ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލީ ބަޔާން އެމަނިކުފާނުގެ ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަހު ހުށަހެޅުއްވި ކަމަސް ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.

ޒިޔަތު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އޮޑިޓާ ޖެނެރަލް ޒިޔަތު ވިދާޅުވީ މާލީ ބަޔާން ހުށަހެޅުމަކީ އެކަން ކުރުމަށް ގާނޫނުގައި ބުނާ ފަރާތްތަކުގެ މައްޗަށް ކުރުން ލާޒިމް ކަމެއް ކަމަށާއި ނަމަވެސް މާލީ ބަޔާން ހުށަނާޅައިގެން އޮޑިޓް އޮފީހަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ޒިޔަތު ވިދާޅުވީ ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުން ގާނޫނުގައި ބުނާ ގޮތަށް ކޮންމެ އަހަރަކު މާލީ ބަޔާން ގަވާއިދުން ހުށަހަޅުއްވަމުން ގެންގޮސްފައި ނުވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ މައްސަލަ ފެންމަތިވީ ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައި ނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ބަލަން ފެށުމުންނެެވެ.

ޤާނޫނު އޮންނަ ގޮތުން މާލީ ބަޔާންތައް މިހާރު އާންމު ކުރަން ނުޖެހޭނީ ރައީސް ޔާމީން ވެރިކަމުން ވަކިވެ ވަޑައިގެންނެވިއިރު އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ތަކެތީގެ ތަފްސީލެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދދދދ

    ޔާމީނަ ހުރިހާ ކަމެއްވެސް ކުރައްވާފަ ހުނަނާނީ ރަގަޅަށް. ވެރިިކަމާ ހޭބަލިވާ ބަޔަކު މޮޔަ ގޮވަނީ.

  2. ޢޭވައްގާ

    ކެއޮކެއިވަރު އިގޭނި ބިތުފަންގިނެގުނީމަ