ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، ރައީސް މުހައްމަދު ނަޝީދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާއި، ގުޅުންތައް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ބައިވެރިވިއެވެ.

ނަޝީދު ޗައިނާ ސަފީރާއި ބައްދަލު ކުރެއްވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ ސަރުކާރާއި އެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ވަކި ފަރާތަކަށް ބުރަވެފައި އޮތް އެއްބަސްވުމެއް ކަމަށް ވިދާލުވެ އެއެއްބަސްވުން އުވާލަނެ ކަމުގެ އިންޒާރު ދާދިފަހުން ނަޝީދު ވަނީ ދެއްވާފައެވެ.

އަދި ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާ އިން ނަގާފައިވާ ދަރަނި އިތުރުވުން ކަމަށާއި އެގޮތުން ޗައިނާ އަށް ދައްކަންޖެހޭ ދަރަނީގެ އަގު 3.2 ބިލިޔަން ޑޮލަރަށް އަރާ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު އިޤުތިޞާދީ ގޮތުންނާއި ޚާރިޖީ ގޮތުންވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި ގުޅުން އުފެދިފައިވާއިރު، ޗައިނާ އަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުޙިއްމު އެއް ބައިވެރިޔާއަށްވަނީ ވެފައެވެ.

މީގެ ކުރިން ޗައިނާ ސަފީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލު ކުރައްވައި، ދެ ގައުމުގެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބޯގޯސް

    އަހަރުމެން ހޮވި ރައީސް އޮޅިއްޖެ. ބޮޑުވަޒީރު ޖަގަހައިގައި ގައުމު ހިންގަން ފަށައިފި. ވަލް ހަމްދުލިއްލާހި.

  2. ޜަނާ

    ޙޭބަލިވެދާނެ މީތަ ގައުމުގެ ރައީސަކީ ކީއްވެގެންތަ މި ތެޅިބާލަނީ ކޮބާތަ އިބޫ މީނަޔަަށް މިގޮތަށް ސަރުކާރުގެ ފަރާތުން ބައްދަލުވުންތައް ބޭއްވިދާނެތަ މީ އެއްކަލަ އަހަރެމެން ބުނިތަން އިބޫ ހަމަ ހުނނާނީ މީނަ ހުރިހާ ކަމެއް މިކުރަނީ ބޭތުގެ ނޫސްތަކަާް އިންޓަރވިޔޫތައް ދީ ބޭރުގެ ސަފީރުންނާ ބައްދަލުކޮއް މިނިސްޓަރުން ނަށް ގޮތް ކިޔައިދީ ދުއްޕާނެއްނު މިކަމުން ސަލާމަތެއްވެސް ނުވިއެއްނު

  3. ޒފމ

    މިހާރު އޮޅިއްޖެ ރައީސް އަކީ ކާކުކަން???

  4. ދުރުމި

    މިހާރު ޗައިނާ އޯކޭ ބްރިޖް ނޮޓްއޯކޭ.