ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު އެމްޑީޕީގެ އޮފީހަށް ހާޒިރުވެ ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވައިފިއެވެ.

އެމްޑީޕީ އިން ކުރި ޓްވީޓެއްގައި ވަނީ ނަޝީދު އަލީ ވަހީދާއި ބައްދަލު ކުރެއްވިކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް ބައްދަލުވުމުގެ ތަފްސީލެއް އެމްޑީޕީ އިން ހާމައެއް ނުކުރެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ މިނިސްޓަރ އަލީ ވަހީދާއި ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމަކީ ނަޝީދުގެ އެދިވަޑައިގަތުމަކަށް ބޭއްވެވި ބައްދަލު ކުރެއްވުމެކެވެ.

"އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ބޭއްވެވި ބައްދަލުވުމެއް އެއީ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުރީ ވަޒީރުންނާއި ނަޝީދު ވަކިވަކިން ބައްދަލު ކުރައްވާނެ." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އަލީ ވަހީދު ވަޒީރު ކަމަށް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައެވެ. އަލީ ވަހީދު ވެސް ހިމެނޭ ގޮތައް ރައީސް ސޯލިހްގެ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފްރީޑަމް މޫވްމެންޓް

    ނަޝިދު އާއި ވަކި ވަކިން ވަޒީރުން ބައްދަލުކުރާކއް ނުޖެހޭ..ނަޝިދު އެއުޅެނީ ލަގަނއ ނެއްޓިގެން އުޅޭ އހއެއް އުޅޭފާޑައް. ރައީސް އިބޫ އަވަސް ގޮތުގައި ލަގަން އަޅުވާ ކޮންޓްރޯލް ކުރުމައް ދަންނަވަނ

  2. މިއަދު

    ފަހަރުގައި ވިޔަފާރިވެރި މަހުޖަނުދޭ ރިސްވަތުގައި ނިހިފާ މަތިން ހަދިޔާއެއް ދިނުމަށް ހުށައަޅަނީ ކަމަށްވެދާނެ އެނބުރި އައުމަށް

  3. ބޯގޯސް

    ބޮޑަށް ވައްތަރީ އަލީވަހީދު ހާޒިރުކޮށްފައި ހުރިހެން.

    • އިބިރިހިންބެއްޔާ

      ވަރަށްވައްތަރު ހާޒިރުކުރެވިފައި ހުރިހެން.