ސަރުކާރަށް ފާރަވެރިވާނެ، ސަރުކާރާ އިދިކޮޅު، ޒިންމާދާރު ސިޔާސީ ޕާޓީއެއް އޮތުން މުހިންމު ކަމަށް، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުން މުހިންމު." ކަމަށް ވިދާޅުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީފް ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރެވޭނީ، ޤާނޫނުތަކާއި ގަވާއިދުތަކާ އެކަމަށް ހެދިފައިވާ އުޞޫލުތަކާ އެއްގޮތަށް ބިނާކުރަނިވި ލީޑަރޝިޕެއްގެ ދަށުން ކަމަށެވެ.

ސަރުކާރާ އިދިކޮޅު ޒިންމާދާރު ސިޔާސީ ޕާޓީއެއް އޮތުން މުހިންމު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވެފައި މިވަނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް އިން ރިޔާސީ އިންތިޚާބަށްފަހު ޚާއްޞަގޮތުން ބޭއްވި ކޮންގްރެސް އިޖުރާއަތުތަކާ ޚިލާފުކަމަށްބުނެ އެ ކޮމިޝަނުން ބަލައިނުގަތްފައިވާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމްގެ ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން އެ މައްސަލަ ޕީޕީއެމް އިން ހައިކޯޓަށް ހުށަހަޅައި އަޑުއެހުންތައް ނިންމާލައި، ހުކުމް އިއްވަން ތައްޔާރުވެފައިވާއިރު، އެއްފަހަރު ހުކުމް އިއްވުން ވަނީ ފަސްކޮށްފައެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ޙުކުމް ކުރަން ތައްޔާރު ވެފައި ވަނިކޮށް، އެމައްސަލަ ބައްލަވާ ބެންޗް އިލެކްޝަންސް ކޮމިޝަނަށް ކަމުނުގޮސްގެން ބެންޗް ބަދަލު ކޮށްދިނުމަށް ހައިކޯޓުގައި ޝަރީފް ވަނީ އެދިފައިވެއެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ ޕީޕީއެމް ފިޔަވާ ދެން ހުރިހާ ޕާޓީ އަކަށް ދޫކޮށްފައިވާނެ ކަމަށާއި ޕީޕީއެމަށް ފައިސާ ދޫކޮށްފައި ނުވަނީ އެޕާޓީގެ އަސްލާމެދު އުފެދިފައިވާ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްގެ ބާރުތައް، ގާނޫނީ ގޮތުން އިންތިޚާބު ކޮށްފައި ހުރި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް ގެންގޮސް އެ މައްސަލަ ސިވިލް ކޯޓުން ބެލުން ހުއްޓުވާފައިވާއިރު، އައު ސަރުކާރު އުފެދިގެން އައިއިރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އަޑު ވަނީ މުޅިން ފަނޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޕްރައިވެޓް

    ދެން ކަލޭ ޕާޓީ ހަދަން ވީ ނު

  2. ނުރަބޯ

    ރައީސް ޔާމީނަށް ހެދުނު އެންމެ ބޮޑު ގޯހަކީ މި ކޮރަޕްޓް މީހާ އީސީ އަށް ލުން.

  3. ތިމަރަބޯ

    ވޯޓުވަގު ދެންވެސް އަނގަނުތަޅާ މަޑުންހުރެގަ.

  4. ގރ މުންޑު

    ތިކޮމިސަނަކީ އިދިކޮޅު ޕާޓީއެއްގޮތަށް ދެކިގެންމިތިބީ ކުރިއަށްގެންދަވާ...

  5. ޖަހާންގީރު

    ލާރިއަށް މޮޔާވާ މީހުން ތިކަހަލަ ވާހަކަދެއްކީމަ އަންނަނީ ހިނި

  6. މުނީ

    ޥޯޓުވަގު. ކަލޭ ޕީޕީއެމް ވަގަށް ނަގަންވީނު. ކޮރަޕްޓު ވަގު

  7. ހައްގުބަސް

    ޝަރީފާ ކޮބާ ދައްކަންބުނި %30 ވޯޓް ކަރުދާސް ކަލޭ ތި މަގާމުގައި ނުބަހައްޓާނެ

  8. ޏނނ

    ދެފުއްކެހެރިބޮޑު މުނާފިގު އަނގަ ނާރުވާ

  9. ރައްޔިތުން

    ޕީޕީ އެމް އަކުން ނުކުރެވޭނެ އައު ޕާޓީއެއް ހަދަންވީ

  10. عبدالله

    ދެކޮޅުހަދައި އިންކާރު ކުރަންޖެހިއްޖެ ޙާލަތެއްގައި އެކަން ކުރާނެ ބަޔަކު އުފެދޭނެއެވެ. ކާންދޭ އަތުގައި ދަތްނާޅާނަމަ، އަދި ސޭޓުގެ އެއްވެސް އިޚްލާޞްތެރި ކަމެއް ހުރިނަމަ، ރައީސް އިބޫގެ ސަރުކާރު މިފެންނަ ފެނުމުގައި ދެމިއޮވެދާނެއެވެ.

  11. މުހައްމާ

    ކަލޭ އުޅޭ ސަރުކާރަށް ފާރަލާން. ކަލެޔަށް މީހާރު ތިޔަ ވަނީ " މިސްކިތް ހުޅުޖެހި މީހާޔަށް ވީގޮތަށް " ލަދެއްވެސް ނުގަންނަ މީހެއް ދޯ.