ގއ. ވިލިގިިނލި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗް ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލަގާއި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، އެ މައްސަލާގައި މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި 11 މީހަކު އެބަތިބި ކަމަށެވެ. އެއީ އެ މައްސަލާގައި މީގެ ކުރިން ހައްޔަރުކުރި ހަތް މީހަކާއި، މިއަދުގެ ވަގުތެއްގައި ހައްޔަރުކުރި ހަތަރު މީހެކެވެ. އެ މީހުންގެ ތެރޭގައި ބިދޭސީއަކުވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވިގޮތުގައި، ބޭންކް ފަޅާލި މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށާއި، އަނެއް ދެ މީހުން 10 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވަކަމަށެވެ.

އަދި ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފަޅު ގޯއްޗެއް ބަލާ ފާސް ކުރުމުގެ ތެރޭގައި އެ މައްސަލައާ ގުޅުން ހުރިކަމަސް ބެލެވޭ ގޭސް ކަޓަރެެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ބޭންކް ފަޅާލާ ވަގަށްނެގި ފައިސާތަކުގެ އަދަދު ނޭގޭއިރު، އެ ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ދޮންނަ މެޝިނެއްގެ ތެރެއަށް ލާ ފޮރުވާފައި ހުއްޓާ ފުލުހުން ވަނީ ހޯދާފައެވެ.

ވިލިގިނލީ ބޭންކުން މި ފައިސާތައް ނަގާފައި ވަނީ، ފުރާޅު ހަލާކު ކޮށްލައިގެން ވަދެއެވެ. ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ފަތިހު 05:37 ގައެވެ.

ބޭންކް ފަޅާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ ވަގުތީ ގޮތުން ބޭންކް ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިނިކާރާއްޖެ

    ތިޔަ ރަށްރަށަކީ ތިޔަފަދަ ޚިދުމަތް ދޭންޖެހޭ ރަށްރަށެއްނޫން އެއަށްވުރެ މާނުބައި މީހުން އުލޭ ހިސާބެއްތީ އިންސާނުން އުޅޭ ތަންތަނަށް ތިޔަފަދަ ޚިދުމަތް ދޭންޖެހޭނީ

    • ގަމާރު

      ކަލޭ ތިޔާ އެއްޗެހިންވެސް އިނގޭ ކަލޭ ތިއީ ކިހާ ފެންވަރެއްގެ މީހެއްކަން

  2. މަހަށްދޭބަލަ

    ތަމެންގެ ވެރިކަމުގެ ހަނީމޫން ސްޓޭޖް ގައި ވެސް މިފެންނަނީ ގައުމީ ބޭންކް ފަޅާލާ އެތަނުގެ ތިޖޫރީ ދަވާލި ތަންދޯ ތަމެން ވެއްޖެއެއް ނޫންތޭ ބޭންކް ފަޅާނުލާނެ އުސޫލުން ބޭންކްގެ އިމާރާތުގެ ސެކިއުރިޓީ ޕޮލިހުންނާއި ހަވާލުކުރާނެ ގޮތުގެ ޕޮލިސީ އެއް ލިޔަން ތަމެން ވެރިކަމަށް އައުމުން އައްޑޫގެ ގެގޭގެ ތެރެއަށް ވަދެ ގެއަށް ހަމަލާދެނީ އައްޑޫ އެއީ ސީރިއާތޭ ތަމެންނަށް އެއް ކަމެއް ވެސް ނުކުރެވޭދޯ ބޮޑޭވެފައި ރައީސް އޮފީހުގައި ތިބެނީދޯ އަލިފުލައިލާ ވާހަކަ ކިޔަން މަހަށްދޭބަލަ ތަމެން މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  3. އިނގޭދޯ

    ސިފައިންގެ ފްލެޓް ނިންމަން ހަވާލު ކުރަންވީ އެމްޓީސީސީ އާއި އެވެ. އެއިރުން ސިފައިންގެ ފްލެޓްސް ތައް ނިންމާލެވޭނެއެވެ. ތިޔާ ތައިލެންޑް ކުންފުނިން ތިޔާ ތަން ހަދާ ގޮތަކީ އެއީ އެމެން ކޮންޓްރެކްޓް ނަގައިގެން ސަބް ކޮންްޓްރެކްޓަރުންނަށް ކުޑަ އަގުގައި ތަން ދީގެން ސަބް ކޮން މެންނަށް ފައިސާ ނުދީ އޮންނަނީ ދެން ތިޔާ ފްލެޓްސް ތައް ނުނިމޭނެ ދުވަހަކު ވެސް މިގޮތަށް ކަންކަން ކުރާ ނަމަ ތަމެންނަށް އިނގޭތޭ މިކަން އިނގޭދޯ އިނގޭތޭ އިނގޭދޯ އިނގޭތޭ އިނގޭދޯ އިނގޭތޭ އިނގޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..