ހުޅުމާލޭގައި މިއަދު ހެނދުނު ދެކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއެކްސިޑެންޓް ހިނގީ ހުޅުމާލެގައި ހުންނަ ވިލާ ކުންފުނީގެ ޕްޓްރޯލް ޝެޑް ކައިރިންނެވެ. ދެކޮޅަށް ދުއްވާފައި ދިޔަ ދެކާރު ޖެހިގެން ހިނގި އެކްސިޑެންޓްގައި ދެ ކާރަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ އެކްސިޑެންޓާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.

ރޭ ވެސް ހުޅުމާލޭގައި ހިނގާފައި ދިޔަ ދެއަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ތިން މީހަކަށް އަނިޔާވިއެވެ. އަދި ހުޅުމާލޭ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ރޭ ބަޔަކަށް އަނިޔާވިއެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

  2. މިއަދު

    އިބޫގެ ހުވަޔަށްފަހު ހާދަ އެކުސިޑެންޓާއި ހަމަލާތަށް އިތުރުވެއްޖެޔެދޯ ދުވާލެއްގެމައްޗަށް 3،4 އެކުސިޑެންޓް ހުޅުމަލެއާއި ބުރިޖުގަ ހިންގާ ގެދޮރަށް ދޭހަމަލާތައް އައްޑޫގައި އިތުރުވެއްޖެ މަރަ މަރީތައް އިތުރުވެއްޖެ މިއީބާ ޖަޒީރާރާހޮޅުއަށިންގެނައި މަގުމަތީގެ ރައްކާތެރިކަމަކީ

  3. ހަމަ