ދޮގު މައުލޫމާތު ހިމެނޭ ޓްވީޓެއް ކުރި މައްސަލައިގައި ދައުލަތުން މިހާރު ޔޫތު މިނިސްޓަރު ކަމުގައި ހުންނެވި އަހްމަދު މަހްލޫފްގެ މައްޗަށް ކުރިން އުފުލާފައި އޮތް ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު ކުރެއްވި ޓުވީޓާ ގުޅިގެން ދައުލަތުން މަހްލޫފާ ދެކޮޅަށް ކުރީ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. ޓުވީޓުގައި މަހްލޫފް ވިދާޅުވީ މާފުށީ ޖަލުގައި ގައިދިން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ.

މިއަދު މަހްލޫފްގެ މައްޗަށް ޙުކުމް ކުރަން 11:00 ގައި ތާވަލް ކޮށްފައި ވަނިކޮށް 11:25 ގައި ޕީޖީ އިން ވަނީ މައްސަލަ އަނބުރައި ގެންދިއުމަށް ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. ޕީޖީ އިން ވިދާޅުވީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އިބްތިދާޢީ މަރުހަލާ ނިމުމަށް ފަހު މައްސަލަ އަނބުރާ ނުގެންދެވޭނެ ކަމަށާއި އެހެންކަމުން މިއަދު ޙުކުމް ކުރަން ނިންމަވާފައިވާ ކަމަށެވެ.

މަހްލޫފްގެ މައްޗަށް މި މައްސަލައިގެ ކުށް ސާބިތުވި ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެކުރިން މިނިސްޓަރު މަހުލޫފް ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފައެވެ. އޭގެފަހުން ވެސް އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލި ނަމަވެސް އެ ދައުވާތައް ކްރިމިނަލް ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  ޙެހެހެހެހެ

 2. ލަބީބު

  ސާބަސްކޯޓުތައް. ސަބާސް ފަނޑިޔާރުން. ވަރަށް ސާފްކޮށް އެންމެނަށް ފެނިފަހުރި ކަންތައްތައްވެސް ސާބިތު ނުވެޔޯ! މާތްﷲގެ ކޯފާޔާ ޢަޒާބަށް ހުށަނޭޅި ނުދާނޭކަން ކަށަވަރު!

 3. Anonymous

  ކިގހިނެއް ވެގެންތަ ތިއުޅެނި

 4. Anonymous

  ޙެހެހެހެ

 5. Anonymous

  އެތައްބަޔަކަސް ފެނިގެން މީހަކުމަރާލިޔަސް މިހާރަކު މަހުލޫފުގެ މައްޗަކަށް އެއްވެސްކޯޓަކުން އެއްވެސްފަޑިޔާރަކު ކުއްސާބިތުވިކަމަކަށް ނުނިއްމާނެ މިވަރައްވާހަކަ

 6. ަބޭއިންސާފު

  ދެންވާނީ މިހެން އެންޑީޕީ ވެރިކަން

 7. Anonymous

  ބޮޑުފޮތުންވެސް ޑިލީޓް ކޮށްލީތަ؟