ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާ ވަގުތު އެންމެ "މިސްވަނީ" އަލްމަރްހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މަތިންކަމަށް މިހާރުގެ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.

އިމްރާން ވިދާޅުވީ، ގޮންޖެހުންތައް ދިމާވާ ވަގުތު ޑރ. މަޖީދު ދެއްވާ ހެޔޮލަފާފުޅާއި، ނަސޭހަތްޕުޅާއި، އިރުޝާދު މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

"އެމަނިކުފާނު ނެތުމުން އަޅުގަނޑަށް ދުވަހަކުވެސް ފޫނުބެއްދޭނެ". ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހޯމް މިނިސްޓަރުކަމުގެ މަގާމާއި ހަވާލުވުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައިވާ އޮތްވަރު ސާފުވެއްޖެ ކަމަށެވެ. އަދި ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި، ތަހުޒީބު އުސޫލުން ކަންކަން ހިންގުމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޖެންޑާ ކާމިޔާބު ކުރުމަށް ކޮންމެ ގޮންޖެހުމަކާއިވެސް ކުރިމަތިވާލެނަކަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޑރ. މަޖީދު އަވަހާރަވީ ސްރީލަންކާގައި ހުންނަވަނިކޮށް ޖެހުނު ސްޓްރޯކް އަކަށްފަހު ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

މެއި 23 ވަނަ ދުވަހު އަވަހާރިވި ޑރ. މަޖީދަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބޮޑު ބާޣީ

    ކަލޭ ބުނީ އޭނަ ޔާމީން ދެކެ ރުޅ އައީ އިސްލާމިކް މިނިސްޓަރުކަން ނުދީގެންނޭ. އެ މިނިސްޓަރު ކަމަކީ އެއީ އަދާލަތަށް ދިން. މަގާމެއްވެސް ނޫނޭ. ހަމަ ސީދާ ޑރ. ޝަހީމަށް ދެއްވިި މަގާމެކޭ. މިހާރު ކަލޭ ބުނާނީ ނުބުނަމޭ.

  2. އެލެކްސް

    ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 6 ގަޑިއިރުތެރޭ ޤާނޫނުއަސާސީ އާއި ޚިލާފަށް އިމްރާނު ވަޒީރުކަމުގެ ހުވާ ކުރީ. ކައްޗަށް ފެށިބިންގަލެއް ތެދެއްނުވާނެ

    • ޙައްގު

      މިދާގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ! ގައުމު އޮތީ ވަރަށް ރަގަނޅަށް އިބޫ ސަރުކާރާ ޙަވާލުވުމާ ހަމަޔަށް!! އެކަމަކު މިހާރު ގޯހުން ގޯހަށް ކަންތައް ވަމުންދާތަން ފެންނަނީ!! ގިނަ ބަޔަކު ގަބޫލުކުރާގޮތުން ފުރަތަމަ ފަށައިގަތީވެސް ވަރަށްބޮޑު ބޭކާރު ޚަރަދަކުން! އެއީ ހުވާކުރުމުގެ ރަސްމިއްޔާތު!! އޭގެ 2 ގަޑި އެއްހާއިރު ފަހުން 20 މިނިސްޓަރުން އެކުލެވޭ ކެބިނެޓެއް އިޢުލާންކުރީ! އެއީ ކުރީ ސަރުކާރަށްވުރެން 7 މިނިސްޓަރުން އިތުރު ޢަދަދެއް! ދެން ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި 7 މީހަކު ރައިސް އޮފީހަށް އައްޔަންކުރީ! ކުރީ ސަރުކާރަށްވުރެން 2 އިތުރު! ޚަރަދު މިލިއަނުން އިިތުރުވީ! ދެން ޖެހިގެން އައިދުވަހު ކުޅިވަރު ޢީދޭ ބުނެ އެތައް ޚަރަދެއް ކުރީ!! އަދި އޭގެ ފަހުން ޖާފަތެކޭ ކިޔާ މާލޭ އެންމެނަށް ހުޅުވިފައިވާ ކެއުމެއް ބޭއްވީ! ބޭކާރު ޚަރަދު! އޭގެ އަނެއްދުވަހު ޑިފެންސް މިނިސްޓަ މާރިޔާ ޢިއުލާންކުރީ ކުރީ ސަރުކާރުން ފޮނުވާލަން އަންގާފައިވާ އިންޑިޔާގެ ދެ ހެލިކޮޕްޓަރާއެކު އެބަލަހައްޓަން ތިބި 49 އިންޑިޔާ ސިފައިން ރާއްޖޭގައި ދެމި ތިބޭނެކަން!! މިނިވަންކަމަށް ބުރުއެރީ؟ ދެން ކެރެފާ ނަސީމަށާ މަހުލޫފުގެ އަނބި ކަނބަލުންނަށް ރައިސް އޮފީހުން ވަޒީފާ ދެއްވީ!! ޙަރަދު އަނެއްކާވެސް ބޮޑުވީ!! ޔާމީންގެ ސަރުކާރަށްވުރެން މިހާރުވެސް މިނިސްޓަރުންނާ ރައިސް އޮފީހުގެ މަގާމުތައް ގިނަވީ!! ދެން އެމްޑީޕީ އެކްޓިވިސްޓުން ފުލުހުންނާ ސިފައިންނާ ސޯޝަލް މީޑިޔާގެތެރެއިން ބެހެން ފަށައިފި!! އެކި މީސްމީހުންގެ ފޮޓޯލާ ބަޣާވާތް ކުރި މީހުނޭ ބޭރުކުރާށޭ ކިޔާ!! މިހާ ހިސާބުން މިވަނީ ބޮޑު ގޯސް!! މިކަންކަން ޓޮލަރޭޓް ނުކުރެވޭނެ!! މިހެން ވަންޏާ އުނދަގޫވާނެ!! މިކަން ޙައްލުކުރޭ!!

  3. މަޖީދު

    ކުރުސޯޓް ބުރިއެއްލައިގެން ފުޓްބޯޅަކުޅެން ނުކުތްއިރު މަޖީދު މަތިން ހނދާން ނުވީމަ ވަރަށް ދެރަވި

  4. ދިވެއްސެއް

    އެއްމެދުވަހަކުން ހަމައެކަނިއެއްމެ މިނިސްޓުރީ އަކުން ދައުލަތުގެ ޙާލަތު އޮޅުންފިލީހުވަފެނަކުންތޯ ނޫނީއިލްހާމެއް ލިބުނީތޯ.

  5. ކުޑަ ކާފް

    ގޮންޖެހުންކުރިމަތިވާ ވަގުތުގަ މާތްﷲ ނޫންތޯ ހަދުމަކުރަނީ ، މިކޮންފަދަ ސޭޚެއްބާ

  6. ބޮޑު ދެލޯ

    ދަވްލަތުގެ ކަންކަން ބޮސުންލާފައިވާވަރު އެގެނީ ކޮއްމެ ސަރުކާރެއްވެސް ހަވާލުވީމާކަން ޢިމްރާނުގެ ވާހަކައިން އެގޭ! އެކަމަކު މިސަރުކާރު ޤާނޫނާއި ޤަވާޢިދުގެ ތަރަހައިން ބޭރުން ޢިމްރާނަށް ވަޒީފާދިނުމުން މިސަރުކާރު ބޮއްސުން ލާފައިވާވަރާއި އަދި ކުރިޔަށްއޮތް ތާނގައި ބޮއްސުންލާނެވަރު ޚަތިމް ހުޅުވާލީމާ ބިސްމި ފެއްނަފަދައިން އެނގި ހާމަވެއްޖެ!!!!!!

  7. ޙައިދި

    ކުރުސޯޓް ކޮންމެ މީހަކަށްވެސް ލެވޭނެ މޮޔަކަން ދިވެހިން

  8. عبدالله

    وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا ކީރިތި ޤުރްއާނުގެ މިއާޔަތުން އަންގައިދެނީ، އިންސާނުންނަކީ، ގިނަގިނައިން ޖަދަލުކުރާ ބައެއްކަމެވެ. ޝޭޚް ޢިމްރާނަކީ، ކުށްވެރިއެއް ނޫންކަމަށް މީގެކުރިން ވަކާލާތުކުރެއްވީ މަދުބައެއްނޫނެވެ.

  9. ނުރަބޯ

    ޢިމްރާނަކީ، މާތްވެގެންވާ އިސްލާމްދީނަށް ޚިދުމަތް ކުރުމުގެ މާތް މަޤްޞަދުގައި އުފެއްދި އަދާލަތު ޕާޓީ، އޭނާގެ އަމިއްލަ އެދުމަށްޓަކައި ލާދީނީ ޢަލްމާނީ ފިކުރުގެ ބައެއްގެ ފަހަތަށްގޮސް ޚަރާބު ކޮށްލިމީހާ.

  10. ރައްޔިތުން

    ކޮންމެ މީހަކީ މަރުގެ ރަހަ ދެކޭނޭ މީހެކެވެ. ވީމާ ތިމާ ކަންކަމުގެ މަސްޢޫލިއްޔަތާއިގެން ކުރިއަށްދާއިރު މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިން ހަނދާންކޮށް ﷲ ދީނާއެއްގޮތަށް ޒިންމާ އަދާކުރައްވާ.

  11. އަފްސާން

    ބޮޑު ޝެއިޚް އިމްރާންގެ އަރިހުގައި ބާރުހެދުންއަޅައި ވަނާތައް ފާޅުވާގޮތަށް އެހުރި ކަމަނާ އާއި ދޭތެރޭގައި އިމްރާން ވިދާޅުވާނީ ކީކޭތޯއެވެ. ރައީސް މައުމޫންގެ އަނބިކަބަލުން ނަޝްރީނާ ބުރުގާ ނާޅައި ދޫހެދުން ލުމުންވެސް ފާޑުވިދާޅުވީ އަދާލަތުގެ ބޭފުޅުންނަށް މާރިޔާމެން (ޤައުމުގެ ބޮޑުން) އެތިބިގޮތް ކަމުދަނީތޯއެވެ. އެދުވަހު އެކަން ޙަރާމް ވެފައި މިއަދު ހުއްދަވީތޯއެވެ. ތިމާ އެޖަމާޢަތެއްގައި ހިމެނުނަސް ގޯސްވާނީ ހަމަ ގޯހަށްދޯއެވެ.

  12. އެހެންތަ

    އެހެންވީމާ ކަލެއައް ގޮންޖެހުންތަށް ކުރިމަތި ވީމާ ކަލޭ ހަދާންވަނީ މަޖީދު މަތިންދޯ ﷲ އަށް ބިރުވެތި ނުވާ މި ގައިދީ ކަލޭގެޔަށް ހަލާކު ހުރި މިކަލޭގެ ވަޒީރުކަން ނެތިކުރައްވާ ފާންދޭވެ އާމީން ޔާރައްބުލް އާލަމީން.

  13. ާވަހުށީ

    ދޭ ތި ވަރަށް ސާފު.