އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި އަމީތާބް ބަޗަންއަކީ ފާހަގަކޮށްެލެވޭ ތަރިއެކެވެ. ފިލްމް ކުޅުމުގައިވެސް އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދައި، އަދި މީހުންނަށް އެހީވުމުގައިވެސް ނަމޫނާ ދައްކަމުން އަންނަ ތަރިއެކެވެ.

މިފަހަރުވެސް އަމީތާބުގެ ދީލަތި ފަރާތް މި ވަނީ ދައްކާލައިފައެވެ. އެގޮތުން އުއްތަރްޕަރޭޝްއަށް ނިސްބަތްވާ 1398 ދަނޑުވެރިއެއްގެ ލޯންތަކަށް ފައިސާ ދައްކައިދީފައިވާކަމަށް އަމީތާބު ވަނީ ބުނެފައެވެ.

އާއްމުކޮށް މިގޮތަށް ލޯންތައް ނަގާ މީހުންނަށް ފައިސާ ނުލިބިގެން އެ ބިން އަނބުރާ ދޭން ޖެހުމާއި، އަމިއްލައަށް މަރުވުން ފަދަ މައްސަލަތައް ދިމާވެއެވެ. އެހެންވެ އެފަދަ ކަންކަން ހުއްޓުވުމަށް އަމީތާބު ބޭނުންވީ ކަމަށް އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވެއެވެ.

އަމީތާބުގެ އަމިއްލަ ބްލޮގުގައި ބުނެފައިވާ ގޮތުގައި، އޭނާ އަމިއްލައަށް 70 މީހުންގެ ލޯންތައް ފައިސާ ހަމަޖެއްސުމުގެ ކަންކަން ބޭންކް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މުމްބާއީއަށް އައުމަށް އެ މީހުން ކައިރީ އެދުނެވެ. އަދި އޭގެ ކުރިން 350 ދަނޑުވެރިންގެ ލޯންތައްވެސް އޭނާ ވަނީ ދައްކައިދީފައެވެ.

އަދި އެ ފައިސާތަކުގެ އަދަދު ހަތަރު ކްރޯޑަށް އަރާކަމަށްވެސް އަމީތާބު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާލާ

    އަޅެ ވިސްނާލަބަލަ މިހިރީ ކިހާ ޢިބުރަތްތެރި ފިލާވަޅު. ރާއްޖޭގަ މިވާގޮތަކީ ލިބުނު ވަރަކުން މުށްބާރުވަނީ.

  2. ބޭޑޭ

    ދިވެހިން ބޮޑެތި ކަން ކަމުގައި ވަރަށް އެހީ ނުވާނެ

  3. ބޮޑުގެރި

    ދިވެހިން ބޮޑެތި ކަން ކަމުގައި ވަރަށް އެހީ ނުވާނެ