ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެރިކަންކުރާ އެމްޑީޕީ އަށް މިރޭ ސޮއި ކުރައްވައިފިއެވެ.

މުހައްމާ އެމްޑީޕީ އަށް ސޮއި ކުރެއްވީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ ހާޒިރުގައެވެ.

އެމްޑީޕީ ވެގެން ދާނީ މުހައްމާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ ތިންވަނަ ޕާޓީ އަށެވެ. އޭނާ ފުރަތަަމަ މަޖިލީހަށް ހޮވިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެއަށް ފަހު އޭނާ ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ޕީޕީއެމް އިން މުހައްމާ ވަކިކުރީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހް މުހައްމަދު ވަކިކުރަން ސޮއި ކުރި މައްސަލައިގައެވެ. އެމައްސަލައިގައި މުހައްމާގެ ގޮނޑި ގެއްލުނުތާ ދޮޅުއަހަރެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުން ވަނީ މުހައްމާގެ މެންބަރުކަން އިއާދަކޮށްދެއްވާފައެވެ.

މުހައްމާ މިރޭ އެމްޑީޕީ އަށް ސޮއި ކުރެއްވި އިރު އަންނަ އަހަރުގެ ކުރީކޮޅު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ވަރަށް ގިނަ ބަޔަކު ގެންދަނީ އެމްޑީޕީ އަށް ސޮއި ކުރަމުންނެވެ. މުހައްމާ ވެސް އަންނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ މެންބަރު ކަމަށް ވާދަކުރައްވާނެ ކަމަށް ވަނީ އަޑުފެތުރިފައެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ދާއިރާތައް ބެހުމުގައި އަދި އެއްބަސްވުމަކަށް އައިސްފައިވާ ކަމެއް ކަށަވަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ވެބްކެމް

    ބޮޑުވަޒީރަށް މިފަހަރު އޯކޭ ކުލަ ބަދަލު ކޮށްލީމަ ދޯ!!!

  2. ނުޒުހަތު

    ވަރަށް އުފާވޭ އެމް.ޑީ.ޕީ އަށް މިކަހަލަ ކުނިބުނި ގިނަގިނައިން ޖަަމާވެ ޕާޓީގެ އަގުވެއްޓި މުޑުދާރުވާތީ. އަންހެނަކު ފެންނައިރައް މޮޔައެއްހެން އަނގަ ނަގައިގެން ބަލަން އިނުން ފިޔަވާ އިތުރުކަމެއް ނުކުރެވޭނެ ތި މޮހޮއްމާއަކައް.

  3. އިބޫ

    ބިރަކާނުލާމަޖާކުރާމީހުންގެހުންނާނީ ލާދީނީފިރު

  4. ތޫބެ

    ތީ ބޯވައެއް

  5. އތރ

    ރަނގަޅު އަބަދުވެސް ބޮޑުފަޅީގަ ހުންނަންވާނީ
    އޭރުންތާ އަންބޮނޑި ބޮޑުކުރެވޭނީ.

  6. މުހައްމާކޮއްކޮ

    މިވެސް ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އުޅޭ މީހެއް.

  7. ޒާ

    މުއްހައްމާ އަކީ މަޖިލީހުގައި ހައްދަވައިގެން އެއްކަމެއްވެސް ކުރި މީހެއްނޫން. ހަމައެކަނި މުސާރަ ކާން ހުރި މީހެއް. އަދި މީ މުނާފިގެއް.

  8. މިއަދު

    މުޙައްމާއަކީ ހަރުދަނާ ސިޔާސީ ލީޑަރެއް 5 އަހަރުގެ ދައުރެއް އަދި ފުރިހަމަ ނުވެ ސިޔާސީ 3 ޕަޓީއަށް އެބަދަލުވީ މީދެން ބޮޑުވަރު ރިސްވަތަށް ނުހެއްލި ދޭފައިސާކޮޅު ބޭނުންކުރިޔަށް

  9. މިއަދު

    މުޙައްމާގެ އެނިންމުގެ ބަރުދަނެއް ނެތްކަން ޔަޤީންވާކަމަކީ މުހައްމާ ކައިރީގަ އެތިބީ މިސަރުކާރުން ބަލައި ނުގަނެފަތިބި އެމްޑީ ޕީގެ ދެވެރިން
    ކިހިނެއްދޯ ބަލައިގަންނާނީ އަންނި ރާއްޖެއައިސްފަ ބުރިޖުން މާލެނައީ ކީއްވެ ކަމެއްނޭންގެ ހަށިހެތޮ ދުޅަހެޔޮ ދުވުމަށް ބުރިޖަށް އަރަންގޮއްސަ ލޮނުޒިޔާރަތްކޮޅަށް އައިސްފަ އޮތްތަރައްގީ ފެނުމުން ހަމަވީކޮސް ކައިރި ހުރިމީހާ ކައިރީގަ ބުނެލި ނޫނޭ ނޫނޭ ޔާމީނުވާއެބައޮތޭ މަސައްކަތްފަށެއް ކުރުވަފައި މިއަޑު އަހަ މިހާރު އަންނި ނުއަތަށްކުޅޭކަމަށް ނިންމައިފި

  10. ދޮށިކޮއި ޢަލީގެ މުޙައްމަދު

    މުޙައްމާގެ ދުވަސް ދިޔައީ

  11. މާމުޓާ

    މާމަ ހުނިގޮނޑި ކަލެޔަށް މިފަހަރު ލިބޭބެ ތައްޔާރު ވެގެން ހުންނާތި ........!!!!!

  12. ޖޮއްބެ

    ވަގުފައިސާ ޖެހިމީހާދޯ.

  13. ނުރަބޯ

    ކަލޯ ދެންނެތްތަ ދާނެ ޕާޓީއެއް؟ އެހެންވެގެންނޭ މީހުން މިސޮރަށް އުނގުޅޭ އޭ ކިޔަނީ. އެންމެ ފުރަތަމަ ހުރީ ޖޭޕީގައި، ދެން ޕީޕީއެމް ގައި ދެންމިހާރު އެ ދިޔައީ ރީނދޫ ލާދީނީ ޕާޓީ އަށް. ދެން ތިޔަ ޕާޓީގައިވެސް ހިފެހެއްޓޭތޯ ބަލާތީ.