ޝައިހް އަލީ ޒައިދު
ޝައިހް އަލީ ޒައިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރެއްވުމާއި ގުޅިގެން ގުޅިފައިވާ ކޯލިޝަންއިން "ދުޅަހެޔޮ ހަށިހެޔޮ"ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުޅިވަރު އީދު ނިންމުމަށް ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ރޭ ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުތަކުގައި ހިލޭ ފިރިހެނުން ކުރިމަތީގައި އަންހެނުން ކުރު ސޯޓު ލައިގެން ފުޓްބޯޅަ ކުޅުމުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކަމަށް ރިއާޔަތްކުރައްވާ މިއަދު ޝައިހް ޒައިދު ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ އަންހެނުންނަށް އިންޑޯގައި އަންހެނުން ކުރިމަތީ ފުޓްބޯޅަ ކުޅެވޭނެ ނަމަވެސް ފިރިހެނުން ކުރިމަތީ އަންހެން ކުރު ސޯޓު ލުމަށް ތާއިދު ނުކުރައްވާ ކަމަށްވެސްވެއެވެ.

"އަންހެނުންނަށް ފުޓްބޯޅަ ކުޅެވޭނެ! އެކަމު އިންޑޯގަ. އަންހެނުންގެ ކުރިމަތީ،" ޝައިހް އަލީ ޒައިދުގެ ޓްވީޓުގައި ވެއެވެ.

ޝައިހް ޒައިދުގެ ވާހަކަ ކޮޅަށް ބާރު ދެއްވަމުން ވިދާޅުވެފައި ވަނީ ހަމަ ޔަގީނުންވެސް ޝެއިހްގެ ދަރިންނެއް ހިލޭ ފިރިހެނުންގެ ކުރިމަށްޗަށް ކުރު ސޯޓު ލައިގެން ފުޓްބޯޅަ ކުޅުމަށް ނުފޮނުވާނެ ކަމަށެވެ. ޝައިހް ޒައިދު ސިފަކުރައްވާ ގޮތުގައި އެއީ ހުތުރު އަދި ހަޑި އަމަލެކެވެ.

މިކަމާއި ބެހޭ ގޮތުން "ވަގުތަށް" ވާހަކަ ދައްކަވަމުން ޝައިހް ޒައިދު ވިދާޅުވީ އަންހެނުންގެ އައުރަ ފާޅުވަނީ ނަމަ އެއީ ފާފައެއް ކަމަށާއި އައުރަ ފާޅުކޮށްގެން ކުރާ އެއްވެސް ކަމެއް އެއީ ތަރުހީބު ދެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން އަންހެނަކު އައުރަ ނިވާނުކޮށް އުޅެނީ ނަމަ އެއައުރައަށް ބެލުމަކީވެސް ފާފައެއް ކަމަށް ޝައިހް ޒައިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކުރިންވެސް މިހާރުވެސް އެޑިޔުކޭޝަން މިނިސްޓަރވެސް އުޅުއްވަނީ އޮރިޔާމުން ،ޑިފެންސް މިނިސްޓަރވެސް ހަމަ އެފަދަ ޙާލުގަ ! ރާއްޖޭގައި ކޮން ދުވަހަުންބާ މިކަން ހުއްޓޭނީ! ތަޢިޅިމާ ބެހޭ ވަޒީރުން ކުދީންނަށް ނަމޫނާ ނުދެއްކޭނަމަ އަވަހަށް އިސްތިޢުފާއަށް ގޮވާލަން!

  2. ރައްޔިތު މީހާ

    ކަލޭ އުފާކުރަން ވީ ކަލެއަކީ ސިއާސީ ފިތުނަ އުފައްދާ ސޭކެއް ކަލޭ ދައްކާ ވާހަކަ އަޑު އަހާނެ މީހަކުނެއް ކަލޭކާކުކަން ނުދަންނަ ކުޑަކުއްޖެއް ވެސް ނުހުންނާނެ މިހާރަކު

    • ކަލެޔާއި ކަލޭގެ އާއިލާމީހުންނަށް އިނގެނީ، ދިވެހިން ދަންނަގޮތުގަ ޝެއިހަކީ ގަދަރުވެރި ބޭފުޅެއް!

    • އިސްލާމްދީނުގައި ހަރާމް ހަލާލަކީ ޝެއިޚުން ބުނަނީ އެބޭފުޅުންގެ ބަސްފުޅޭޢްނޫން. އެއީ އިލާހީ ޢަމުރުފުޅު.

  3. ޝައިހު ކަންބޮޑުވުން ފާޅު ކޮށްފައި ހުންނަންތޯ ޖެހޭނީ؟

  4. މީނަ ހީކުރީ އެމީހުން ފުޓުބޯޅަ ކުޅޭނީ މޫނުބުރުގާ އަޅައިގެން ކަމަށްތަ. ހައްހައްހާ

  5. ޢިލްމުވެރިޢާ އިމްރާން އައުރަ ނިވާނުކޮށް އެންމެން ކުރިމަތީ އުޅުމޯ.

    • ޒައިދޫ އިމްރާން ކަކުލަށްވުރެ މައްޗަށްހުރި ސޯޓެއްލައިގެން ހުންނެވީމަ އޯކޭތޯ އެކަމާ އެއްޗެއް ވިދާޅުވެ ދެއްވުން އެދެން ޢިޔާޒު ވެސް އެކަމާ އެއްޗެއް ވިދާޅެއް ނުވޭ

    • ވަރަށްބޮޑު ގޯހެއް

  6. ޢިލިޔާސް ތައުބާލާދޭނެ. ... އޯކޭވާނެ

  7. މުޖުތަމަޢު އިޞްލާޙު ކުރެވޭނީ، ހެޔޮކަންތަކަށް އަމުރުކޮށް އަދި ނުބައި ކަންތައްތައް މަނާކުރުންނެވެ.

  8. އިލްޔާސް ކޮބާ. މިއަށް އެއްޗެއް ބުނެބަލަ. ޙުއްދަ ދޯ.

  9. ކޮންމެ ކަމަކަށް އަނގަބާނާތި!

  10. އެމަންޒަރު ބަލަން ހޯމް މިނިސްޓަރ ނުދުރުވޭތަ؟

  11. ޥަރުގަދަ ޝެއިޚެއްތާ މިއީ!!

  12. ޒައިދު އެމަންޒަރު ބެލީމަ ފާފަ ލިބޭ ވާހަކަވެސް އަމިއްލަ އަށް ބުނެވިއްޖެ

  13. އުސްތާޒުންގެ އުސްތާޒުން މައުމޫނާއި އިމްރާން އަދި މިހާރުގެ އިސްލާމިކް މިނިސްޓަރު ތިއްބެވީ އަތްޖަހަން. ސޭހްއިލްޔާސް ބެއްލެވީ ފޭސްބުކުން. ދެން އެބޭފުޅުންގެ އިޒްނަޔާއެކު ހަށިހެޔާ ދުޅަހެޔޮ ކަމެއްކޮއްލާއިރައް ތިބޭފުޅާޔައް ކޮންކަމެއްތޯ؟

  14. ކޮން ބަލައެއް ކަލެޔަށް

  15. ތިބައިގަނޑުން ގިނައިން ފެންނާނީ ތިކަހަލަ ދީނަށް ފުށުއަރާތަނެވެ.ޒައިދުވެސް ސަޕޯރޓްކުރަނީ އެމް ޑީ ޕީ އަށެވެ.ދެން ހަޖަމުކޮއްލާ.

  16. ބަލަގަ ޖަޒީރާ ރާއްޖޭގައި ހުރިހާކަމެއްވެސް ހުއްދަވާނެ. ކަލޭމެން މަޑުންތިބެބަލަ ކަލޭމެންނަށް އެގޭމިންވަރަށް ވުރެ މައުމޫނަށް އެގޭ މިންވަރު ބޮޑުވާނެ އެއީ ހުކުރަށް އެރުންމަނާ ދަންނަބޭކަލެއް

  17. ވެލެޒިނީ ގެ މައްސަލައިގައި ޕޮލިޓިކަލް ވިސްނުމާ ފުށއަރާތީ ރައުޔެއް ފާޅުކުރަން ނުކެރުނު ޝޭޚު.

  18. ޢަހަރުމެންގެ ސަރުކާރުގައަހަރުމެންބޭނުންގޮތަކަށް އުޅޭނީ ހިތްހަމަނުޖެހޭ މީހަކު ހުރިއްޔާ އަވަހަށް ރައްކާވޭ

  19. ކީއްކުރަންތަ ހުރިހާ އެއްޗެއް ބަލަނީ؟؟ ދެލޯ މަރައިގެން އުޅެބަލަ

  20. ޝައިޙްގެ ލޮލުގަ ތިމަންޒަރު އަޅައި ގަންނަންޏާ ޝައިޙްގެ މައްސަލައެއްތާ ތިއީ.

  21. ޝައިޙްގެ ލޮލުގަ ތިމަންޒަރު އަޅައިގަންނަންޏާ ޝައިޙްގެ މައްސަލައެއްތާ ތިއީ.

  22. ތިއޮތީ ނަމުން ސޯލިހު ، ކަމުން ޖާހިލު ސަރުކާރެއް (ހަޖަމްކޮށްގެންތިބުން އޮތީ.)

  23. ވަރަށް ރަނގަޅު ވާހަކައެއް އިސްލާމްދީނުގައި އޮންނަ ގޮތެއްގެ ވާހަކަ ދައްކާއިރައްވެސް ހަޖަމު ނުކުރެވޭ މީހުން އެބައުޅޭ ރަނގަޅުނޫން ކަމެއް ރަނގަޅު ކަމެކޭ ނުބުނެވޭނެ ކޮންމެ ސަރުކާރަކުން ކުރިއަސް އިސްލާމްދީނުގެ ހުކުމް ތަކެއް އަހަރެމެންނަކަށް ބަދަލެއް ނުކުރެވޭނެ. މި ގައުމުގެ ހާލަތު އިނގޭ ކޮމެންޓް ކިޔާލީމާވެސް

  24. ކޮއެފުޅާ ތިހެން ކުއްވެރިކޮށްލަން ބައިވަރު އެކިކަހަލަ ކަންތައް ފެންނަމުން ދިޔުން އެެއީ ފިސާރި ގިނަގިނައިން ވުން ކައިރި ކަންކަން..
    ކޮއެފުޅުމެން އެވެރިކަމެއް ނުބައިވެގެން ނިމުންގެނަ ވެރިކަމުގަ ނުފެނުނަސް ފާޑު ކިޔަންޏާ ކިޔާނެ ކަހަލަ ކަންތައް ފުލުފުލުން ދެކެން ހުރޭ...
    ވަރަކަށް ސަލާމް.

  25. ފިރިހެނުން ކަކުލާ ފަލަމަސްގަނޑު ފެންނަވަރުގެ ސޯޓުލައިގެން އަންހެނުންގެ ކުރިމަތީގައި ކުޅިވަރު ކުޅުމަކީ ކޮންކަހަލަކަމެއްތޯ

  26. ހިލޭ ފިރިހެނުން ކުރިމަތީގަ ބިކިނީ ލައިގެން ގުދައް ތިބެ ފޮޓޯނަގާ ކުދީންވެސް އެބަތިބި މަތީ މަގާމުތަކައް އައްޔަންކޮއްފަ. މިކަމާއިމެދު ޒައީދު ބުނަނީ ކީކޭ..

  27. އިމްރާން ހުއްޓެއްނު އަތްޖަހަން. އެހެންވީމާ އެކަން އެ ހުއްދަވީ.

  28. ކޯލިޝަންގެ ކަމެއްވީމަ ދޯ މީނަ ތަންކޮޅެއް ލުއި ނުރުހުމެއް " އަންހެނުން ހިލޭ ފިރިހެނުންގެ ކުރިމަތީ ކުރުސޯޓް ލުމަށް ތާއީދު ނުކުރާކަމަށް ބުނެ" މި ގަޔަށް ދޫކޮށްލީ. ޔާމީން ކުރި ކަމެއްނަމަ މުސްކުޅިން ބުނާ ބީދައިން "އުޑުގަ ޖެހިފަ ބިމުގަ ޖެހޭ" ވަރަށް ފުއްމީސް ތޯއްޗެ.

  29. ޙަސަން އަޙުމަދު

    ޒައިދުމެން، އިޔާޒްމެން، އިލްޔާސްމެނަށް އޯކޭވާނެ އެމް.ޑީ.ޕީ ން ކުރާ ކަންކަން. މަތިއޮމާންކޮށްލަން ޒައިދު ކޮންމެވެސް އެއްޗެކޭ ބުނެލަނީ އިލްޔާސްމެން، އިޔާޒްމެން ބަހެއްވެސް ނުބުނާނެ. މިކަހަލަ އާލާތުންނާހެދި ބޯހަލާކު.

  30. ޒައިދުއައް އެންމެރަގަޅީ ތިޔަ ހުސްއަނގަ ތެޅުންތަ..މިހެންމި ބުނީ ޒައިދު ކޮމަންޓް ކުރާ އެއްވެސް ކަމެއް ބަދަލެއް ނުވޭ.

  31. އިންޑޯ ގަވެސް އަދި އައުޓްޑޯ ގަވެސް އައުރަ އެކަކު އަނެކަކަށް ދެއްކުމަކީ ޙަރާމް ކަމެއް!!! ބަލަ ށޭޚާ ސޭކާ!!!

  32. ކަލެޔަށް ޔާމީނުގެ އަނިޔާވެރިކަމުން ސަލާމަތްވާވެގެން ތި ވަދެވުނީ ހަކުރު ވިއްކާ ، ވައްކަން ކުރާ، ހަށިވިއްކާ ، މުރުތައްދުވެފަ ތިބި ޔަހޫދީ ނާސިގެޔަކަށް . ދެން އަތްޖަހާ.

  33. ބަޔަކު ކޮންމެ ގޮތަކަށް އުލުނަސް، ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް، ކޮންމެ ޕާޓީ އަކަށް ޝޭޚް ތާއީދު ކުރިޔަސް އިސްލާމް ދީން އޮންނާނެ، އިސްލާމް ދީނަށް އުޅޭބަޔަކު އުޅޭނީ އޮރިންވެސް ނިވާކޮށްގެން. މިކަހަލަ ހޫނުގަދަ ޤައުމެއްގަ އެގޮތް ހުއްދަ ވާނެކަމަށް ފެނޭ، އެހެނީ އުސްތާޒުގެ އަނބިކަނބަލުން ބުރުގާ ނާޅާ އުޅުންވެސް ކުރިން އޮތީ އޯކޭ ވެފަ.

  34. 2 ނަމާދު ވަގުތު ގެއްލޭ ގޮތަށް ހުވާ ކުރުމުގެ ރަސްމިއްޔާޓު ބޭއްވީމަ އެއީ މައްސަލައެއް ނޫން ދޯ. ބަންގިއަށް މަޑުވެސް ޖެހިނުލާ

    • ތީ ވަރަށް ރަގަޅު ކޮމެންޓެއް، ތި ވާހަކަ އެއްވެސް މީހަކު ނުދައްކާ، ކުރީ ސަރުކާރުގަ ހަމަ މިގަޑީގައި ހަވާ އެރުވީމަ ހުިރިހާ ޝޭހުން އެވާހަކަ ގޮވަން ފެށި. މިވެސް ޝޭހުންގެ ވައްތަރެއް ކީކުރާނީ ދޯ، އަހަރެން ކާފަ އަހަރެން ކައިރީގަ އެއްދުވަހު ބުނި ފަހުގެ ދަންނަ ބޭކަލުން މާ މޮޅުވާނޭ، މިހާރު މަށަށްވެސް އެގިއްޖެ ކާފަ އެބުނީ ވަރައްބޮޑު ތެދެއްކަން!

  35. މި މީހުންގެ ގޮތަކީ، އޮނަންވީގޮތް ވިދާޅުވެދެއްވާފައި އެބޭފުޅުން ކުރައްވަންވީމަ އާޔަތާއި ހަދީސުން ހުއޖަތްދައކާފަ އެކަމެއްކުރުން. ބަލާބަލަ ތި ކޮންމެ ސޭޚެއްގެ ކަރަޕްސަނާ ވަހުސީކަންކަމާގުޅޭ ފަތުފުށް.

  36. ޝެއިޙު ފަރީދު

    ތިޔަ ބުނީ ވަރަށް ރަނގަޅު ވާހަކަ އެއް. މައްސަލަޔަކީ ހަމަ އެންމެ މައްސަލަ އެއް. ތިޔަ ފެންނަނީ ހަމަ އެންމެ ލޮލަކުން. އެއްލޯ ހުންނާނީ ފަހުޒަމާނުގެ ދައްޖާލުގެ. އެހެންވީމާ ތިޔަ ޝެއިޙު ކިޔާއިގެން ނޫޅެ ދައްޖާލު ޒައިދޭ ކިޔާފަ ނަން ބަދަލު ކޮއްލަން ފެނޭ.

  37. ޝައިޚު އަކީ ކޮންކަހަލަ ޝައިޚެއްތޯ ނުބަލާ އެބުނިވާހަކައަށް ބަލާށެވެ. އެއީ ޝައިޚުގެ އަމިއްލަ ވާހަކައެއްނޫނެވެ. އެއީ ﷲ ގެ އަމުރުފުޅެވެ. އަދި އެއަމުރުފުޅަކީ އިޚްތިޔާރީ އަމުރުފުޅެއްނޫނެވެ.