އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސްމިތު) ކުރީ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް ހަމަލާދީފިއެވެ.

ސްމިތު ސިއްދީގަށް ހަމަލާ ދީފައި ވަނީ ކްރިމިނަލް ކޯޓު ކުރިމަތިންނެވެ. އެސަރަހައްދުން ސިއްދީގު ވަޑައިގަންނަވަނިކޮށް ސްމިތު ވަނީ ސިއްދީގަށް ފުރަތަމަ ބަހުގެ ހަމަލާތަކެއް ދޭން ފަށާފައެވެ. އެއަށް ފަހު އަތުން ސިއްދީގަށް ހަމަލާދިން މަންޒަރު ފެނުނެވެ. އެމަންޒަރު އެސަރަހައްދުގައި ހުރި "ވަގުތު" ގެ ނޫސްވެރިޔަކަށް ވެސް ފެނުނެވެ.

ސްމިތު ހަމަލާ ދިން ނަމަވެސް ސިއްދީގަށް މާބޮޑު އަނިޔާއެއް ވިކަން ފާހަގައެއް ނުކުރެއެވެ.

ސްމިތު، ސިއްދީގަށް ހަމަލާ ދިން ސަރަހައްދުގައި ސީސީޓީވީ ކެމެރާތައް ވެސް އެބަހުއްޓެވެ. އަދި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުންވެސް އެތަނުގައި އެބަތިއްބެވެ.

ކޯޓު ކައިރިއަށް މީހުން އެއްވުމުން ފުލުހުން ވަނީ ސްމިތު އެސަރަހައްދުން ދުރަށް ގެންގޮސްފައެވެ. ނަމަވެސް ސްމިތު ހައްޔަރު ކޮށްފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

ސިއްދީގަށް މިއަދު އެމްޑީޕީ އެކްޓިވިސްޓަކު ހަމަލާ ދިން އިރު ސިއްދީގު ފާހަގަ ކުރެވެނީ ރިޔާސީ އިންތިޚާބަށް ފަހު ވެސް އެމްޑީޕީ އަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވާ މަދު ބޭފުޅުންގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. Anonymous

    އެހެންވާނީ މީހާއަށް ވުރެ އަނގަ ބޮޑުވީމާ!

  2. މޯޑު

    ތިގުންޑައުން ގެން ގޮސް ހިފާހައްޔަރު ކުރުމައް ސަރުކާރައް ގޮވާލަން!

  3. މަޖީދު

    ދޮގު ހަބަރު ފަތުރާ ނޫސް .........

  4. ސުޖާ

    ޙަކުރު ޕާޓޭމެން އުޅޭނީ ތިޔަހެން. އޭނަ ހައްޔަރު ކޮއްފަ އަދަބުދީ

  5. ހިހި

    ކޮބާހީވޭތަ ކަމެއް ހެން. ސިއްދީގުމެން އުޅޭ ގުތުން އެހެންވަނީ

    • ޝާހިލް

      ފިކުރު ތަފާތު ވުމަކީ ގަޔަށް އަރަން ދެއްކޭނެ އުޒުރެއް ނޫން

  6. ކަބީލާ

    ސްމިތަކީ ދިއްދޫ ސޮރެއް. މުޅި ރަށާއި ޤައުމަށް ހުރި ވަބާއެއް. މާތްﷲ މީނާއަށް ތެދުމަގު ދައްކަވާށި!

  7. ހުވަދޫ މީހާ

    މީ ވަރަށް ހިތާމަހުރި ކަމެއް! ކޮންމެ ފިކުރެއްގެ މީހަކަށްވެސް އަމާންކަމައިއެކު އުޅެވެން ވާނެ!

    • ދަގުން

      ކޮބާހީވޭތަ ކަމެއް ހެން. ސިއްދީގުމެން އުޅޭ ގުތުން އެހެންވަނީ

  8. ޢަލީ ހަމީދު

    މިގައުމަކީ ސުމިތުގެ އަމިއްލަ ގައުމެއްނޫން.. ކޮންމެ މީހަކައްވެސް ހިޔާލުފާޅުކޮއް އަބުރާ ބެހެވޭނެ..

  9. ގުނބޯލަ

    ތިދެމީހުންވެސް ތީ ސިކުނޑި ހަމަނުޖެހޭ ދެމީހުން ހަމަޔަގީނުންވެސް ސިއްދީގަކީ ސިކުނޑީގެ އުނިކަން ހުންނަމީހެއް

  10. އީންޓެ ޓައިޓަން

    ސުމިތު އުޅެނި ސައިޒު އޮޅިގެން. ހީވާކަހަލަ މީ އޭނަގެ ބަފާގެ ވެރިކަމެކޭ. ތިކަހަލަ މީހުން މާލެ ނާރާ ރަށުގަ އޮވޭ!

  11. ސުންބުލި

    ހަމަލާ ދިންމީހާ ހައްޔަރު ނުކުރީ ކީވެ ކޮބާތޯ އެބުނާ އިންސާފު ކޮބާތޯ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރަތަމަ ދުވަހުވެސް މިސަރުކާރު ފެއިލްވެއްޖެ

  12. އަލިބެއްޔާ

    ސްމިތު ރީތި ގޮތަކަށް ނިމިގެން ދާނެ މީހެއް..

  13. ވަގު

    ބާގާ މޭން...

  14. ދަވޭ

    ކޯލިޝަން ސަރުކާރުގެ ހަލާކަކީ އެއީ ކެނެރީގެ ނަޝީދު އަދި އެމްޑީޕީގައި ތިބި ދަ ގަމާރު ދަބީތާ އަތުން ފައިން އެއްވެސް މަސައްކަތެއް ކުރަން ނުދަންނަ ރަނޑު ސްމިތް އަދި ލޫކާސް ބޫކާސް މިފަދަ ކަނޑުކޮހުންނޭ އެމްޑީޕީން ކޯލިޝަން ވެރިކަން ކާމިޔާބު ކުރަން ބޭނުން ނަމަ އެމްޑީޕީގެ މެމްބަރުން ވެސް ޓްވީޓް ކުރަން ޖެހޭނެ ގޮތުގެ ގައިޑް ލައިނެއް ނެރެންވީ އޭޒް އަ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި އޭނާ ހުންނައިރު އޭނާ ޓްވީޓް ކުރަން ޖެހޭނެ އިންތައް ކަނޑައެޅުމަށް ފަހު...

  15. ހުސޭން

    މޑޕ މީހުންނަކީގިނަފަހަރު ހަޖަމުނުވެގެން ހަމައިންނެއްޓިގެންދާބައެއް އެއީ އެއްވެސްހަމައެއްލަމައެއް އޮންނަބައެނުން

  16. އަޙްމަދު މަގޭ ޤައުމް

    އިބޫ ޒިއްމާވާންޖެހޭނެ މި ހަމަލާއަށް

  17. ބިސްމަޅި

    ތީހަމަ މާޒީ... ވެރިކަންލިބި ބާރުތައްލިބުމުން ވެސް ތަޅާނެކުދިން ހޯދީ. ހީވަނީ އަންގަބޮޑީ ކުޑޭގެހެން ... ވެރިއކަންލިބި ގައުމުހިންގުމުގެ ބަދަލުގަ އެއުޅެނީ ޔާމީންގެފަހަތުން އަޅާގަނެގެން. މިހީވަނީ ރީތިއަންހެން މަންޖެއެއް ފެނި ލޮަލައްނިދިނާސްގެންއުޅޭހެން.

  18. މައުރޫފް

    ގުންޑާއިންގެ ރާއްޖެ މިއޮތީ ފެށިފަ ދެން މަގުމަތިން ކީއްކުރަން އަމިއްލަ ގެދޮރުގަވެސް މީހަކު ހުއްޓަކަ ނުދޭނެ ހީވާނެ ކަމެއް ހެން

  19. ހަންބެ

    ސުމިތް އޭ ލޮލް
    ސުމިތު އަށް ވެސް މީހަކު ހަމަލާ ދީ ފާނެ
    ނޫނީ ސައިކަލުގަވެސް ރޯކޮއްލަފާނެ ބުރޯ އަލީ ޚާޝިމް

  20. ޙަމީދު

    ތިޔަހެން ގަޔައއބޮލައް އަރަންޏާ އެބަޔަކު ހައްޔަރުކުރެވެންޖެހޭނެ ނޫނީ އެހެން މީހުނައްވެސް ގަޔައްބޮލައް އެރޭނެ ކޮން ސއމިތެއް ހާރޫނެެް ކިޔާކައް..ހައްދާގޮތް

  21. ޢހނމ

    ތީ އާކަމެއްނޫން. އެމްޑީޕީ މީހުންނަކީ މީހުން ގަޔައްބޮލަށް އަރަން ވަރަށް ފައްކާބަޔެއް. މިޙާރު ދެން ބާރު ލިބުނީމަ ހުންނާނެ ފޯރިޔެއް. ނުކެރޜނެ ހައްޔަރު ކުރާކަށް. ހައްޔަރު ކުރާމީހަކު ހަލާކުވާނީ.

  22. ބަކުރުބެ

    ފެށިފަމިއޮތީދެންމަގުމަތީގަހިގަންދަތިވާނެ

  23. ބިސްމަ

    އިބޫގެ ވައުދު 24 ގަޑި އިރު ތެރޭގައި ރިޞުވާނަށް ވީގޮއި އިބޫ ހާމަނުކުރީމަ ދިއްދޫ ސްމިތު ރުޅި އައީ .
    ޜިޞުވާ ނަކީ ދިއްދޫ ސޮރެއް

  24. ޟުހައްމާ

    އިބޫގެ ވައުދު 24 ގަޑި އިރު ތެރޭގައި ރިޞުވާނަށް ވީގޮއި އިބޫ ހާމަނުކުރީމަ ދިއްދޫ ސްމިތު ރުޅި އައީ .
    ޜިޞުވާ ނަކީ ދިއްދޫ ސޮރެއް

  25. ޑިމޮކްރަޓިސްޓް

    އެމްޑީޕީ ކިޔައިފިއްޔާ ހަޔާތްކުޑަކަމުގެ ސިފަ އެމީހެއްގެ ގައިގަ ނުހުރެ ނުދާނެކަން އެއީ ސުވާލެއްނެތި ޔަގީންކުރަންޖެހޭކަމެއް.

  26. Anonymous

    ކޯޓުތަށް މިގައުމަކަށް ބޭނުންނުވޭ

  27. ދިއްދޫ މީހާ.

    މިއޮތީ ކަންތަކާ ޖެހިފަ. ތި އަލީ ހާޝިމް އަކީ އަބަދު މަސްތު ހާލުގަ އުޅޭ އެއްޗެއް.

  28. ބޯގޯސް

    ކުރިން ކުއްވެރިވީ މޑޕ މީހުން މިފަހަރު ދެން ކުއްވެރިވާނީ ޔާމީންގެ ކުދިންކޮޅު.
    މިގައުމުގެ ކުރިމަގު އޮންނާނީ އަބަދުވެސް މިހެން. މިކަމާއި ހިތްހަމަނުޖެހޭ މީހަކު ހުރިއްޔާ އަނގައިން ނުބުނެ ތިބެންވީ.

  29. Miadhu

    ކޮބާ ޝެއިހު އިމްރާނު މިނިސްޓަރ ކަމުގެ ފުރަތަމަ މާރީވެސް ތިދޫކޮއްލީ އެމްޑީޕީ ވީމަތަ. ޢަމިއްލައަށް ބޮލާފޮށާ އަޅައިގެން ގެއަށްވަދޭ

  30. މެސީ

    ދެން އެމްޑީޕީ މީހުން އިންސާފޭ ކިޔާ. ކޮބާ ސޭކު އިމްރާން

  31. ނާވަސް

    ތިޔަފެންނަންފެށީ އިބޫ ބުނާ އަނެއްދިވެހިރާއްޖެ. މި އެބުނާ ހަމަހަމަކަމާއި އެއްބައިވަންތަކަން

  32. އެމްބާދު

    އެމްޑީޕީއަކީ އަބަދުވެސް ފިތުނަވެރި ޕާޓީއެއް

  33. ހާމަ

    ތިޔަތަނުގައި ވަރަށް ގިނަ މީހުން އެއްވެފައިތިބި. އަދި އެތަނުން ވަރަށް ގިނަ ބަޔަކަށް މިމަންޒަރު ފެންނާންވެސް ފެންނާނެ. އަދި އެއީ ވަރަށް ގަދަޔަށް ކެމެރާ ހުރިތަނެއް. އެހެނަސް ތިޔަ މައްސަލަ ސާބިތެއް ނުވާނެ. މިހާރު ކޯޓުތައްވެސް ހިނގަނީ އެމް.ޑީ.ޕީ ބުނާގޮތަށް. އަނެއްކާވެސް ޤާޟީންތަކެއް ވަގަށް ނުނަގާނެ ކަމާއިމެދު ޝައްކު.

  34. ދދދދ

    އެސޮރު މަސްދޯނި ކިރަން އަތޮޅުއޮފީހެއް ނެތީމަ ރުޅި ގަދަވީ.

  35. މަޒް

    މަރުހަބާ ސިއްދީގު... އެ ކުރީ އަދި ކުޑަވަރެއް... ދަތްޕިލަ އެތެރެ ކުރިނަމަ ރަނގަޅުވީސް

  36. ބާޣީ ވަޒީރު

    ފަހަރި ވަޒީރު ކޮބާ؟ މަގުތައް ހާދަ އަމާނޭ. އެއްމެނަށްވެސް އަމާންކަމާއެކު އެބައުޅެވޭނު.

  37. ރުޒާނާ ޗޮއްޕަޓު

    ކެމެރާއަކަށް ނާރާނެ ރީނދޫ މީހުން. އެމީހާ ހައްޔަރެއްވެސް ނުކުރާނެ. މިއޮތީ ބޮޑު ބަލާވެރިކަމެއް.

  38. ގދ. މީހާ

    އަމިއްލަޔަށް މާރާމާރީގެ މައްސަލަ ނިންމުމަށް ފުރުސަތު ނުދެއްވާ ސިއްދީގަކީ ގދ. ޢަށްނިސްބަތްވާ މީހެއް އަމިއްލަޔަށް ތިމައްސަާގެ ބަދަލު ނަތީޖާ ރަގަލުނުވެދާނެ

  39. ގދ. މީހުންގެ އަޑު

    އަމިއްލަޔަށް މާރާމާރީގެ މައްސަލަ ނިންމުމަށް ފުރުސަތު ނުދެއްވާ ސިއްދީގަކީ ގދ. ޢަށްނިސްބަތްވާ މީހެއް އަމިއްލަޔަށް ތިމައްސަާގެ ބަދަލު ނަތީޖާ ރަގަލުނުވެދާނެ

  40. ޢަސްތާ

    ތީ އެމްޑީޕީ ގެ އަގުވައްޓަން އުޅެޭ މީހެއް...އެމްޑީޕީ އޭ ކިޔައިގެން އުޅުނަކަސް..

  41. އަުމަދޫ

    މިސްކިތުގަ އިންދަ ދަމާފަ ނެރުނީ

  42. ޙެހެހޭ

    މައްސަލައަކީ މިކޮމެންޓްކުރާ ގިނަކުދިން މިބުނަނީ، މިސަރުކާރު ގޯސްވީމާ ވާކަންތަކޭ... ބަލަ ކުރީގެވެރިކަމުގައިވެސް ތިބުނާހާ އިންސާފު ވެރިކަމެއްނޫނޭ ޔާންބޭ ކުރީކީ... ކިތައް ގިނަ ރައްޔިތުންނެއް ވަޒީފާގެ ބިރުގައި ތިބީ... ނުރުހުމުގެ ލޮލަކަށް ހަމަ އައިބު ނުފެންނަނީ... އެހެންނޫންތޯ... މަ ކައިނުލާތި... ގޭގައި ނިދައް އޮއްވާތަ... ހަމަލާ ލިބުނީ... ކުކުޅަށް ވުރެ ބިސް ދޮށިވީމަ އެހެންވެސްވާނެ... ދެންކަމެއްވާއިރަށް ވެރިމީހާ ގޯސްކޮށްފައި.. މިނިސްޓަރު ގޯސްކުރިމައި ކަމަކު ނުދާނެ... އިދުކޮޅުވިއަސް ތަންކޮޅެއް ހަމަޖެހޭ ވަހަކަ ދައްކަބަލަ... ވެރިމީހާއަށް ވެރިކަންކުރިޔަ ދީބަލަ...