ހުޅުމާލޭގެ ހައިވޭގައި ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

މިރޭ 6:45 ހައިވޭގައި ހިނގި މި އެކްސިޑެންޓްގައި ހައިވޭގައި ޖަހާފައި ހުރި ފެންސްއަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މަންޒަރު ދުށް މީހަކު "ވަގުތު"އަށް ބުނިގޮތުގައި، މާލެ ކޮޅުން ސައިކަލެއްގައި އައި މީހަކު ފުރަތަމަ ގޮސް ޖެހުނީ ހައިވޭގައި ޖަހާފައި ހުރި ފެންސްތަކުގައި ކަމަށެވެ. އަދި ފެންސްތަކުގައި ސައިކަލުން ޖެހިގެން ފެންސްތައްވެސް ފުނޑުވިކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓްވި ސަރަހައްދު، ފޮޓޯ ކިޔުންތެރިއެއް

އަދި ދެވަނަ އެކްސިޑެންޓް ހިނގީ، ފުރަތަމަ އަނިޔާވި މީހާއަށް ވީ ގޮތް ބަލަން މަޑުކުރި ސައިކަލެއްގައި، މާލެ ކޮޅުން ވަރަށް ބާރު ސްޕީޑެއްގައި އައި ސައިކަލެއް ޖެހިގެންނެވެ.

އެ ސައިކަލުތަކުގައި ތިބި މީހުންނަށްވެސް ވަނީ ގެއްލުންތަކެއް ވެފައެވެ.

މި ދެ އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، ހުޅުމާލެ ކޮޅުން ހައިވޭގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މި އެކްސިޑެންޓްގައި ބަޔަކު ޒަހަމްވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެން ނަމަވެސް ޒަހަމްވީ ކިހާ މީހުންނަކަށް ކަމެއް އަދި ބުނަން ނޭގޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެކްސިޑެންޓްވި ސަރަހައްދު، ފޮޓޯ ކިޔުންތެރިއެއް

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުންދާ އާސަންދަގެ މީޑިއާ އޮފިޝަލު "ވަގުތު"އަށް ވިދާޅުވީ، އެކްސިޑެންޓެއްގައި ޒަހަމްވި ތިން މީހަކަށް އެ ހޮސްޕިޓަލްގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައިނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެކްސިޑެންޓްވެގެން ތިން މީހަކު މިރޭ 18:55 ގައި ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެނެސްފައި". އޮފިޝަލް ވިދާޅުވިއެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެކްސިޑެންޓްގައި އަނިޔާވީ ހަތަރު މީހަކަށެވެ. އޭގެ ތެރޭގައި 20 އަހަރުގެ ދެ ޒުވާނުން ހިމެނެއެވެ.

"ދެ މީހުންނަށްވެސް ލިބިފައި ވަނީ ކުދިކުދި އަނިޔާތައް ބޭސްއަޅާ ކޮޓަރީގައި ފަރުވާދެމުން ދަނީ". އޮފިޝަލް ވިދާޅުވިއެވެ.

."ތިން ވަނަ ޕޭޝަންޓަކީ 25 އަހަރުގެ ފިރިހެނެއް. މި ޕޭޝަންޓްގެ ނޭފަތުން ލޭ އަންނާތީ އީއާރްގައި ދަނީ ފަރުވާދެމުން"، އޮފިޝަލް ވިދާޅުވިއެވެ.

އަދި ތިން ވަނަ ޕޭޝަންޓްގެ ހާލުވެސް ސްޓޭބަލްކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަަމަށް އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވިގޮތުގައި. އީއާރްގައި ފަރުވާދެމުންދާ 25 އަހަރުގެ މީހާގެ ބޮލަށް ގެއްލުންތަކެއް ވެފައިވާތީ ސީޓީ ސްކޭން ހެދުމަށް އައިޖީއެމްއެޗްއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި އެކްސިޑެންޓާއި ގުޅިގެން ފަހުން 20 އަހަރުގެ އިތުރު މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭނާއަށްވެސް ލިބިފައި ވަނީ ކުދިކުދި އަނިޔާތަކެވެ.

ހުޅުމާލެ ހައިވޭގައި އެކްސިޑެންޓްތައް ހިނގުމަކީ މިހާރު ވަރަށް އާއްމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޑެލްބޯއި

    ބުރިޖް ބަންދުކުރަން ފެނޭ!!!! ގަވާއިދުތައް ހަދާ ބްރިޖާއި މަގު ޕޮލިސް ކުރެވެންދެން ބަންދުކޮށް ރައްޔިތުން ސަލާމަތް ކުރަންޖެހޭ!!! ގަވާއިދުން ދުށްވާ މީހުންނަށް ވެސް ތި މަގަކީ ބޮޑު ނުރައްކަލެއް. މިއުޅޭ ބޮލު ރޮދި ކެނޑިފައިތިބި "ބާރގާރ އަދި ސަބްމެރިން" ބްރެކްފަސްޓް އަށް ނަގާ ކުދިންތައް ދުށްވަނީ އެއީ ހަމައެކަނި "މައިވޭ" ކަމަށް ދެކިގެން.

  2. ޖ.އާރު

    ފުރަތަމަ އެކްސިޑެންޓް ވި މީހާއަށް އަދި މަޑީ ސައިކަލް ދުއްވޭލެއް. ދެ ވަނަ އެކްސިޑެންޓް މީހާ ތާކު ކަމެއް ވާ އިރަށް އަދި ވެސް ވާނެ ކުޅި ބަލަން. ބާރަށް ކުރި އަށް ބާރަށް ޒުވާނުން.

  3. ލައިލާ

    މަރު ވިޔަސް ގެޓެއް ނުވާނެ ހަމަ ނުދުއްވާނެ މަޑައްކޮށްނެއް..

  4. ގިނު

    ތިޔައީ ސަރުކަރުތަކާއި ފުލުހުންގެ ދޯދިޔާ ބެލެހެށްޓުން ހުރި މިންވަރު ހާމަވާ ކަންކަން

    • ބަލަަަަަާާާާ

      ފުލުހުންނާ ސަރުކާރުން އަނގަ ނަގާ އަނގައިން ސޮނި ވެއްޓޭ ވަރަށް ބަލަހައްޓައިގެން ތިއްބަސް، ދުއްވާ މީހާ ދުއްވަންވާ ގޮތަށް، ދުއްވަންޖެހޭ ގޮތަށް ނުދުއްވާކަމަށް ވަންޏާ ހަމަ މިކަހަލަ ކަންތައް ވާނެ އިނގޭ! އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރަން އެންމެންވެސް ފުރަތަމަ ދަސްކުރަންވީ! ކަމެއް ވާ އިރަކަށް ބުރިޖާ ސަރުކާރާ ފުލުހުން ކުއްވެރި ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން.! ތިީތި ކަޑަ!

  5. ބިކަ

    އާސަންދައިން އެކްސިޑެންޓް ހަރަދަށް ބަލާލީމާ އެނގޭނި ފުނޑުނު ސައިކަލްތަކުގެ އިތުރުން، ފަރުވާކުރަން ހިނގާފައިސާގެ ހަރަދު. އެވެސް އަހަރުމެންގެ ޖީބުން. ތިޔަ ކަންކަން މަދުކޮށް ޓްރިޓޮޕަށާއި އޭޑީކޭއަށް ފައިސާ ދިނުންވެސް ވިޔަފާރި ހަމަ ރަނގަޅު

  6. ޅަބޭ

    ހަމަ ރަގަޅައް ތިވީ. ހުންނާނެ އަލާފިލާފަ.

  7. އަދީ

    ކިތަންމެ ފާހަގައެއް ޖެހިޔަސް ރާއްޖޭގައި މީހުން ގަވައި ދަކުން ނޫޅޭނެ.

  8. ބުރި

    ބާރަށް ދުއްވުން މައިތިރި ކޮއްދެއްވާ އިބޫ. ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމަކީ އިތުރަށް ހާލަތު ގޯސްވާނެ ގޮތެއް. ރަނގަޅީ އައިޖީއެމް ނުވަތަ އޭޑީކޭ

  9. ޖަޒީރާ ރައްޖެ

    ފެރީ ނިޒާމް އަށް ބަދަލުކޮށް ޖަޒީރާ ވަންތަ ކުރުމަ ގޮވާލަން

  10. ރައްޔިތުން

    ރަނގަޅު ލޭނުން ދާނަމަ ފެންސް ގާ ނުޖެހޭނެ ދޯ

  11. ބުރިޖުލްމާލްދީފިއްޔާ

    އޯއް ގަދަ! ޒުވާނުން ވައިކަފާފަ ބާރު ސްޕީޑްގަ ބުރިޖުމަތިން ދާއިރު ހާދަހާވާ ސަޅިއޭ. މިސަރުކާރުން އަދިއިތުރު 200މިލިއަން ޚަރަދުކޮށްގެން ބުރިޖުގެ އަރިއަރިމަތީ ޒުވާނުން އަޅައިނުގަންނަވަރަށް ބުރިޖު ފުޅާކުރަންވީ.

  12. Anonymous

    ހަށީހޭނުބަހައްޓާ ހޭބަލިވެގެން ދުއްވަނީ. ނުވީތާކަށް ޕޮލިހުންވެސް އެންމެޒިންމާދާރު ކަމާއެކު އަމަލްކުރަމުން ނުގެންދޭ. އެކްސިޑެންޓެއް ހިނގާފައިވަނިކޮށް ސީންއަށް އައިސް ދުއްވިމީހުންގެ އަތުގަ ޑްްރއިވިންލައިސްންސް އޮތްތޯ ނުވަތަނެތްތޯ ވެސްނުބަލާ. އަމިއްލައަށް މިކަންތަޖުރިބާކުރަންޖެހުނު. މިއިންދޭހަކޮށްދެނީ އެއްވެސްފަރާތަކުން އެންމެޒިންމާދާރުކަމާއެކު މިފަދަސީރިއަސް މައްސަލައެއްގަ ހައްލުކުރަން މަސައްކަތްކުރަމުންނުދާކަން. މިއީވަރަށް ހިތާމަހުރިކަމެއް. ގިނަފަހަރަށް ގެއްލުން ލިބިފަވަނީ ގަވާއިދުން ދުއްވާމީހާއަށް. ކިތަންމެބަލާގެން ކިތަންމެފަރުވާބަހައްޓާގެން ދުއްވިޔަސް ސަލާމަތެއްނެތް. ބޮލުރޮދިކެންޑިގެން ދުއްވާމީހުން ހުއްޓުވާ އެމީހުންގެކިބައިން އެހެންމީހުން ސަލާމަތް ކުރުމުގަ ޕޮލިސް ގެ ފެއިލްވުންއެބައޮތް.

    • ސޑީ

      ފުލުހުން އަނގައިން ސޮނި ވެއްޓޭ ވަރަށް ބަލަހައްޓައިގެން ތިއްބަސް، ދުއްވާ މީހާ ދުއްވަންވާ ގޮތަށް، ދުއްވަންޖެހޭ ގޮތަށް ނުދުއްވާކަމަށް ވަންޏާ ހަމަ މިކަހަލަ ކަންތައް ވާނެ އިނގޭ! އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރަން އެންމެންވެސް ފުރަތަމަ ދަސްކުރަންވީ!

  13. عبدالله

    ދަތުރު ފެށުމުގެކުރިން ކުރަންޖެހޭ ދުޢާތައް ހިމެނޭ ގޮތުގައި ލައިސަންސް ދޫކުރެއްވުމުން ރަނގަޅުވާނެއެވެ.