އައްޑޫ ސިޓީ ހިތަދޫގެ ގެއަކަށް ގްރޫޕަކުން މިއަދު ވަދެ 12 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ތަޅާ، އެކުއްޖާ އަށް އަނިޔާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ވައިޓްހީރާ ނަމަކަށް ކިޔާ ގެއަށް ގްރޫޕަކުން ވަދެ، އެގޭގައި ހުރި އަންހެން ކުއްޖާ އަށް ހަމާލާ ދިނުމުގެ އިތުރުން އެގެއަށް ވަން ގްރޫޕް މީހުން ވަނީ ގޭތެރޭގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައެވެ.

މިގްރޫޕުން އަންހެން ކުއްޖާ އަށް ހަމަލާ ދިނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

އަންހެން ކުއްޖާ އަށް ހަމަލާ ދިނުމުން އެކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަންހެން ކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލް ހޯދަން ހިތަދޫ ހޮސްޕިޓަލަށް ގުޅުމުން މައުލޫމާތު ދެއްވެވޭނެ ބޭފުޅަކު ނެތް ކަމަށް ވިދާޅުވެ، މައުލޫމާތު ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ވައިޓްހީރާ ގެއަށް ވަދެ ކުއްޖަކަށް ހަމަލާ ދިނުމުގެ އިތުރުން ތޫނު ހަތިޔާރު ހިފައިގެން ތިބި މީހުން ވަނީ އިތުރު ދެއެގަކަށް ވަދެ އެގެތަކަށް ވެސް ގެއްލުން ދީފައެވެ. އެގޭގެ ހުރިހާ ފަރުނީޗަރެއް ހަލާކު ކޮށްލި އިރު އަނެއް ގޭގައި ވަނީ އަލިފާން ރޯކޮށްލާފައެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ތަކުރާރުކޮށް ގުޅުމުން ވެސް ފުލުހުން މައުލޫމާތު ސާފުކޮށްދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ާއަހުމަދު

    ހަމަލާ ދިނީތަ ނޫނީ ކުއްޖާ ގަތް ބިރުން ފިޓު ޖެހުނީތަ؟

  2. މަގޫދަނޑިި ސަރުކާރު

    ޖަޒީރާ ރާއްޖޭގެ އައްޑު ގުންޑާއިންނަށް މަރުހަބާ

  3. މަލްމަލް

    މިސަރުކާރުގަ ތިޔަކަހަލަ އަމަލެއް ނުހިންގާނެ.

  4. ފާއިޒް

    ތި ވާނީ ރައީސް ސޯލިހް ގެ ކެބިނެޓްގަ އައްޑޫ މީހަކު ނުހިމެނުމުން ކުރިކަމެއް ކަމަށް... ތީި މި ރާއްޖޭގަ ތިބި އެންމެ ސުއްޕާ މީހުން...

    • ދދދދދދދ

      ތެބެނީ ތެދަށް ގައުމަށް ޖެހޭ ކޮންމި މުސީބާތަކި މިގަނޑާމެއްޔަ ބައިިވެރި ވޭށިއަ. ބޮނޑަ ލާދީނީ ސަރުކާރު ގިނާމެއި ގޮލައިޔަމެންނަށް ނިކަން ރިއެތި ވެގެނުން. ހެއޮކޮށް އިމަކަށް ވީ.

  5. ސުޢޫދު

    ތީއަވަވައްޓެރިން ރައްޔިތުން ނެއްރަށެއްތަ ތިކަންހައްލުނުވެގެން ދިގުލަނީ ރައްޔިތުން ބޭނުންވާނަމަ ތިކަން ހައްލުކުރެވޭނެ ސަބަބަކީ ރައްޔިތުން ނުރުހޭބަޔަކައް އެމުޖުތަމައެއްގަ އުޅުމުގެ ފުރުސަތެއްނޮއޮއްނާނެ އިސްލާހުކުރެވޭނީ އެންމެން އެކުގަމަސައްކައްކުރީމަ ކޮންމެވެސް ބަޔަކުއިސްނަގާގެންކުރީމަވާނީ .

  6. ޙސެނ

    އައްޑޫ އަކީ ހަާދަ ނުލަފާ ޖައްބާރުން އުޅޭ ރަށެކޭދޯ....ފުލުހުން ނަކީ ނަމަކަށް ތިބޭ އަޅުން ތަކެއް

    • މުހައްމާ

      ޖައްބާރުމީހުން އުޅޭނެ ހުރިހާތަނެއްގަ. ކަލޭތީ ހުދު ކަފަކޮޅެއް ވިއްޔާ.

  7. އިއްސެ

    ޖަޒީރާ ރާއްޖޭގެ 4 ވަނަ ދުވަސް

  8. ހެ

    ރާއްޖޭގެ ހަލާކު މި އައްޑޫ މީހުންނަކީ

    • ޒ

      ކަލޭ ހާދަ ހިތައް އަސަރެއް ކުރެއޭދޯ އައްޑޫ މީހުން ދެކެފަ!!!! 😂😂😂

    • މުހައްމާ

      ރާއްޖެ ހަލާކު ކުރަނީ މާލެ އޭ ތިކިޔާ ފިނޮޅުގަ އުޅޭ ވަގުސޭޓުން. ކަލޭވެސް ހިމެނޭގޮތަށް.

  9. Anonymous

    ޙަޖަމްކުރަން ދަސްކުރޭ.
    ދެން މިފަހަރު ކެތްކުރޭ.

  10. ދިވެހިން

    އައްޑޫ މީހުންހާ ނާތަހުޒީބު ބަޔަކު އުޅޭތަނެއް މިދިވެހި ރާއްޖޭން ނުދެކެން. ހިތުން ވަރަށް ތަރަށްގީ ބަޔަކަށް ހެދިގެން އުޅޭބައެއް.. އެކަމު ހަމަ ސުމެއްގެ ބައެއް. ޢެހުރީ ކުރާ ނާތަހުޒީބު ކަންތައްވިއްޔަދޯ! ނަސީބެއް ތިތަނުން މީހަކު ކެބިނެޓްގަ ނެތްކަން.

    • މުހައްމާ

      ނާތަހުޒީބް ވީމާތާ ޕްރެފެސަރުންނާ ، ޑރ. ންނާ ، އަދިވެސް މުޅި ދުނިޔޭގެ ފެންވަރުގެ މޮޅެތި މީހުން މިއައްޑޫގަ ތިބީ. މީހަކު މިހާރު ބެލިޔަސް ކަލޭވެސް އިނދެގެން އުޅޭނީ އައްޑޫ މީހަކާ. އަދި ކަލެޔައް މަހު މުސާރަވެސް ލިބޭނީ އައްޑޫ މީހަކު މެދުވެރިވެގެން. އައްޑޫ މީހުންގެ ތައްޕާހުން ނޫޅޭ އެކަކުވެސް މިގަުމުގަ ނޫޅޭނެ. ވަރަށް ސަލާމް.

  11. 🙏

    ސާބަސް

  12. ޝޯލާ ސިސްޓަމް

    މާގަޓުހުރިބަޔަކައްވެގެން ލަދެެއްވެސްނުގަނޭދޯ 12އަހަރުކުއްޖަކައް ހަމަލާދޭން ހަހަހަ.....

  13. ާއަހުމަދު

    އައްޑޫ ރައްޔިތުން ސިޔާސީ މުޒާހަރާތަކައް ނިކުއްނަގޮތައް ގޭންގުތަކާ ދެކޮޅައް މުޒާހަރާ ކުރަން ނިކުއްނާނީ ކޮންދުވަހަކުބާ؟
    މިމީހުންގެ ކޯޅުންތައް ހުއްޓުވަން އައްޑޫ ޕޮލިހުން މަސައްކަތް ކުރާނީ ކޮންދުވަހަކުންބާ؟
    ސަރުކާރުން މިމީހުނާދެކޮޅައް އަޅާ ފިޔަވަޅުތައް އަދި ޤާނޫނުތައް ވަރުގަދަ ކުރާނީ ކޮންދުވަހަކުންތަ؟
    މިކަންތައްތަ ނުހުއްޓުވެންޔާ ހައްތާވެސް މިމީހުންގެ ބަލާ ބޮޑުވާނީ.

  14. އަހުމަދު

    މީ އެގެޔައް ވަން ހަތަރު ވަނަ ފަހަރު އަދި އެކުއްޖާ ފިޓު ޖެހުނު ހަތަރު ވަނަ ފަހަރު.
    އައްޑޫ ބައެއް ޕޮލިހުންވެސް ގޭންގުތަކުއުޅޭ. އައްޑޫ ރައްޔިތުން މި ގޭންގު ތަކާ ދެކޮޅައް ނިކުއްނާނީ ކޮންދުވަހަކުންބާ؟
    އައްޑޫ ޕޮލިހުން މި ގޭންގުތައް ހުއްޓުވާނީ ކޮންދުވަހަކުނަބާ؟

  15. އެލެކްސް

    ތިކަހަލަ ބައިވަރު ކަންތައް ޖަޒީރާ ރާއްޖޭގައި ހިނގާނެ. އަމަން އަމާން ކަމާއި ސުލްހަ ވެރިކަން މިހާރު ވަނީ ޤާސިމުގެ އަންބޮނޑީގައި އޭނާ އަނބުރާ ސޯބުތައް ( ނާޒިމް، ރިޔާޒު، ފުލުހުން، ކޯޓުތައް) އެނބުރުމުން ގައުމު ނާމާން ވާނީ. ޤާސިމު އުޅެނީ މަޖިލިސްގެ މުއްދަތު ދަންމާލާ ބަރުލަމާނީ ވެރިކަން އަޔަނުދީ އިބުރާހިމް ސޯލިހު މަގާމުން އެއްފަރާތް ކޮށް ފައިސްލަ އަށް ބިރުދައްކައިގެން މަޖިލިސް ރައީސްގެ ހައިސިއްޔަތުން ވެރިކަމަށް އަންނަން. މިކަމުގެ ރޭވުން ރާވަނީ އަބުދުﷲ ރިޔާޒާއި ކާނަލް ނާޒިމް. މަޖިލިސް މެމްބަރުން ގަނެ، ކޯޓުތައްގަނެ ހުރިހާ ބާރުތަކެއްގެ ވެރިއަކަށް އޭނާ ވާން މަސައްކަތް ކުރަނީ.