ގއ.ވިލިގިނލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ފަޅާލައި, ވަގަށްނެގި ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ދޮންނަ މެޝިނެއްގެ ތެރެއަށް ލާ ފޮރުވާފައި ހުއްޓާ ފެނިފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެެވެ.

ވިލިގިނގިލީގެ ބޭންކް ފަޅާލި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ހަތް މީހަކު މިހާތަނަށް ގެންގޮސްފައިވާ އިރު، ރޭ ވަނީ ފައިސާތަކެއްވެސް އެރަށުން ހޯދާފައެވެ. އެހެން ނަމަވެސް، ރޭ ހޯދި ފައިސާތަކުގެ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، ބޭންކް ފަޅާލި މައްސަލައާ ގުޅިގެން ރޭ ފުލުހުން ވަނީ އެ ރަށު ގެއެއްގެ ތެރެއިން ފައިސާތަކެއް ހޯދާފައެވެ. އެ ފައިސާތައް ފެނިފައި ވަނީ ފަޅު ގެއެއްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރެއިން ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހާ މައުލޫމާތު ދީފައިވެއެވެ. އެއީ ފުލުހުން ރޭ ހޯދި ފައިސާކަން ޔަގީންވެފައި ނުވާ އިރު، ބޭންކްގެ ތިޖޫރި ފަޅާލާ ނެގީ ކިހާ އަދަދެއްގެ ފައިސާކަމެއްވެސް އަދި ޔަގީނެއް ނޫނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިކަމާއި ގުޅޭގޮތުން މިވަގުތު އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

ވިލިގިނލީ ބޭންކުން މި ފައިސާތައް ނަގާފައި ވަނީ، ފުރާޅު ހަލާކު ކޮށްލައިގެން ވަދެއެވެ. ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ ފަތިހު 05:37 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޏަން

    މަނީ ލޯންޑިރިން ދޯ

  2. ފއސ

    ވަގައްނެގުނީ ކަޅުފައިސާ ކަމަށް ހީކޮށް ދޮންނަމެޝިނައް އަޅާ ދޮބެލީ ދޯ

  3. ސަލީމް

    ތީ ވަގުންގެ ކަމެއް.

  4. ?

    .މަނީ ލޯންޑްރީ