ކޮންމެ މުވައްޒަފަކަށްވެސް އެމުވައްޒަފަކު ބޭނުން ސިޔާސީ ފިކުރެއްގައި އުޅެވޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ރޭ ގަލޮޅު ދަނޑުގައި ބޭއްވި "ދުޅަހެޔޮ ހަށިހެޔޮ އީދު" ގެ ފުޓްބޯޅަ މުބާރަތަށް ފަހު "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި، މަހުލޫފު ވިދާޅުވީ އޭނާއަކީ ވަރަށް ސިޔާސީ ބޭފުޅެއް ކަމަށާއި، ނަމަވެސް ސިޔާސީ ގޮތުން ބާއްވާ އެއްވެސް ޖަލްސާއަކަށް ދިއުމަށް މުވައްޒަފުންނަށް ނާންގާނެ ކަމަށެވެ.

"އޮފީސް މުވައްޒަފުންނާ ބައްދަލުކޮށްފައި އަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ވަރަށް ސިޔާސީ މީހެކޭ. އެކަމަކު މިނިސްޓްރީގައި އަޅުގަނޑު ކުރާ މަސައްކަތެއްގައި އެއްވެސް ސިޔާސީ ކަމެއްގައި މުވައްޒަފުން ބައިވެރިވާކަށް ނުޖެހޭނޭ." މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަން ވެސް ކުރެއްވި މަހުލޫފް ވިދާޅުވީ ކޮންމެ މުވައްޒަފަކަށް އެމުވައްޒަފަކު ބޭނުން ސިޔާސީ ފިކުރެއްގައި އުޅެވޭނެ ކަމަށާއި މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލު ކުރެއްވުމަށްފަހު މުވައްޒަފުން ތިބީ އުފަލުން ކަން އެނގިލައްވާ ކަމަށާއި ސަރުކާރު ބަދަލުވިޔަސް އެކުގައި މަސައްކަތް ކުރާން ތިއްބެވި ކަމަށެވެ.

އަހުމަދު މަހުލޫފަކީ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޒުވާނުންނާ ގުޅޭ، ގިނަ ބައެއްގެ ސަޕޯޓުވެސް ހޯދައިފައިވާ ލީޑަރެކެވެ. ހާއްސަކޮށް ޒުވާނުންނަށް، ރާއްޖޭގެ ކުޅިވަރަށް ލިބިގެން ދިޔަ ދިރުމަކަށް މަހުލޫފު ވެގެންދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖައުފަރު

    ކަލެއަކަށް ނޫޅެވުނު

  2. މިއަދު

    ކޮންމެ މުވައްޒަފަކަށްވެސް އެމުވައްޒަފަކު ބޭނުން ސިޔާސީ ފިކުރެއްގައި އުޅެވޭނެ ވަޒީފާއަށް ބޭނުން ގޮތެއް ހަދާނަން

  3. عبدالله

    ރައީސް ޔާމީނުގެ ސަޕޯޓަރުން ހިމެނޭގޮތުގައި ރައީސް އިބޫގެ ސަރުކާރަކީ، އެއްވެސް ބާރެއް، ނުފޫޒެއް ހުރި ސަރުކާރަކަށް ވެގެންނުދާނެއެވެ. ވީމާ، މިހާރު މިފެންނަ ފެނުމުގައި ރައީސް އިބޫގެ ސަރުކާރު ދެމިއޮންނާނީ، އެއްވެސް ބާރެއް، ނުފޫޒެއް ނެތް ސަރުކާރެއްގެ ގޮތުގައި ކަމަށް ޤަބޫލުކުރެވެއެވެ.