ސިފައިންގެ ވެލްފެއާ ކުންފުނި، "ސިފްކޯ" ގެ އިސްވެރިންނާ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ބައްދަލުކުރައްވައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވި ގޮތުގައި މި ބައްދަލުވުމުގައި، ސިފައިންނަށް އަޅާފައިވާ ފްލެޓުތައް ކަމުގައިވާ ސިފްކޯ ހިޔާގެ މަސައްކަތްތައް އަވަސްކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

ހަމައެހެންމެ، މި މަޝްރޫޢު މިހާރު ގޮސްފައިވާ ހިސާބާ ގުޅުންހުރި މައުލޫމާތު، މިނިސްޓަރު މާރިޔާ ވަނީ ހޯއްދަވާފައެވެ.

މި ބައްދަލުވުމުގައި، މި ޕްރޮޖެކްޓް ބަލަހައްޓާ މިލިޓަރީ އިންޖިނިއަރިންގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންއިރު މި ބައްދަލުވުން އޮތީ މިއަދު ހެނދުނު 11:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރުޤީ

    ހިނިފަށެއް އެބައާދޭ!

  2. عبدالله

    ރައީސް އިބޫގެ ސަރުކާރު އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، ރައީސް އިބޫގެ ސަރުކާރު މާގިނަ ދުވަހެއްނުވެ ވެއްޓިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. އެހެނީ، ހިންގުމުގެ ދާއިރާގައި ހިމެނޭ މަޤާމުތަކުގައި ރައީސް ޔާމީނުގެ ނުފޫޒާބާރުވެރިކަން އޮއްވާ ރައީސް އިބޫގެ ވެރިކަން ހެދިބޮޑުވުމުގެ އެއްވެސް ފުރުޞަތެއް ނުއޮންނާނެއެވެ.

  3. ސަޒާ

    އެންމެހުން ބަލި ފިދަނަތަކާ ބައްދަލުކުރަންދޯ ޖެހުނީ ޤާނޫނުއަސާސީއަށް ފައިންއެރި މާރިޔާ

  4. ފަތަފޮޅި

    ޑިފެންސް މިނިސްޓަރވެސް އުޅުއްވަނީ އޮރިޔާން ޙާލުކޮޅުގައި ދެރަކަމެއް ! ލަދުގެ ކަމންފުޅެއްވެސް ނެތް !

  5. ފަތަފޮޅި

    ޑިފެންސް މިނިސްޓަރވެސް އުޅުއްވަނީ އޮރިޔާން ޙާލުކޮޅުގައި ދެރަކަމެއް !

  6. Miadhu

    އެކަން ހުއްޓުވާ

  7. ައާމިނާ

    ހަމީދޫ ހާދަ ކުރީގައޭ ދޯ މާޝާﷲ

  8. ސައްތާރު

    ޑިފެންސް މިނިޓަރަކަށް މާރީ ލިއުމަކީ ދިވެހިންނަށް ކުރި މަލާމާތެއް!

  9. ޗިއްލޫ

    ގާނޫނު އަސާސީ އޮތީ މާރިޔާގެ ފައިބުޑުގަ، ދެން ކޮން ކަމެއްރަނގަޅުވާނީ!

  10. ޙަނަ

    މާރިޔާ އަކީ ގާބިލު އިލްމު ވެރި ކަނބަލެއް..

  11. އެލެކްސް

    ސިފައިން ތިބީ ނޮވެމްބަރ 3 ގައި ބިރުން ފިލާ ކަމަށް ބުނި ދައިތަ ސިފައިންގެ ހިތްވަރު ގަދަކުރުވަން ވަރަށް ގިނަ އެއްޗެތި ބޯންދޭންޖެހޭ. މިދައިތަ އެބަޖެހޭ ބަލާލަން ފެބުރުއަރީ 6 2012 ގައި ސިފައިންގެ ދޮށަށް އެއްވި މީހުންއައީ ކަންކަން ހައްލު ކުރަންތޯ ނޫނީ ވެރިކަން ވައްޓާލަންތޯ؟ ޝަރުތެއްނެތި އިސްތިއުފާއަށް ގޮވުމަކީ ބަޣާވަތް ކުރުންތޯ އަދި އެކަމުގައި ހިމެނޭ މީހުން މިއަދު ކޮބާކަންވެސް ސާފުވާން އެބަޖެހޭ. އެމީހުން ޣާޒީންނަށް ވެ ރައީސް އޮފީހުގަ އާއި އެހެނިހެން ތަންތަނުގެ މަތީ މަގާމުތަކަށް އެމްޑީޕީ އިން ލާން މަޖުބޫރުވި ސަބަބު ސާފުވާންޖެހޭ. މިނިސްޓަރުގެ ގޮނޑި ހޫނުކުރުމުގެ ކުރިން މުސްތަގުބަލަށް ރައްކާތެރިކަން ހޯދަން ފެބުރުއަރީ 6،7،8 ތަހުގީގު ކުރަންޖެހޭ. ބާޣީން ޣާޒީންނަކަށް ނުވެވޭނެ

  12. އަހަންމަދޭ

    ކަޓަށް ކަޓަށް ގޮސް ހުސްވެފަ، ދޮވެ ސާފުކޮއްލުން ފައިދާ ބޮޑު