ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ހުޅުމާލޭ ނިރޮޅު މަގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރަށް ދުއްވާފައި އައި ސައިކަލެއް ޕިކަޕެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ވޭނެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުން މިހާރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ހުޅުމާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު މިދިޔަ ހޮނިހިރު ދުވަހުގެރޭ އައްޑޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ މީހަކު ނިޔާވެފައެވެ.

އައްޑޫ ކުނި ކޮށި ސަރަޙައްދުން އެ އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.