސް މިއަދު ހިނގި ހާދިސާ އަކީ ގްރޫޕް މަރާމާރީތަކާއި ގުޅުން އޮތް ހާދިސާއެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ލައޮލާވޮނީތާ

    ތިޔަ ޖަނަވާރުންތައް ހިފާ މަރަންޖެހޭނީ

  2. ޢާދަނު

    މިކަހަލަ ކަންކަން ހުއްޓުވޭނެ ނިޒާމެތް މިގައުމުގަ ނެތް ކޮންމެ މީހަކު ވެސް މޮޅުވާހަކަ ދައްކަނީ އިބޫ ވެސް މޮޅުވާހަކަ ދައްކަނީ

  3. އިބޫ

    ވެލްކަމް ޓު ޖަޒީރާ ރާއްޖެ. ހަހަހަހަ

  4. ޓަލްސީ

    ޔާމީން ގެ ރޭވުމެ ތީ....

  5. ޖަޒީ

    ޖަޒީރާ ރާއްޖެފެޝުން އެހާރައްގަޅެއް ނުވި!ހަމާލާތައް އިތުރުވަނީ ތަ!

  6. މަގޫ ދަނޑި ސަރުކާރު

    ޖަޒީރާ ރާއްޖެއަށް މަރުހަބާ.

  7. Anonymous

    ނަށާލާ ... ހިތްހަމަޖައްސާލާފާ ...ނަށާލާ....ހެހެހ.. ދެންއަތްޖަހާ....
    ކޮމެޓީއެއް އެކުލަވާލަންވީނު؟

  8. އައިކުޑް

    ކޮރަޕްޝަންގެ މޫތައް މުލުން ލުހެލެވޭނެ ކަމަށް ނުފެނެއޭ ތަމެންގެ ވެރިކަމުގައި ބިކޮޒް ރައީސް އޮފީހުގެ މިނިސްޓަރުންނަށް ތިބި މީހުންގެ ތެރޭން ގިނަ މީހުންނަކީ މީސް މީހުން ލައްވާ މަސައްކަތް ކުރުވާފައި އަދި ސިންގަޕޯރ ތަންތަނުން އެއްޗެހި ސަޕްލައި ކުރާ ސަޕްލަޔަރުން އަތުން އެއްޗެހި ގަނެފައި އެމެންނަށް ފައިސާ ނުދީ ފިލައިގެން އުޅޭ މީހުންނޭ އެމެންގެ ފާދަރޭ މަޝްހޫރު ވެފައިވަނީ އޭޝިއާ ޕެސިފިކްގެ ގައުމު ތަކުގައި މރ. ޓްރޫލަޔަރއޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ..

  9. އައި

    މީ ޖަޒީރާ ރާއްޖޭގައި އޮންނަ ގޮތްކަން ނޭގެ ކޮބާ އަދުލު އިންސާފު އަދިވެސް ޖަލުގައި ތިބި ބޮޑެތި ކުއްވެރީން ދޫކޮއްލާ

  10. ޢުންބެ

    މިގައުމު މިއޮތީ ޕާޓޭމެން އަދި އިންޑިއާ މީހުންގެ އުނގަ ވެއްޓިފަ މިކަމުން ސަލާމައްވެވޭނީ ސީޔާސީމީހުން ނުލާ ރައްޔިތުން ނުކުމެގައުމީ ފެންވަރެއްގަ މިކަން ކުރީމަ މިހާރުވެސް ބައެއް އަތޮޅު ކުރޭމިގޮތައް މާދަމާމިކަންދިމާވެދާނެ ކޮންމެއާއިލާއަކައްވެސް ކިތައްމީހުން ގެފުރާނަ މިދުނިޔެއިން ދިޔައީވަކިވެ ކިތައްމީހުން ނުކުޅެދޭމިހުގެ ގޮތުގަތިބީ ތިގާނޫނުތައް ހަދާނިމޭއިރު އޮއްނަނީ އެބަދަލުކުރަންޖެހިފަ.

  11. ޑޭންޖުރެސް

    އިންޑިއާ އިން ޖެލަސްވަނީއޭ ރާއްޖެ އާއި ޗައިނާ އާއި ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް ގާއިމް ކުރުމުން އިންޑިއާ އަށް ޔަގީން ކަން އެބައޮތޭ އެއިރުން ރާއްޖޭގެ އިގްތިސާދު އިންޑިއާގެ އިގްތިސާދުގެ މައްޗަށް ކުރި ހޯދާނެ ކަން އެއީ ޔަގީންވެ ކަށަވަރު ކަމެކޭ މާލެ ސަރަހައްދު ގުޅިފަޅު ހިއްކާ ތިލަފުށި ހިއްކާ އަދި ފުށިދިއްގަރު ފަޅު ހިއްކާ މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަ ކަނޑުއޮޅި ހިއްކާލާ އެތަން ތަނުން ގޯއްޗާއި އިންޑަސްޓްރިއަލް މަސައްކަތަށް ބިން ދޭން ފެށުމުން އިންޑިއާ ޖެހޭނީ ދެން ދެފައި ދަނޑިއަށް ސީލާން އޭ އިންޑިއާ އަކީ އެއީ ނުރައްކާތެރި ގައުމެކޭ ދޭއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

  12. Anonymous

    ހޯމް މިނިސްޓަރ އިސްތިއުފާ. މާރާމާރީތައް އައްޑޫގަހިނގަނީ އިމްރާން ފިލާއޮންނާތީ. ކޮބާ ހީވޭ؟؟؟

  13. ޖަހާންގީރު

    މިކަހަލަ ކަންކަން ހުއްޓުވުމުގެ ބަދަލުގަ އައު ސަރުކާރުން ފުރަތަމަވެސް ކުރިކަމަކީ އިނގިރޭސީން ރުއްސަން ވެގެން ކޮމަންވެލްތަށް އަނެއްކާވަންނަން ނިންމުން ، އިޖްތިމާޢީ ފޭރާން ވީދި ހަލާކުވެފަވާ ޤައުމެއްގަ ކަންކަން ކުރަންޖެހޭނީ ޤައުމުގެ ރައްޔިތުންނަށްޓަކައި

  14. ޭަބޮއިހަލާކު

    މިއީ ޖަޒީރާގެ ފެށުން މިކަން ދެން އިތުރުވާނެ މިހާރުގެ ސަރުކާރުން ޓެރެރިޒަމްގެ އަމަލުތަކަށް ހިއްވަރުދޭނެކަން ގުރޫޕްތަކަށް އެގޭ އެހެންވީމަ ދެން ދައްކާނެ ވާހަކައެއްނެތް މީސްމީހުން ރަހީނުކޮށްގެން ގެންގުޅޭ މީހުންވެސް ކުށެއްނުކުރާ ހުދު ކަފަކޮޅަކަށް ބަދަލުކުރަން އުޅޭ ބީދައިން މީހުންގެ މުދަލާއި ގެދޮރު ހަލާކުކޮށް ވީރާނާ ކުރާ ގުރޫޕް ތަކުގައިވެސް ތިބޭނީ ހަމަ ހުދު ކާފޫރު ފަދަ ސާފު ކުދިން ، މިހާރު އެގެންދަނީ ފުލުހުންގެ ބާރު ކަނޑުވަމުން ހުސްނާ ސުވާދު ކޮމިޝަނުން މައްސަލަ ބަލާފަ ކުއްކުރި މީހުންނާ ސުވާލު ކުރުމުން އެމީހުން ބުނާ ބަޔަކު ކުއްވެރި ކުރީމަ ދެން އިންސާފު ގާއިމް ކުރެވޭނެ

  15. ސަންއެ

    އައްޑޫ ރައްޔިތުން ނިކުމެ ތި ޖަނަވާރު ތަކުން ހައްޔަރުކޮށް އަދަބުދޭންވީ.

  16. ފުލްހައުސް

    އައްޑޫއަކީ އަފްގާނިސްތާނުގެ ތޯރާ ބޯރާ ދޯ.. އެތާގަ ސިފައިނާއި ފުލުހުންނައް ވުރެ ބާރުގަދަ ވޯލޯރޑުން އުޅެނީތާ.. ނޫނީ ފުލުހުން ނާއި ސިފައި އެތާ ތިބެގެން ކުރަނީ ކޮންކަމެއްތަ.

  17. ހެހޭ

    ޖަޒީރާ ރާއްޖެ އަށްވީމަ ވާންޖެހޭ ގޮތްމީ.ކުޅެލާ އަތްޖަހާލާ.މިއޮތީވާ ކަމެން

  18. ާސަޑު

    ފިޔަވަޅު އަޅުއްވާނެ