ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭގައި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ތިން ފިހާރައެއްގެ ބިއްލޫރިގަނޑު އެކި ދުވަސް މަތިން ތަޅާލައިފިއެވެ.

ހިތަދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ފަރުނީޗަރު ފިހާރައަކާއި، ބްކްޝޮޕަކާއި ކުޑަކުދިންގެ އެއްޗެހި ވިއްކާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށެވެ.

ގެއްލުން ލިބުނު ފިހާރަތައް ހިންގާ ތިން ވިޔަފާރިވެރިންނަކީ ވެސް އިދިކޮޅު ޕީޕީއެމްގެ ހަރަކާތްތަކުން ފެންނަ ތިން ބޭފުޅުންނެވެ. އެބޭފުޅުން ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

ހިތަދޫ އިން ވާހަކަދެއްކި މީހަކު ބުނީ ތިން ފިހާރައަކަށް ދިން ގެއްލުމަކީ ސިޔާސީ ބަޔަކު ފަހަތުގައި ތިބެގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

"ޕީޕީއެމްގެ އިސް ބޭފުޅުންތަކެއްގެ ފިހާރަތަކަކަށް ގެއްލުން ދިނުން އެއީ އިއްތިފާގެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. މިއީ ވަކި ބަޔަކަށް ގެއްލުން ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ގަބޫލު ކުރެވެނީ" އޭނާ ބުންޏެވެ.

ފިހާރަތަކަށް ގެއްލުން ދިން މައްސަލައިގައި އަދި މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަގޫދަނޑި ސަރުކާރު

    ޖަޒީރާ ރާއްޖެ ސަޅި

  2. ނިޔާޒް

    މިކަހަލެއި ވާހަކަ ލޭނެކަލަކި ތަންދޮރަ ބަލަފެއި ލެތުން މުހިންމު. މީ އެއްގޮތަކިއެސް ސިޔާސީ ކަމައް ކަމައް ގަބޫލައް ނިވެއި....ވަރަށް ސަލާން

  3. ހައިދަރު

    އިންސާފުގެ މަގަށް ރާއްޖެ މިހިރަ ފެންނަންފެށީ ވަކިފިކުރަކަށް ހަމަލާ އަންނަނީ ތިކަންކުރާ ބަޔަކު ނުވެސް ހޯދާނެ ހޯދިއަސް ޝަރީއަތެއް ވެސް ނުހިގާނެ

  4. ޑިރަސާވެރިޔާ

    ކީއްވެ ޔާމިނު ވެރިކަމުގައި މިކަހަލަ ކަންތައް ނުހިނގަނީ.. ގޭންގް ކޮންޓްރޯލް ކުރަނީ ޔާމިނު ކަމަށް ބާރުލިބޭ ހެކި މި ފެންނަނީ. ޔާމިނު ވެރިކަން ނިމުމާއި އެކު ގޭންގްތައް އެކުޓިވް ވީ މުޅި ރާއްޖޭގައި.

  5. އައްޑޫ މީހާ

    ހިތަދޫއަށް ނިސްބައްވޭ ހުށުހެއި މޑޕ މީހުންނަކީ ވ. ގޮތަށް ފޮތަށް ނިތިބޭ ބާކިޔަ މިބެނީ ތޭހަމަ މޑޕ މީހުން ކެރުވިކަމަށް ދެވަނަ ބާކިޔަ ތެކަން ނިކެރާށިޔަ ވަރިހަމަ މޑޕ ގޮލައްޔަމެންނަށް ހަޖަމު ނިވިޔަސް މީހަގީގަށް ބޮޑޮ ބަލާވެރިކަަމަށް

  6. ޚަމާލި

    ތިހެން ތިވަނި އައްޑޫ ރައްޔެތަކު ކެބިނެޓުގަ ނެތީމަ އައްޑޫ ނޫން ރާއްޖޭގެ ކޮންމެ ރަށަކުން މީހަކު އެބަހުރި ވިއްޔާ ކެބިނެޓުގަ
    ޢައްޑޫ މިހުން އެކައްޔެ ނޫނެ ވޯޓު ލީކީ

  7. މާ ގަޅި

    އައްޑޫ މީހުންނަކީ ވަރަށް ގަޓު ބައެއް. ކޮންމެ

    ޖަރީމާއެއް ހިންގަންވީމަ އަހަރުން އމީހުން

    ބޭނުން ކޮއްލާނީ. އެއަށްފަހު އެއްލާލާނީ. ލޮލް

    ޖާހިލު ކަމާ ގަމާރު ކަން. އައްޑޫ ބައެއް މީހުން

  8. ހުސޭނުބޭ

    އެކަން އެ ކުރީ ސިޔާސީ ކުށްވެރިން! އެމީހުންނަށް އިންސާފު ހޯދާދެވޭނެ!