ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތަ ނުދިނުމަށް އިލެކްޝަން ކޮމިޝަނުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މި މިގޮތަށް ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. ނިހާން ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީއެއް ރާއްޖޭގައި އޮތަ ނުދިނުމަށް އިލެކްޝަންސް އާއި އެ މުއައްސަސާގެ ރައީސް މުހައްމަދު ޝަރީފް ކުރައްވަމުން ގެންދަވާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓާލުމަށް ދަންނަވާ ކަމަށެވެ.

ނިހާން މިގޮތަށް ވިދާޅުވެ ޓްވީޓް ކުރެއްްވުމުގެ ކުރިން އީސީ ޝަރީފް ވަނީ ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުން މުހިންމުކަމަށް ބުނެ ޓްވީޓެއް ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރެވޭނީ، ޤާނޫނުތަކާއި ގަވާއިދުތަކާ އެކަމަށް ހެދިފައިވާ އުޞޫލުތަކާ އެއްގޮތަށް ބިނާކުރަނިވި ލީޑަރޝިޕެއްގެ ދަށުން ކަމަށެވެ.

ނިހާން މިގޮތަށް ވިދާޅުވީ، ޝަރީފް ކުރެއްވި ޓްވީޓަށް ބިނާކޮށް ކަމަށް ބެލެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، އިދިކޮޅު ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރަންވީ ކާކަށްތޯ ސާފުކޮށްދިނުމަށް އެ ޕާޓީގައި އެދިފައެވެ.

އަދި ޝަރީފް މި މޭރުމުން ވާހަކަދައްކާފައި މި ވަނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް އިން ރިޔާސީ އިންތިޚާބަށްފަހު ޚާއްޞަގޮތުން ބޭއްވި ކޮންގްރެސް އިޖުރާއަތުތަކާ ޚިލާފުކަމަށްބުނެ އެ ކޮމިޝަނުން ބަލައިނުގަތްފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސީތަލަ ހަންނާނު

    ޕީޕީ ގެ ވަސް ވެސްް ފިލުވާލަން ބޮޑީ ސްޕްރޭ ޖަހާ،

  2. ގައުމީ

    އީސީ އިން ޕޕމ ނައްތާލަން މަސައްކަތް
    ކުރުމަކީ ޒިއްމާދާރު ހޮތެއްނޫނެވެ ދައުލަތުގެ
    ވަރުގަދަ މުއައްސަސާ އެއްގެ ގޮތުގައި އޮތުމުން
    ލިބިދޭ އިޚްތިޔާރާއި ބާރަކީވެސް އަމާނާތެކެވެ
    އެހެންކަމުން އީސީއަށް ލިބިފައިވާ ބާރުތަކަކީ
    ވެސް ގައުމީމަސްލަހަތާއި އެއްގޮތްވާގޮތަށް ބޭނުން ކުރަން ޖެހޭނެ އެއްޗެކެވެ

  3. ފަށަން

    މޮޅު ކަރައެއް ފަޅާލީ އަނެއްކާވެސް. ނުފޫޒުން ޕާޓީ ފޭރިގަތް އިރު އެވަގުތު މަތިން ހަނދާންކުރޭ..

  4. ފާތުން

    ހާދަ ދުވަހެއް ކޮއްލާފަ ޙަބަރެއް ތިވެލީ!

  5. Miadhu

    ޕޕއެމް އަށް ފޮނުވަންވާސިޓި އެޑްރެސް ކުރަންވީ ފަރާތެއް އީސީއަށް ނުއެގުނު ނަމަ ދެން އެގޭނީ ކާކަށް ވަކި މީހަކަށް އެޑްރެސް ނުކުރުމަށް ނުވަތަ ކުރުމަށް ވަކިފަރާތަކުން އެންގީތަ ކުރިން ކުރިފަރާތަށް މިހާރު ނުކުރެވެންވީ ކީއްވެ ޕ ޕ.އެމްއަށް ދޭންޖެހޭ ފައިސާއެެއް ނުދީ ހިފަހަށްޓަންޖެހޭސަބަބަކީ ކޮބާބަ އެއަކީ ރައިސް މައުމޫނަށް އަދި ރައިސް ޔާމީނަށް ދޭންޖެހޭ ފައިސާއެއްކަމަށް ޝަރީފަށް ހީކުރެވިފައި އޮތްނަމަ އެއީ ގޯހެއް ކޮންމެ ބައެެއް ހަވާލުވެފައި އޮތްނަމަވެސް އެބަޔަކަށް ފައިސާ ދޭން ޖެހޭނެ. ޑީއާރ ޕީގެ ފައިސާ ތަސްމީނުއަލީއަށް ހަވާލުކޮށްފައިވަނިކޮށްދޯ އޭން ޕާޓީ ދޫކޮށް ދިޔައީ އެކިފަރާތްތަކަށް ޕާޓީ ދަރާފައޮތް ދަރަނި ދެއްކީ އަލަށް ހަަވާލުވި ނަޝީދުދޯ

  6. ވގ

    ވޭތުވެދިޔަ5 އަހަރު ކަންތައްތައްކުރި ގޮތްވިސްނާލާ ނިހާން ހަނދާން އެބަހުރިތަ މީހަކުސުވާލެއްކޮއްލީމަ ތިސުވާލްގެ ޖަވާބް ދޭނީދެން ކޯޓުންނޭބުނިހަނދާން ހުރިހާކަމެއްމޮޅައްދެނެވޮޑިގެންވަނީﷲ