އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު މިހާތަނަށް އަދަކުރައްވަމުން އައި ވަޒީފާގެ މަސްއޫލިއްޔަތަކުން އެބޭފުޅުން ދުރުކޮށް އެހެން މަސްއޫލިއްޔަތުތަކެއް ހަވާލު ކުރައްވަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެންގެވުމުން އެގޮތައް ފުލުހުން އަމަލު ކޮށްފިއެވެ.

މަސްއޫލިއްޔަތުން ދުރުކޮށްފައިވަނީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ އިންޓަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ޖަމްޝީދު އާއި ކުރައިމް ކޮމާންޑްގެ ހެޑް އަހުމަދު މުހައްމަދުއެވެ.

މި ދެބޭފުޅުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް، އެބޭފުޅުން މީގެކުރިން ބެލެހެއްޓެވި ޑިޕާޓްމަންޓް ވަގުތީގޮތުން މިހާރު ހިންގަވަމުން ގެންދަވަނީ އެ ދެބޭފުޅުންގެ ދަށުން އިސްކޮށް ތިއްބެވި އޮފިސަރުންނާއި އެވެ.

ދެޑިޕާޓްމެންޓް އިސްވެ ބަލަހައްޓަވާނީ މިދިޔަ ހޯމަ ދުވަހު ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވި އަބްދުލް މަންނާން ޔޫސުފް އެވެ.

އޭސީޕީ އަހުމަދު މުހައްމަދާއި ޖަމްޝީދަށް މިހާރު ހަވާލުކުރައްވައިފައި ވަނީ ފުލުހުންގެ ސަދަން އަދި ނޯދަން އޮޕަރޭޝަންސް އެވެ. ސަދަން އަދި ނޯދަން ގެ އޮޕަރޭޝަންސްތައް ހިނގަނީ ރީޖަނަލް އޮޕަރޭޝަންސްގެ ދަށުންނެވެ. ރީޖަނަލް އޮޕަރޭޝަންސް ކޮމާންޑް ހެޑް އަކީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. ޖަމްޝީދާއި އަހުމަދު މުހައްމަދު މިހާރު މަސައްކަތް ކުރައްވާނީ ނަވީންގެ ދަށުންނެވެ.

މިނިސްޓަރު އިމްރާންގެ އަމުރަށް މިފަދަ ބޮޑު ބަދަލެއް ގެނެސްފައި ވާއިރު ފުލުހުންނަށް އަމުރު ކުރުމުގެ ބާރު ޤާނޫނުން މިނިސްޓަރަށް ލިބިވަޑައިގެންނެވި ނަމަވެސް މީގެ ކުރިން މިފަދަ ބޮޑެތި ބަދަލުތައް ގެންނަން އެއްވެސް މިނިސްޓަރަކު އަމުރު ކުރެއްވިކަން އެނގިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ސަމް

    އިމްރާންއަކީ ތިމަގާމަށް ކުފޫހަމަވާ މީހެއްނޫން.

    • އެންމެ އެނގޭމީހާ

      ކަލޭ ތިބުނާ މީހަކު ލައިބަލަ ދެން..

    • މަރީ

      ތެދުފުޅެެއް އިމްރާ ގައުމުގެ ހަލާކު

  2. ސަނާ

    ޜެކޯޑެއްޙަދާލީނު މިހާތަނަށް މިނިސްޓަރަކު ނުކުރާ ކަމެއް ކޮއްލީނު

  3. މަސްވެރިޔާ

    އިމްރާނު ތިބާއަކީ ހަމަ ޖައްބާރެއް. ވަރަށް ގިނަދުވަހު ފުލުހުންގެ ޚިދުމަތުގައި ތިބި ބޭފުޅުން ނަށް ތިޔަކުރަނީ އަނިޔާ. ޑިމޮކްރެސީއޭ ކިޔާފަ ފުލުހުންނާ ސިފައިންނށާއި ކޯޓްތަކަށް ނުފޫޒް ފޯރުވުމީ .. ހިޕޮކްރެސީ. އިންޝާﷲ ތިބާ ވަރަށް އަވަހަށް ހަލާކުވާނެ.

  4. ރަންނަމާރި

    އިމްރާނަކީ ގައިދީ އެއް

  5. Anonymous

    މިއީދެން ޖޯކެއް

  6. ޙަބެެޭސް

    ޢަތަށް ގޮވަނީ

  7. ޑިމޮކްރަޓިސްޓް

    އަތްގަދަކޮށް ބޭނުން ގޭސްގަނޑެއް އެނބުރޭވަރުގެ ޕަޕެޓުން ލީ ދޯ..

  8. ސިޔާސީ

    އިމްރާނަށް މަޖިލީހުން ރުހުން ނުދިނުމަށް ގޮވާ
    ލަމެވެ އިމްރާނަކީ ހޯމް މިނިސްޓަރުގެ މަގާމަށް
    އެކަށީގެންވާމީހެއްނޫނެވެ

  9. މިއަދު

    އެބާނަނީ އަތެއްނޫން ކަން ނިންމާލަނީ އެހެންއެއްޗެއް ބާނައިގެން ބޭނުންވާގޮތަކަށް މިވެރިން މިހެންގޮސް ހަލާހަލާ ރަތް ވީމަ ދުވެފިލާނެ

  10. ތޮލޭ

    ތުބުޅި ދިގުކޮއްގެން ކުފޫހަމަވި މިނިސްޓަރެއް މީ... މިމީހުންނައް މިނިސްޓަރު ކަން ދީގެން ގައުމު ހަލާކޭ ވާނީ..

  11. ޢަަދަނު

    ބަދަލުކުރަންޖެހޭމީހަކުބަދަލުކޮށްގެންވިޔަސް ތިތަންއިސްލާހުކުރަންޖެހޭ މުޅިގައުމުހަލާކުވިއިރުވެސްތިބުނާމީހުންނަށް ކޮންކަމެތްތަވީ ދުވާލަކުމީހަކު ކަތިލަމުންދިޔައިރުވެސް ހަމަބަލަންނޫންތަތިބީރޯމާދުވާލު މަލޭމަގުމަތީގަ ބޮޑެތި ވަޅިހިފައިގެންއުޅުނުޥީޑިއޯދެކުނިން އެކަމަކު އޭގެން މީހަކު ހައްޔަރުކުރެވުނުތަ ކަންކަމަށް ނާގާބިލުމީހުން ހަމަ ވަކިކުރަން ވީ

  12. ޒާ

    ކޮބާ ލަސްތަކެއް ވެއްޖެތަ؟ ނުފޫޒު ނުފޯރުވާހުރެވުނުތަ؟ ތީ އިމްރާނު ތި ތެޅެނީ ޖަލަށް ލީމާ ބަދަލު ހިފާން ނިކުމެ. އަދިވެސް ތީ މިނިވަނެއްނޫން. ހަނދާންކުރާތި. ތީ ހުކުމެއް އޮތް މީހެއް. މިދުވަސް ނިމޭނެ. ތިދެނީ އަނިޔާނޫންތަ. ކަލެއަށް އަދިވެސް ހުރި ކަންކަން ދައްކަވާފައި ނިމޭނީ. ހަނދާންކުރާތި.

  13. ރުހުން

    އަދި ރުހުން ވެސް ނުލިބި، އެމްޑީޕީންވެސް އިމްރާނުގެ ޝަރުތުހަމަ ނުވާކަމަށް ބުނަމުން ދާ މި ދަނޑިވަޅުގައި، ހަދާލެވޭނެ އެއްޗެއް ހަދާލަނީ ދޯ، ވަރަށް ސަޅި..

  14. ސުހައިލް

    މަތިމައްޗައް ރިކޯޑު

  15. ފާރަވެރިޔާ

    އޮބި ނޯންނަ ވަރަށް ކޮރަޕްޓް ވީމަ ޖެހޭނީ ބަދަލުކުރަން ދޯ

  16. ށައި

    ބައްލަވާ އަނިޔާނުކުރާނެ ކަމަށް ބުނި މީހުންގެ ފަތިފުށް ތިފެންނަނީ ދެއްކި ވާހަކަ މިހާރު ހަނދާނެއް ނުހުންނާނެ. ޥޯޓް ދެވުނީތީ ލަދުގަނޭ މިހާރު.

  17. ކޮރަޕްޓް މީހާ

    ތި ދެމީހުންނަކީ ޕޮލިސް ހަލާކުގެ ތެރެއަށް ވައްޓާލި ދެމީހުން. ކަރަޕްށަނާއި ފަސާދައިގެ ދެ ބޮޑުން. މިހާރުން މިހާރަށް ބޭރު ކުރަންޖެހޭ ދެމީހުން. އެއްވެސް މަގާމެއް ދޭން މަރުހެޔޮ ނުވާވަރުގެ ދެމީހުން.

  18. ސްވީޓް

    ކޮބާ ކެވިއްޖެ. ބިތުފަންގި ނެގީމާ ދެން އެނގޭނީ ކެވިފަ ހުރި ވަރެއް

  19. ހެޑް

    ތިޔައޮތީ ސިޔާސީ ނުފޫޒު ނުވަދެ. ދެން އަތްޖަހާ.

  20. އައްޑޫސިޓީ

    އިމްރާން ނަމެއްގަ އެތާއިނީ އަމުރުކުރަނީ ނަޝީދު

  21. ޢަލީ

    ތިވަނީގޯސް މީތި މިދަނީ ގޯހުން ގޯހައް. ފުލުހުންގެ މަސައްކަތހައް އަތް ނުބާނާ .ވަރައް ގޯސްވެދާނެ .

  22. ޕީޖޭ

    ތީދެން ބަޔަކު އާސޯހުވާންޖެހޭ ކަމެއް ނޫނެއްނު، އިންޓެލް ކުރައިމް ކޮމާންޑުގެ ހެޑުން ކޮންމެ ވެރިކަމެއްގައި ބަދަލުވާނެ، ދެން ތުނބުޅި ލާފައި ހުރި ޝެއިޚެއް ހުރީމަ މަލާމާތްކުރަން ކޮމެންޓް ޖެހީމަ އެކުރެވެނީ ދީނަށް މަލާމާތް،،، މިކުރަނީ އެންޑީޕީ އެކަނިވެރިކަމެއް ނޫނޭ.. ގަންޖާ އާއި ހެދި ކޯލިޝަން ރޫޅި ގަވްމުގައި ހުޅުޖަހަން ހިތައް ވެސް ނާރުވާތި، އިބޫ އަށް ވޯޓު ދިނީ ގަވްމު ސިޔާސީ ގޮތުން ބައިބައިވެފައި އޮތުމުން ރަގަޅުކުރަން...

  23. އަރުސީން

    ހަރުދަނާ ނިންމުމަކައްވީސް ތަހުގީގެއް ހިންގާ ކުއްތަކެއް ފެނި އަދި ޖަވާބުދާރިވުމުގެ ފުރުސަތުދީ ޕޮލިސް ޕުރޮޓޮކޯލްއެއްގެ ތެރެއިން އެކަށީގެންވާ ފިޔަވަޅެއް އިންޓެގުރިޓީ ކޮމިޝަނުންވެސް ހިއްސާވެގެން ކުރެވުނު ނަމަ. އެކަމަކު މިއިން ކަމެއް ހިޔެއް ނުވޭ އިމްރާނަކައް އެނގޭނެ ހެނެއް.

  24. عبدالله

    ވަކިވަކިން މީސްމީހުން ޚިޔާލުދެނީ އެއްވެސް ދިރާސާއެއްނެތި ރުޅިމޫނުގައި ކަމަށްވާނަމަ، އެއްވެސް ކަމެއް ރަނގަޅަށް އޮޅުން ނުފިލާފަދަ ގޮތަކަށް ކަމަކާބެހޭގޮތުންވެސް ނުވަތަ މައްސަލައަކާބެހޭގޮތުންވެސް ނުވަތަ މިނިސްޓަރަކާބެހޭގޮތުންވެސް މީހަކު ބުނާ ބުނުމެއްގެ އަގުވަޒަން ނުކުރެވޭނެގޮތެއް އޮންނާނެތޯ ސުވާލުއުފެދެއެވެ. އެހެނީ، ވަޒީފާގެ ބަޔާނަށް ބަދަލު ގެންއުމާއި ވަޒީފާއިން ވަކިކުރެއްވުމާއި މިއީ މުޅިން ތަފާތު ދެކަމަކަށްވާއިރު، ވަޒީފާގެ ބަޔާން ބަދަލުކޮށް އަދާކުރާ މަޤާމުގެ ދަރަޖަމަތިކޮށް ދަރަޖަދަށް ކުރުމަކީ، އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައިވެސް ކުރަމުންދާ ކަންކަމެވެ. އެމީހަކާމެދު ފިޔަވަޅު އަޅާފައިވަނީ ކޮންކޮން ސަބަބުތަކަކާހުރެތޯ އެމީހަކާއި ސީދާ ސުވާލުކޮށްލާށެވެ. އެހެން މީހުންކުރެން އަހައި އޮޅުން ފިލުވުމަށްވުރެ ރަނގަޅީ އެމީހަކު ކުރެން އޮޅުންފިލުވުމެވެ.

  25. عبدالله

    ވަކިވަކިން މީސްމީހުން ޚިޔާލުދެނީ އެއްވެސް ދިރާސާއެއްނެތި ރުޅިމޫނުގައި ކަމަށްވާނަމަ، އެއްވެސް ކަމެއް ރަނގަޅަށް އޮޅުން ނުފިލާފަދަ ގޮތަކަށް ކަމަކާބެހޭގޮތުންވެސް ނުވަތަ މައްސަލައަކާބެހޭގޮތުންވެސް ނުވަތަ މިނިސްޓަރަކާބެހޭގޮތުންވެސް މީހަކު ބުނާ ބުނުމެއްގެ އަގުވަޒަން ކުރެވޭނެގޮތެއް އޮންނާނެތޯ ސުވާލުއުފެދެއެވެ. އެހެނީ، ވަޒީފާގެ ބަޔާނަށް ބަދަލު ގެންއުމާއި ވަޒީފާއިން ވަކިކުރެއްވުމާއި މިއީ މުޅިން ތަފާތު ދެކަމަކަށްވާއިރު، ވަޒީފާގެ ބަޔާން ބަދަލުކޮށް އަދާކުރާ މަޤާމުގެ ދަރަޖަ މަތިކޮށް ދަރަޖަ ދަށްކުރުމަކީ، އިޞްލާޙީ ފިޔަވަޅެއްގެ ގޮތުގައިވެސް ކުރަމުންދާ ކަންކަމެވެ. އެމީހަކާމެދު ފިޔަވަޅު އަޅާފައިވަނީ ކޮންކޮން ސަބަބުތަކަކާހުރެތޯ އެމީހަކާއި ސީދާ ސުވާލުކޮށްލާށެވެ. އެހެން މީހުންކުރެން އަހައި އޮޅުން ފިލުވުމަށްވުރެ ރަނގަޅީ އެމީހަކު ކުރެން އޮޅުންފިލުވުމެވެ.

  26. މަޒް

    މީގެކުރިން ސީދާ އަމުރު ކުރަނީ ޔާމީން ދޯ

  27. ނިހާން ހަމީދު

    ޔޫއާރ ގްރޭޓް އެންޑް ގަޓް ބަޓް ކޮބާ މާރީ ނޯ ގަޓް ދިސްއިޒް ޑިފެރެންސް އޮފް މެން އަެންޑް ވުމެން ދޯ...

  28. އަލިބިޔާއްކަލޯ

    އިއްޒައްތެރި ޕޮލިހުންނަށް
    ޟޭހު އިމްރާން އަބުދުއްﷲ އަކީ ތިޔަމުއައްސަސާގެ މަށްޗައް އަމުރުމައުރޫފު ހިންގުމުގެ ގާނޫނީ ހައިސިއްޔަތެއްލިބިގެންވާ މީހެއްނޫން
    އިމްރާނު އަކީ ތިޔަ މުއައްސަސާގެ ގައިދީއެއް
    ޣައިރުގާނޫނީ އަމުރައްކިޔަމަންތެރިވުމަކީ ތިބޭފުޅުންގެ ހުވަޔާ ހިލާފުވުން ﷲ އަށް ބިރުވެތިވޭ

  29. ޢާސީ

    ޢެޔޯ އެއީ ވަރައް ރަނގަޅު ކަމެއް ތިގޮތައް ބޮޑެތި މުސާރަ ނަގައިގެން އިންޓެލިޖެންސޭ ކިޔަނީ ކޮބާ އިންޓެލް.. ކޯޓަކުން ހުކުން ޖަހަޖަހާ އޮއްވަ ދެފަނޑިޔާރުން ނެރުނީ ކޮބާ ބުލެކްބޮކްސް..ހެޔޮނުވާނެ.. ތެދުވެރިއްޔަކާ ކޮން އިންޓެލްއެއް..ތިކުރާ އިންޓެލް ހުރިހާ މޫހުނައްވެސް އިނގޭނެ ކަންނޭނގެ

  30. ގާސިމްބެ

    ކުފޫ ހަމަވަނީ ވަކިމީހެއްވީމަކަ ނޫން ބޮލުގެ ބޭނުން ކުރުމާއި އެކު ތައުލީމީވުން އިމްރާން ވަރައް ސަޅި އޭނައައް ތިކަން ކުރެވޭނެ..މީގެ ކުރީ ހުރީ ބޮޑު ރަނޑެކޭބެސް ބައެއްމީހުން ބުނޭ

  31. ސަމީރު ޢާޒީ

    ޠޫއާރ ދަ މޭން ހިފަހައްތާލާތި ރަނގަޅުކުރާތި ސަބާސް..

  32. ބޮކަންޑޭ

    ތިކަން ތިކުރީ ޢިމްރާނު އަމިއްލަޔަށް ކަމަކަށް ލަފާއެއް ނުކުރެވޭ. މަތިން އައި އޯޑަރެއް ކަން ވަރަށް ބޮޑަށް ޔަޤީންވޭ. އޯގާތެރި ސަރުކާރު "ގޯނާތެރި" ކަން ފެންނަން ފަށައިފި. ވަރަށް ސަޅި.?