ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެންމުމަށް ސަރުކާރުން ނުވިސްނާ ކަމަށެވެ.

"ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ތަންފީޒު ކުރާނީ ފެބުރުއަރީ އެއްވަނަ ދުވަހު ހިންގި ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް އެކަނި " އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހު ހަމަވާ އިރު ރާއްޖޭގައި ދިރިއުޅުން އޮތީ އާއްމު ހާލަތެއްގައި ކަމަށެވެ.

" ވިޔަފާރިތަކާ ސަރުކާރުގެ އޮފީސްތަކާއި ސުކޫލުތައް ހުރީ ހުޅުވާފައި. ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން އިތުރުކޮށްދިން މުއްދަތުގެ ތެރެއިން ދިހަ ދުވަސް އަދިވެސް ބާކީ އެބަ އޮތް " އާޒިމާ ވިދާޅުވިއެވެ.

ސަރުކާރުން ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރުވެސް ތިއްބެވީ ހައްޔަރުކޮށްފައެވެ. އަދި މަޖިލީހުގެ ތިން މެމްބަރަކުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުތަމުގައި ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖައްސާތި

    ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އެންމެ ބޮޑަށް ބޭނުންވަނީ އެއީ އިންޑިއާ އިންނޭ އިންޑިއާ އަކީ އެއީ ވަރަށް ކޮރަޕްޓް ނޫސްވެރިން ތިބޭ ގައުމެކޭ އެއީ ޖީއެމްއާރުން ސްޕޮންސަރ ކޮށްގެން މިގައުމަށް ފޮނުވި ނޫސްވެރިންނޭ އެއްގޮތަކަށް ވެސް އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެން ނުވާނެއޭ. ކުއްލި ނުރައްކަލުގެ ހާލަތު އަދި ޖެހޭނީ ދެ މަސް ދުވަހުގެ މުއްދަތަށް ދަންމާލަންއޭ ރާއްޖޭގެ ޓޫރިޒަމް އަށް ގެއްލުން ނުވާނެ ކަން އިނގޭނީ ވެސް ކުއްލި ނުރައްކަލުގެ ހާލަތު ތިން މަސް ދުވަހަށް ދަންމާލުމުންނޭ ރާއްޖެ ފަދަ ކަންނެތް ބަޔަކު ސަރުކާރާއި މިނިވަން މުވައްސަސާ ތަކުގައި އުޅޭއިރު އެއްގޮތަކަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތު އެހާ އަވަަހަށް އުވާލައިގެން ނުވާނެއޭ އެއީ މަމެން ޕިންކީން މަރުވާނެ ކަމެކޭ. ތިޔާ ޖުޑިޝަރީ އަށް އެމެން ގެންނަން އުޅުނު ކޫ ވެސް ސާފުވެ އެއެންމެންނަށް ހުކުމް އިއްވާ އަދި ސަރުކާރުން މަޖްލީހުން ފާސް ކުރަން މިއަހަރު ބޭނުންވާ ހުރިހާ ގާނޫނު ތައް ފާސް ވުމުން ނޫނީ ދެން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެން ނުވާނެއޭ. ސްޕްރީމް ކޯޓުގައި ތިބި ދަ ހަރާމްކޯރު އުއްތަމައޭ އާއި ހުދު ޖަނގިޔަލޭ މެން ޖެހޭނީ ބޭރުކުރަން އެކޯޓް އިން.

  2. ހަހާ

    ކަމަކު ނުދޭ 30 އަހަރަށް ދަންމާލައިގެން ނޫނީ ދާންއުޅޭ ހިސާބަށް ނުދެވޭނެއެވެ.